ދިވެހި އަންހެނަކު ކައިވެނި ކުރަން ހަށިގަނޑު ރީތި ފިރިހެނަކު ހޯދަން އިއުލާން ކޮށްފިއެެވެ.

ކ.މާލެ އަށް ނިސްބަތްވާ އެ އަންހެން މީހާ އިންނާނެ މީހަކު ހޯދަން އިއުލާން ކޮށްފައި ވަނީ ފޭސްބުކުގައި ކައިވެނި ކުރާ މީހުން ހޯދުމަށްް އެހީތެރިވާ ޕޭޖެއް ކަމުގައިވާ "ކައިވެނި ޕޭޖު"ގެ ޒަރިއްޔާ އިންނެވެ.

އުމުރުން 18 އަހަރުގެ އެ އަންހެން މީހާ އަކީ އޭނާގެ މައިންބަފައިންނަށް ލިބުނު ހަަމައެކަނި ދަރިފުޅު ކަމުގައި ވާއިރު، އޭނާ މަސައްކަތް ކުރަމުން އަންނަނީ މޮޑެލް އެއްގެ ގޮތުގައެވެ. އަދި އޭނާގެ އާމްދަނީ ވަނީ ސިއްރު ކުރެވިފައެވެ.

އޭ ލެވެލް އާއި ހަމައަށް ތައުލީމް ހާސިލް ކޮށްފައިވާ މި އަންހެން މީހާ މީގެ ކުރިން ކައިވެންޏެއްވެސް ކޮށްފައި ނުވާއިރު، އޭނާގެ ދަރިއަކުވެސް ނުހުރެއެވެ. އަދި އޭނާ އަކީ ތެލެސީމިއާ ކެރިއަރެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

މި އަންހެން ކުއްޖާ ހޯދަން އިއުލާން ކޮށްފައިވާ މީހަކީ އުމުރުން 18އާއި 28 އަހަރާއި ދޭތެރޭގެ މީހަކަށް ވާން ޖެހޭނެއެވެ. އަދި އޭނާ އާއި ކައިވެނި ކުރަން ބޭނުންވާ މީހުން ކުރިން ކައިވެންޏެއް ނުކޮށް، ދަރިއަކުވެސް ހުރެގެން ނުވާއިރު، އެމީހަކީ ހަށިގަނޑު ރީތި މީހަކަށް ވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

"އަޅުގަނޑުގެ ބައްޕަގެ ހުންނަނީ އަޅުގަނޑު އެކަނި. ބޭނުންވަނީ 18-28 އަހަރާއި ހަށިގަނޑު ރީތި މީހެއް ދަރިއަކު ނެތް ކުރިން ކައިވެނި ކޮށްފައި ނުވާ މީހެއް އޮސްކޮޅުން ދިގު ރީތި ރީތި ފިރިހެނަކަށް ވާން ޖެހޭނެ" އެ އަންހެން ކުއްޖާގެ އިއުލާނުގައި ބުނެފައި ވެއެވެ.

މި ކުއްޖާ އާއި ކައިވެނި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން P1994 ޖެއްސެވުމަށް ފަހު ތިމާގެ މައުލޫމާތާއި އެކު ކައިވެނި ޕޭޖުގެ ފޭސްބުކް ޕޭޖަށް މެސެޖެއް ފޮނުވާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ބޭނުމެއްނުން އަހަރެން ބޭނުން ވަނީ ތައިލެންޑު ކުއްޖެއް

    31
    1
    • ????????

      އެންމެ މުހިންމު ނުކުތާ ހަނދާން ނައްތާލަފަ އެދިޔައީ.
      އެންމެ ފުރަތަމަ ބަލަންޖެހޭ ކަމަކީ ފިރިމީހާ އަކީ ސާލިހު ދީންވެރި މީހަކުތޯ ބެލުން. އޭގެ މާނައެއް ނޫން ސިފަޔަކައް ނުބަލާށޭ.ދިރިއުޅުމުގެ ބައިވެރިޔާ ހޯދައި އިރު ސިފަޔަށްވެސް ބަލަން ޖެހޭނެ. ނަމަވެސް އަޙްލާގާއި ދީންވެރިކަމާއި ސާލިހުކަމައް ބަލާފަ ދެން ތިބި ކަންތަކައް ބަލާނީ. ☺️

      10
      1
  2. މުޖޫ

    ބަލަ ޔޫ ބޭނުން ވިޔަސް އެކަހަލަ ފިރިހެނަ ކު ނޫޅޭ ޔޫ އާއި އިންނާކަށް ޔޫ ހުންނަ ގޮތް ބުނެދީބަލަ.

    8
    1
    • ޫޫޫީުވިސޮ

      ބޮޑިީ

  3. ޕޮގުބާ

    ބޭނު މެއްނޫން ތީގެ ކުއްޖަކާ އިނދެގެން އުޅެވޭނީ ކަނޑުކޮހަކަށް

    18
    1
  4. Anonymous

    ނޮވެމްބަރު 9, 2019 19:23

    ބޭނުމެއްނުން އަހަރެން ބޭނުން ވަނީ ތައިލެންޑު ކުއްޖެއް

     17

     1

    Reply

    ޕޮގުބާ

    ނޮވެމްބަރު 9, 2019 22:14

    ބޭނު މެއްނޫން ތީގެ ކުއްޖަކާ އިނދެގެން އުޅެވޭނީ ކަނޑުކޮހަކަށް

     1

    Reply

  5. ބަކުރުބެ

    މޮޑެލް ހަ ހަ ހާ މޮޔަމީހަކު ތިކަން ކޮއްފާނެ މަވާ ސަލާމް

    4
    1
  6. ާސަރޭ

    ޚުދަކޮއްވެސް ބޭނުމެއްނޫން ތިއޮތީ ދިރިއުޅުން ނުފެންނާނެކަން ސާފްކޮއް އެގެން

    1
    1
  7. ޣގފ

    މޮޑެލްކުރާތީ ކަޑަ ނޫންނަމަ މަ އޯކޭ

    2
    1
  8. ?

    ތިޔަ ހޯދަން ބޭނުންވާ ފުރިހަމަ އިންސާނާ ލިބޭނެބާ؟؟؟ ދުޢާ އަކީ ތިޔަ ކުއްޖާއަށް ހެޔޮލަފާ ޞާލިހް ބައިވެރިއެއް ލިބުން

    6
    1