ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާއިފައިވާ އެއް ފިލްމް ކަމަށްވާ އެވެންޖާރސްގެ "އެންޑް ގޭމް" އޮސްކާ އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ.

ޑިޒްނީއިން މިފަހަރު މި ހުށައަޅައިފައި ވަނީ މާވެލްގެ އެންޑްގޭމްއާއި ގިނަ ބަޔެއްގެ ތާއީދު ލިބިގެން ޕެޓިޝަނެއް ހުށައަޅައިފައި ވުމާއި ގުޅިގެން ރޮބާރޓް ޑޯނީ ޖޭއާރުއެވެ.

މިގޮތުން އޮސްކާ އެވޯޑަށް ހުށައަލައިފައި މިވާ ދެ ފިލްމްގެ ބައިތަކުގެ ތެރެއިން އެންމެ މޮޅު ސަޕޯރޓިންގް އެކްޓަރ އަދި އެކްޓްރެސް ކެޓަގަރީ ވަނީ މި ދެ ފިލްމްގެ ތަރިން ނޮމިނޭޓްވެފައެވެ.

މިކަމާ މީޑިޔާގައި ގިނަ ފޭނުންގެ ފާނުން ފާދުކިޔުން އަމާޒުވެފައިވެއެވެ. އެމީހުން ބުނަމުން އަންނަނީ އެންޑް ގޭމްއަށްވުރެ ރޮބާރޓް ޑޯނީ ޖޭއާރު އެވޯޑަށް ލުން މާ ރަނގަޅު ކަމަށެވެ.

އެންމެ މޮޅު ސަޕޯރޓިންގް އެކްޓަރަކަށް ނޮމިނޭޓް ވެފައި ވަނީ:-

  • ރޮބާރޓް ޑޯނީ ޖޭއާރު
  • ކްރިސް އީވަންސް
  • މާރކް ރުފާލޯ
  • ކްރިސް ހެމްސްވޯތު
  • ޖެރަމީ ރެނާރ
  • ޖޯޝް ބްރޮލިން
  • ޕައުލް ރުޑް
  • ޑޮން ޗީޑުލް

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރުންނަށް ނޮމިނޭޓް ވެފައިވާ އެކްޓަރުން:

  • ސްކާލެޓް ޖޯންސަން
  • ގްވޭނެތް ޕެލްޓްރޯ
  • ޒޯއީ ސަލްޑާނާ
  • ކާރެން ގިލެން
  • ބާރީ ލާސަން

ފާއިތުވި 10 އަހަރު އޮތް 'އެވެޓަރ' ވައްޓާލައި 'އެވެންޖާސް އެންޑް ގޭމް' ބޮކްސް އޮފީހުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވަނީ ވެފައެވެ.

މިއަހަރުގެ އޭޕްރީލް މަހު 22 ގައި ރިލީސްކުރި މާވެލްގެ އެވެންޖަރސް- އެންޑްގޭމް ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމަކަށެވެ. ރިލީސްކުރިތާ ފުރަތަމަ ހަފްތާގައި މި ފިލްމަށް އާމްދަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ލިބުނެވެ.