އިންޑިޔާގެ ބޮލީވުޑްގައި އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ދިޕިކާ ޕަޑުކޯން ބަލިކަން އޭނާގެ އިންސްޓަގްރާމް ހޭންޑަލްއިން ލާފައިވާ ފޮޓޯ އަކުން ހާމަވެއްޖެއެވެ.

އޭނާ އިންސްޓަރކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ މާގަދަޔަށް "ޕާޓީ"ކުރެއްވިޖެ ކަމަށެވެ. އަދި އޭނާ ބަލިކަންވަނީ ހާމަކޮށްފައެވެ. މިފޮޓޯގައި އޭނާވަނީ އަނގަޔަށް ހޫނުމިން ބަލާ ކަށިގަނޑެއްގެ ސްޓިކަރއެއް ލާފައެވެ. މިއީ އާއްމު ގޮތެއްގައި ބަލި މީހުން ބޭނުން ކުރަމުން އަންނަ ސްޓިކަރއެއްކަން ފާހަގަ ކުރެއެވެ.

ދިޕިކާ ބަލިވެފައިވަނީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ކައިވެނީގެ ޕާޓީގައި މާ ގަދަޔަށް މަޖާ ކުރެވެމުން ކަމަށް އޭނާ ބުނެއެވެ. ދިޕިކާ މާ ގަދައަށް މަޖާކޮށްފައިވާ ކަމަށް ބުނެފައިވާއިރު، އޭނާގެ ރަޙްމަތްތެރިޔާގެ ކައިވެންޏަށް ދިޕިކާ ގޮސްފައިވަނީ އޭނާގެ ފިރިމީހާ ރަންވީރު ސިންގް އާއެކުއެވެ.

ދިޕިކާ ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނައިރު، މިހާރު އޭނާ ކުޅެމުންދަނީ ޗަޕާކް ފިލްމެވެ. މިފިލްމުގައި ދިޕިކާ ކުޅެނީ ގަޔަށް އެސިޑް ޖަހާ އަންހެން ކުއްޖާގެ ރޯލެވެ.

ދިޕިކާގެ ނަން ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވެން ފެށީ އޭނާ ރަންވީރުއާ ކައިވެނި ކުރުމާއި ގުޅިގެންނެވެ. މިހާރު ގިނަ ބަޔަކު ދެކެމުން އަންނަ ގޮތުގައި ރަންބީރު އާއި ދިޕިކާއަކީ އެންމެ ލޯބި ދެމަފިރިންނެވެ. މިމަހުގެ 14 ވަނަ ދުވަހު ދިޕިކާގެ ކައިވެންޏަށް އެއް އަހަރު ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޫޒަ

    ކޮންރަންވީރެއް ދެން އަނެއްކާ ރަންބީރު ކޮންމެވެސް އެކެއްގެ ހައްޤައް އެރިއްޖެ ނުހައްޤު ނުވާނެބާ؟