ކޮންމެ މީހެއްގެވެސް ހަޔާތުން ދުވަސް ވަރެއްގައި ހަންގަނޑަށް ބަދަލު އަންނާނެއެވެ. ބައެއް މީހުންގެ މޫނު މައްޗަށް ބަދަލު ތަން އަންނަން ފަށަނީ އުޅޭ މާހައުލުގެ ސަބަބުންނެވެ. ނޫންނަމަ އެމީހަކު ދުނިޔެވީ މަސައްކަތުގައި އުޅޭލެއް ބުރަކަމުން މޫނުމަތީގެ ތެޔޮކަމަށް އަޅާނުލާ ދޫކޮށްލެވޭތީއެވެ. މިކަމުގެ ސަބަބުން މޫނުމަތީގައި ބިހި ނަގާ މޫނުމަތި ހަޑިވެގެންދެއެވެ. ކަޅު ލަކުނު މޫނުގައި ލާންފަށައެވެ.

މިގޮތަށް މައްސަލަ ދިމާވާ ފަރާތްތަކުން މޫނުމަތީގެ އޮމާންކަން އިތުރު ކުރުމަށް މި ކަންތައް ގޭގައި ކޮށްލާށެވެ.

  • ފުރަތަމަ ކަމަށް ނިދާ ހޭލުމަށް ފަހުގައި އާއި ނިދަން ދިޔުމުގެ ކުރިން ރަނގަޅަށް މޫނު ދޮވެލަން އާދަކުރާށެވެ. މިއީ މޫނުގައި ހުންނަ ތެޔޮކަން ފިލުވައިދޭނެ ކަމެކެވެ.
  • ދެވަނަ ކަމަށް މޫނު އޮމާން ކުރުމަށް ބާރުގަދަ ސްކްރަބްތައް ބޭނުން ކޮށްގެން މޫނު ދޮވުން ހުއްޓާލާށެވެ. ސްކަރަބް ބޭނުން ކުރާނަމަ ގިނަ ވެގެން ހަފްތާއަކު އެއް ދުވަހު ބޭނުން ކުރާށެވެ. އެއީ ގިނަ ސްކްރަބް ހަދާފައިވަނީ ބާރު ގަދަ މާއްދާތައް ހިމެނޭ ގޮތަށް ކަމުގައި ވުމުން ފަސޭހަކަމާއި އެކު ހަންގަނޑު ހަލާކުވެގެން ދާތީއެވެ.
  • ތިންވަނަ ކަމަކަށް ހަމަ ނިދި ނިދާށެވެ. ނިންޖަކީ އިންސާނާއަށް އެންމެ މުހިންމު އެކައްޗެވެ. އިންސާނާގެ ހިތް ފިޔަވާ ހުރިހާ ގުނަވަނެއް އަރާމްކުރަން ވަގުތު ބޭނުންވެއެވެ. މިގޮތުން ހަމަ ނިދި ނުލިބޭނަމަ ހަންގަޑު ދޫވެ ނިތްކުރިއަށް ރޫޖެހޭގޮތް ވެގެންދެއެވެ.
  • ހަތަރު ވަނަ ކަމަކަށް ގަވާއިދުން ކޮންމެ ގަޑިއިރަކު މަދުވެގެން ފެން ތައްޓެއް ނުވަތަ ބައި ތަށި ފެން ބުއިމަށް ސަމާލުކަން ދޭށެވެ. އެއީ ފެން ބުއިމުން މޫނު މައްޗަށް ތާޒާކަން ގެނެސްދޭ ކަމަކަށްވެސް ވާތީއެވެ.
  • ފަސްވަނަ ކަމަކަށް ތަރުކާރީއާއި މޭވާގެ ބާވަތްތައް ގިނައިން ބޭނުން ކުރުމެވެ. އޭގެ ސަބަބުން ހަންގަނޑުގެ ކުލަ އަލިކޮށްދީ މޫނުމަތިީގެ އޮމާންކަން އިތުރުކޮށްދޭ ނެއެވެ. އެއީ މިބާވަތްތަކުން ހަންގަނޑަށް ލިބެންޖެހޭ މުހިންމު މިނަރަލްސްތަކާއި ނިއުޓްރިޝަންތައް ލިއްބާދޭނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންސޫރަ

    ސޭންޑަރެއް ހޯދާފަ 3000ނުމްބެރ ހިލަކަރުދާހެއް އޭގަ އަޅައިގެން މަޑުމަޑުން ހާކާ 5ގޮތެއް ބޭނުމެއްނޫން އޮމާން ވާނެ ހުވާ ތަޖުރިބާ؟ ކޮމެންޓް ކިޔާލީމަވެސް އެގޭނެ އޮމާން ވާނެކަން

  2. ހުސޭނުބޭ

    ހަންފީރު އެޅުން
    ގްލޭންޑަރުއެޅުން
    އޮޑައިލުން
    ރޮންދާއެޅުން

  3. ފޫހި

    ފަސްވަނަ ކަންތައް ފިޔަވާ އެހެން ހުރިހާ ކަމެއް ކުރަން އެކަމަކު މޫނުގަ އޮންނަނީ ހުސް ބިހި.