ވަގަކު ވައްކަން ކޮށްގެން ފިލަންވެގެން ރޭލަކަށް އަރައިގެން އޭނާ ދާން ބޭނުންވި މަންޒިލަށް ދެވުނު އިރު ފުލުހުން ތިބީ އޭނާ ހައްޔަރު ކުރަން ތައްޔާރު ވެގެން އެތަނުގައެވެ.
އިންޑިއާގެ ބެންގަލޫރުގައި އުމުރުން 21 އަހަރުގެ ކުޝަލް ސިންގް ނަމަކަށް ކިޔާ ފިރިހެނަކު ވައްކަން ކޮށްފައިވަނީ އޭނާ އާއި އެކީ އެއް އޮފީހެއްގައި ވަޒީފާ އަދާކުރަމުންދާ މީހެއްގެ ގެއިންނެވެ. އަދި އޭނާ ރޭލަށް އަރައިގެން ދާން އުޅުނީ އޭނާގެ އުފަން ރަށް ކަމަށްވާ އަޖްމާ އަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އޭނާ އަތުލަންވެގެން ވަނީ މަތިންދާ ބޯޓަކުން އޭނާގެ އުފަން ރަށަށް ގޮސްފައެވެ. އަދި އޭނާ އަށް އެ ރަށަށް ދެވުމުގެ ކުރިން ފުލުހުން ވަނީ އޭނާ އަށް މަރުހަބާ ކިއުމަށް ރޭލު ސްޓެޝަން ދޮށަށްވެސް ގޮސްފައެވެ.
ފުލުހުން ވަނީ އޭނާ ވަގަށް ނަގާފައިވާ ރަނާއި ރިހި ވިއްކާލުމުގެ ކުރިން އޭނާ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ބޭފުޅަކު ބުނީ، ބެންގަލޫރަށް ކުޝަލް ކުރި އެ ދަތުރަކީ އޭނާ ފުރަތަމަ ބެންގަލޫރަށް ކުރި ދަތުރު ކަމަށާއި އޭނާގެ އެއްވެސް ކަހަލަ ކުށުގެ ރިކޯޑެއް އޭގެ ކުރިން ނެތް ކަމަށެވެ. އަދި އޭނާގެ ވިސްނުން ހުރީ ވަގަށް ނަގާފައިވާ ސާމާނުތައް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ކަމަށެވެ.
މި މައްސަލާގައި މިހާރު ކުޝަލް ހައްޔަރުކޮށް އޭނާގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
??
ފުލުހުން ބޮލުގެ ބޭނުންކޮށްލީ ދޯ
ރާއްޖޭގެ ވަގަކު ފިލަން ފުލައިޓަކަށް އަރައިފިނަމަ ދިވެހި ފުލުހުން އޭނާ ހޯދަން އަރާނީ ޑިންގީއަކަށެވެ