އަންހެނަކާއި ފިރިހެނެއް ރައްޓެހިން ނުވަތަ "ބެސްޓް ފުރެންޑް" ވެވޭނެތަ؟ މިޒަމާނުގައި ވެސް މަދުމަދުން މި ސުވާލު އިވެއެވެ. އަހަރެންގެ ޖަވާބަކީ "އުޅެވޭނެ" އެވެ. އަދި ރައްޓެހިންގެ ގޮތުގައި އުޅެން ބޭނުންވާނަމަ މިގޮތަށް ކަންތައް ކުރާށެވެ.

ދެމީހުންގެ ގުޅުން ފުރަތަމަ ދެނެގަންނާށެވެ. އެ ގުޅުމަކީ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ގުޅުމެއްތޯ ނުވަތަ ރައްޓެހިންގެ ގޮތުގައިތޯ އުޅޭނީ އެނގުން މުހިއްމެވެ. ދެމީހުންނަށްވެސް އެކަން އެނގި ރައްޓެހިންގެ ގޮތުގައި އުޅުމަށް ފުރަތަމަ ކުރަންޖެހޭނީ މިކަމެވެ. އަދި ހަޔާތުގައި ދިމާވާ ހުރިހާ ވާހަކަތަކެއް ހިއްސާކުރާނެ އިތުބާރުހިފޭވަރުގެ މީހެއްކަން އެނގޭށެވެ. އެއަށްފަހު ގުޅުން އިތުރަށް ކުރިއަށް ގެންދާށެވެ.

އެހެން ކުއްޖަކާއި ގުޅުމެއް އޮންނަކަށް އެ ރައްޓެއްސަން އަންގަންވާނެއެވެ. އެކަންތައް ސިއްރުކޮށްގެން ނުވާނެއެވެ. އެ ރައްޓެއްސަކީ ވެސް އެހެން މީހެއްދެކެ ލޯބިވާ މީހެއްނަމަ ރައްޓެހިންގެ ގޮތުގައި އުޅުމަށްވެސް ފަސޭހަވާނެއެވެ. އަދި ލޯބިވެރިންނަށްވެސް ރައްޓެހިން އަންގަންވާނެއެވެ. އެހެންނޫންނަމަ މައްސަލަޖެހޭނީ ލޯބިވެރިންގެ ދެމެދުގައި އެވެ.

ރައްޓެހި މީހާ ލޯބިވާނަމަ ނުވަތަ އެހެން ގޮތަކަށް ވާހަކަ ދައްކާނަމަ ބުރޭކެއް ނަގާށެވެ. މެސެޖް ކުރުން މަދު ކޮށްލާފައި، ވާނުވާ ރީތި ކޮށް ބުނެދޭށެވެ. އެގޮތުން އެއީ އަނެކާ ބޭނުންވާ ގޮތް ނޫންކަން ވިސްނައިދޭށެވެ. އަދި އޭނާގެ އިހްސާސަށް ވެސް ގަދަރުކުރާށެވެ.

މިފަދަ ގުޅުމެއްގައި އެންމެ މުހިއްމު ކަމަކީ ތެދުވެރިވުމެވެ. ދެމީހުން ދެމީހުންނަށް ތެދުވެރިވާން ވާނެއެވެ. އަދި ވާހަކަ ދައްކާ އަނެކާ ހުންނަންޖެހޭނީ ކިހާ ހިސާބެއްގައި ކަމާއި ކޮންމެ ދުވަހަކު ވާހަކަ ނުދެއްކިނަމަވެސް އެއީ އަބަދުވެސް ކަމެއް ދިވާމާވަގުތު ތިބޭނެ ބައެއްކަން ބުނެދޭންވާނެއެވެ. ފިރިހެނުންނާއި އަންހެނުން ރައްޓެހިންގެ ގޮތުގައި އުޅެވިދާނެ ކަން މިހާރު ގަބޫލުކުރަންދޯ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ނުކުރަން. ސާފުވެއްޖެ؟

 2. ޢޮފް ކޯޒް... އައި އޯލްސޯ ހޭސް ބޯއީ ބެސްޓް ފްރެންޑް

 3. އަދި ތިޔަވަރަކުންނެ ނުކުރަން

 4. މަގޭ ފިރިމީހާ ވެސް ތިޔަ ގޮތަށް ރައްޓެހިން ގެންގުޅުނު. މީގެ ހަފްތާ ކުރިން މިބުނަނީ މިހާރު ލޯބިންގޮސް ވަކި ނުވެވޭ ވަރު ވެއްޖޭ

 5. ނުކުރަން

 6. ނުކުރަން

 7. ކާކުތަ ބުނީ އަންހެނަކާ ފިރިހެނަކާ ދެމެދު ރައްޓެހިކަމެއް ނުބޭއްވޭނޭ. ؟ ބޭއްވޭނެ. އެކަމަކު ގިތެއު ހެދުނީމަ ނުބޭއްވޭނެ.

 8. ނުޖެހޭ އެކަހަލަ ރައްޓެހިން ގެންގުޅޭކައް

 9. ފާސިދު މީހަކު ތިފަދަ ވާހަކަ ދައްކާނީ!

 10. ވަރަށް ވާހަކަ

  ނުކުރަން ޤަބޫލެއް.... ތިކަން އޮންނަ ގޮތް ވަރަށް ސާފުކޮށް ބަޔާން ކުރަށްވާފަވޭ... ހިލޭ އަންހެނަކާ ފިރިހެނަކާ ތިކަހަލަ ގުޅުމެއް ބާއްވަންޔާ ތިންވަނައަށް ހުންނާނެ ބޮޑު އިބިލީސް.....

 11. ނަސްވާމެން ތިކަހަލަ ކަންކަމުގަ އަދި ވަރަށް ޅަވާނެ ،، އެގޭނީކަމެއް ދިމާވީމަ ،، ގެންގުޅެވޭގޮތްވެސް ހުރޭ .. މިސާލަކަށް ފިރިހެނެއްނަމަ އޭނާ ރަޙްމަތްތެރި އަންހެންކުއްޖަކު އުޅެނީ ވ. ރީތިކުއްޖަކާއެކު އެރީތިކުއްޖާގެ ބޭނުމުގަ އަނެއްކުއްޖާ ސަލާމަތް ވެދާނެ ،، ކުރީޒަމާނުގަ ނަމަ އެވާނީ ކަނދުފައަޗަށް މިހާރުދެން ފޯނު..............