މި ރާއްޖޭގައިވެސް ތަފާތު މީހުން އެބަ އުޅެއެވެ. މިފަހަރު މިއޮތީ އަނެއްކާވެސް ތަފާތު މީހެއްގެ ވާހަކައެވެ. މިއީ ސައިބޯނި ކާ ދިވެހި ޒުވާން އަންހެނެއްގެ ވާހަކަ އެވެ.

މިއީ އައްޑުއަށް ނިސްބަތްވާ ޒުވާން އަންހެނެކެވެ. އޭނާ މި ވާހަކަ ކިޔައިިދިން ނަމަވެސް، ނަން ހާމަ ނުކުރުމަށް ވަނީ އެދިފައެވެ.

ކުޑަ އިރުއްސުރެ މައިސާ (އަސްލު ނަމެއް ނޫން) ސައިބޯނީގެ ވަހަށް ލޯބިކުރެއެވެ. އަބަދުވެސް ސައިބޯނީގެ ވަސް ބަލައެވެ. އެ ޒަމާނުގައި ހުންނަނީ މިހާރު މިހުންނަ ކަހަލަ ސައިބޯނި ފުޅިއެއް ނޫނެވެ. އޭރު ހުންނަނީ ހަރު ސައިބޯންޏެވެ.

މިގޮތަށް ވަސް ބަލަމުން ގޮސް އެއްދުވަހަކު މައިސާ ސައިބޯނީގެ ރަހަ ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ސައިބޯނި ވެގެންދިޔައީ މައިސާއަށް ވަރަށް މީރު އެއްޗަކަށެވެ. އެންމެ ފުރަތަމަ ސައިބޯނި ކާން ފެށިއިރު މައިސާގެ އުމުރުން 15 އަހަރެވެ.

"އޭރު އެންމެ ފުރަތަމަ ކާންފެށީ ޑިޓޯލް ސައިބޯނި. ޑިޓޯލްގެވެސް ނޫ ކުލައިގެ ސައިބޯނި އެންމެ މީރީ.. ފުރަތަމަ މަންމަ މެނަށްވެސް ވަގަށް ކެއީ. އެކަމަކު ފަހުން ބައްޕައަށް ކާން ފަށާފަ އޮތް ސައިބޯންޏެއް ފެނިގެން ވަރަށް ގިނަ ނަސޭހަތް ދިން. ދެން އޭގެ ފަހުން އަމިއްލައަށްވެސް ވަރަށްް މަސައްކަތް ކުރިން އެކަން ހުއްޓޭތޯ. އެކަމަކު އޭރު ހަމަ ކޮންޓްރޯލް ނުވީ. ކާހިތްވީމަ ހަމަ ނުކައެއް ނުހުރެވޭ"

މައިސާ ބުނީ އޭނާ ސައިބޯނި ކާން ފެށި ދުވަސްވަކަރީ އޯލެވެލް އިމްތިހާނު ގާތްވެފައި އޮތް ދުވަސްވަރަށް ވުމުން އޭނާގެ މައިންބަފައިން އެންމެ ފުރަތަމަ ހީކުރީ އެއީ ސިހުރުގެ ކަމެއް ކަމަށެވެ. އަދި އެކަމުން ރަނގަޅު ވޭތޯ ފަންޑިތަވެސް ހެދި ކަމަށެވެ. އަދި އޭގެ އިތުރުން އޭނާވަނީ ޑޮކްޓަރަށްވެސް ދައްކާފައެވެ. އެހެން ނަމަވެސް އެތައް ބައިވަރު ޓެސްޓްތަކެއް ހެދުމުންވެސް މައިސާއަށް އެއްވެސް ގެއްލުމަށް ވެފައިނުވާަމަށާއި، ޞިއްޙަތު ހަމަ ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފަންޑިޔަތަޔާއި، ބޭހަށްފަހު މައިސާ ވަނީ މިކަމުން ދުރުވެފައެވެ.

"ސައިބޯނި ކަނީ ހަމަ ހިތްހަމަހަޖައްސާލުމަށް. އާންމުކޮށް ސައިބޯނި ކައި އުޅެނީ ސުޕާރީޔާވެސް އެކުގަ. އޭގެން ހަމަ ބުންނަވެސް ނޭނގޭ ކަހަލަ އަނގަޔަށް ފަސޭހަ ރަހައެއް ލަނީ. ދެން ބައެއް މީހުން ބުނާނެ ތިއީ ހަމަ މަސްތުވާތަކެއްޗޭވެސް. އެކަމަކު އެކަހަލަ އެއްވެސް ގޮތެއް ނުވޭ.

މައިސާއަށް މިހާރު އުމުރުން 20 އަހަރުވެއްޖެ އެވެ. އޭނާއަށް މިހާތަނަށް ކެވުނު ސައިބޯނީގެ އަދަދު ބުނާކަށް އޭނާއަށްވެސް ނޭގެ އެވެ.

އެހެން ނަމަވެސް މިހާރު އޭނާވަނީ މި އާދަޔާއި މުޅިން ދުރުވެފައެވެ. އަދިވެސް މައިސާއަށް ސައިބޯނީގެ ވަސް ޖެހުމުން ސައިބޯނި ކާން ކެތްމަދުވާކަމަށް އޭނާ ބުނެއެވެ.

ސައިބޯނި ކާހިތްވުމަކީ ހަގީގަތުގައިވެސް ބައްޔެކެވެ. މި ބަލީގެ ނަމަކީ "ފެލޯ ޕިކަ" އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިތުނާ

    ސާބޯނިކާ މީހެއް ފުވައްމުލަކުގައިވެސް އުޅޭ އެރަށު މީހުން އޭނަޔަށް ކިޔަނީ ސާބުންކާ

    42
  2. ބޯކިބާ

    ތިގޮތަށް ތިޖޫރީއާއި ފައިސާ ކާބަޔަކު މާލޭގަ އުޅޭ.

    39
  3. ާަޕޮގުބާު

    ފެލޯ ޕިކަ ގާލް ކިޔާ އެކުއްޖާއަށް

    14
    4
  4. ޙަސީނާ

    މމމަވެސް ކެޔިން ކުޑައިރު.

    9
    5
  5. ތރ

    ބައެއްމީހުންމާބަނޑު ދުވަސްވަރު އަންނަބަދަލާހުރެވެސް ކާއުޅޭ..

    1
    2