ޖާޕާނުގެ ބައެއް ކުންފުނިތަކުން އަންހެން މުވައްޒަފުން އައިނު އަޅައިގެން އޮފީހަށް ނުކުތުން މަނާކޮށްފިއެވެ.

ޖަޕާނުގެ ބައެއް ނޫސް އިދާރާތަކުން ބުނީ، ބައެއް ކުންފުނިތަކުން ވަނީ އެކި ސަބަބުތަކާއި ހުރެ އަންހެން މުވައްޒަފުން އައިނު އަޅައިގެން ވަޒީފާއަށް ނުކުތުން މަނާކޮށްފައި ކަމަށެވެ.

މިގޮތަށް މަނާކޮށްފައިވަނީ އެ ތަނެއްގެ ގަވައިދުގައި އޮތުމުން ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ. އެހެން ނަމަވެސް މި ކަމާ ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި ބަހުސް ކުރަމުންނެވެ. އެގޮތުން އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޓްވިޓާގައި ހޭޝްޓެގް ޖަހާފައެވެ. އަދި މީސް މީޑިއާގައި މިހާރު ދަނީ އެތައް ބައެއްގެ ނުރުހެން އެކުންފުނިތަކަށް އަމާޒުވެފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ ދުވަހަކުވެސް އެފަދަ ހަބަރެއް އަޑު އިވިފައި ނުވާ ކަމަށާއި ބައެއް މުވައްޒަފުންނަށް އައިނު ނާޅާ އެއްވެސް އެއްޗެއް ނުފެންނާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެމީހުން އަޅަނީ ފެޝަން އައިނެއް ނޫން ކަމަށާއި އެއީ ނަންބަރު އައިނު ކަމަށްވެސް ބުނެފައެވެ.

އެ ކުންފުނިތަކުގައި ތިބި އަންހެނުން ވަޒީފާއަށް އައިނު އަޅައިގެން ނުކުތުން މަނާ ކުރުމުން ގިނަ ބަޔަކު ވަނީ ކުންފުނިތައް އުވާލުމަށްވެސް ގޮވާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު