ޓެސްޓު ހެދުމަށް ޓެސްޓު ހޯލުގައި އެތުރިގެން ތިބޭ ހަނދާން ވޭ ހެއްޔެވެ؟ އެއްވެސް މީހަކާއި ވާހަކަ ނުދައްކައި އެއްވެސް ދިމާލަކަށް ނުބަލައި އެތައް ގަޑިއިރުތަކެއް ވަންދެން ޓެސްޓު ހެދުމުގައި އިންނަން ޖެހޭނީއެވެ.

ފޮޓޯ އިން އެ ފެންނަނީ މިހަރާކަށް އައިސް މީސް މީޑިއާގައި މަޝްހޫރުވެގެން އުޅޭ ފޮޓޯއެކެވެ. އެކި ގޮތްގޮތައް މީހުން އެ ފޮޓޯ ހިއްސާ ކުރަމުން ގެންދާ އިރުގައި އެންމެ ގިނަ ބަޔަކު އެ ފޮޓޯ ދެކެނީ ޓެސްޓު ހޯލުގައި ދެ ރަހުމަތްތެރިން އެކަކު އަނެކަކަށް ބަލާ ގޮތް ކަމަށް ބުނެއެވެ.

އެއީ ތެދެކެވެ. ޓެސްޓަށް ގޮސް ޓެސްޓު ހަދައި ނިންމައިލުމަށް ފަހު، ނުވަތަ ސުވާލު ކަރުދާހުގައި ހުރި ޖަވާބުތައް ތިމާ އަށް ނޭނގުމުން ދެން އުޅެން ޖެހޭނީ ކުރާނޭ ކަމެއް ނޭނގިގެންނެވެ. އެއްވެސް ކަމެއް ނުކޮށް ގޮނޑީގައި އިންނަން ޖެހުމުން އެކަމާއި ފޫހި ވެގެންނެވެ. ދެން ކައިރީގައި އިންނަ ރަހުމަތްތެރިޔާ އަށް ބަލަ ބަލާފައި ހޭން ވެސް އިނދެދާނެއެވެ. އެއްވެސް ކަމަކާއި ނުލައެވެ.

މިކަންކަމަކީ ޓެސްޓު ހޯލުތައް ތެރޭގައި އެންމެ ކުރިން ފެށިގެންވެސް ހިނގަމުން އަންނަ ކަންކަމެވެ. އަދި ކުރިއަށް އޮތް ތޮނުގައިވެސް ހިނގާނޭ ކަންކަމެވެ. އެއީ ޓެސްޓު ހޯލުގައި މަކަރު ނުހެދި ނަމަވެސް، ހުރިހާ ކުދިންވެސް ކުޑަކޮށް ސަކަރާތް ޖަހާލަން ބޭނުންވާނެއެވެ. އެއީ ކައިރީ އިންނަ ކުއްޖާ އަށް ބަލާފައި ހިނުން ކަމުގައި ވިޔަސް މެއެވެ.

ފޮޓޯ އިން އެ ފެންނަ މަންޒަރުގެ މާނަ ހަގީގަތުގައި ވަރަށް ފުނެވެ. އެ ފޮޓޯ އިން އެކަކު އަނެކަކަށް އެހީ އަށް އެދޭ ކަހަލައެވެ. އެއީ އެ ސުވާލު ތަކުގެ ޖަވާބު ނޭނގުމުންނެވެ.

ތިއީ ޓެސްޓު ހޯލުގައި އިނދެ ތިމާގެ އެކުވެރިޔާ އަށް ފޮޓޯ އިން އެ ފެންނަ ގޮތަށް ބެލި މީހެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުއްތުނާ

    ޖަވާބަކީ ނޫނެކެވެ. އިސްއުފުލާލަންވެސް ނުކެރިފަ އިނީއެވެ. އާދެ ހަމަ ލަދުންނެވެ.

    13
    1
  2. އަހްސަން

    މަބަލަން

    8
    1
  3. ޝާދް

    ބަލަން އުޅޭ ކޮން މެފަހަރަކު ޓީޗަރު ބަލާތީ އެއްޗެކޭ ހިތަށް އަރާފާނެތީ ނުބަލަން