ރާއްޖެ މީހުންނަކީ އާއްމު ގޮތެއްގައި ޖާނުން ކުޑަ ބައެކެވެ. އުފެދުމުގައިވެސް ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންނާއި އަޅާ ބަލާފައި ރާއްޖެ މީހުން ސައިޒުން ކުޑަވެފައި އިސްކޮޅުންވެސް ކުރެވެ. ކަން އޮންނަނީ މިހެން ކަމާއި މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. ނަމަވެސް ދެން މި ދައްކަން އުޅޭ ވާހަކާގައި ކޮންމެވެސް ވަރެއްގެ ޙިޔާލް ތަފާތުވުންތަކެއް ހުރެދާނެއެވެ.
އާނއެކެވެ. ޖާނުން ކުޑައީ ހަމައެކަނި ރާއްޖެ މީހުންނެއް ނޫނެވެ. އަހަރެމެން މި ހިމެނޭ ބައްރުު، އޭޝިޔާގައި ހިމެނޭ ގައުމުތަކުގެ މީހުން، ޔޫރޮޕާއި އެފްރާގެ އިތުރުން އެނޫންވެސް ބައްރު ތަކުގެ މީހުންނާއި އަޅާ ބަލާފައި ހަމަ ސައިޒުން ކުޑައެވެ. އެ ބައްރުތަކުގެ މީހުން އޭޝިޔާ މީހުން ދެކެނީ "ކުދިކުދި" ބައެއްގެ ގޮތުގައެވެ.
ކަންމިހެން އޮތް ނަމަވެސް، ރާއްޖޭގައިވެސް ޖާނުން ވަރުގަދަ މީހުން ތިބެއެވެ. އެންމެ ގިނައިން މިފަދަ މީހުން ތިބެނީ ކޮން ސަރަހައްދެއްގައިތޯ ބެލުމަށް އަޅުގަނޑު އަމިއްލަ އަށް ކުޑަ ދިރާސާ އެއް ހެދީމެވެ. މިގޮތުން ޖާނުން ވަރުގަދަކޮށް ތިބޭ މީހުންނާއި ސުވާލުކޮށް، އެމީހުން ނިސްބަތްވަނީ ކޮން އަތޮޅަކަށްތޯވެސް ސުވާލު ކުރީމެވެ. އަދި ބައެއް މީހުންނާއި ހަވާލުކޮށްގެންވެސް މި ދިރާސާގެ ކަންތައް 2 މަސް ވަންދެން ކުރިއަށް ގެންދިޔައީމެވެ. މިގޮތުން ދިރާސާގެ ނަތީޖާތަކަށް ބަލައިލާ އިރުގައި އެންމެ ގިނައިން މިފަދަ މީހުން ތިބީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައެވެ. އެއީ ލ. އަތޮޅާއި ހުވަދޫ އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައެވެ.
މިއީ އެއްވެސް ހާލެއްގައި ރަސްމީ ހައިސިއްޔަތަކުން ހަދާފައިވާ ދިރާސާ އެއް ނޫނެވެ. ރާއްޖޭގެ އުތުރުގަ އާއި މެދުރާއްޖެ ތެރޭގައިވެސް ޖާނުން ވަރުގަދަ މީހުން ތިބެއެބެ. ނަމަވެސް އަޅުގަނޑުގެ ދިރާސާ އިން ފާހަގަވެފައިވާ ގޮތުން އެންމެ ގިނަ މީހުން ތިބެނީ ދެކުނުގައެވެ. މިއީ ތެދެއް ހެއްޔެވެ؟
ތީ މަށައްވެސް ފާހަގަ ކުރެވޭ ކަމެއް.
އުތުރު މީހުން ބަލާނީ އޮޑި ވެރިއަކަށް ނޫނީ މަސް ވެރިއަކަށް ވެވޭތޯ. ދެކުނު މީހުން ބަލާނީ ކުރިއަރައިގެން ދެވޭތޯ. މިއީ ތަފާތަކީ
އައްދެ..ދެކުނުގަ ނޫޅޭދޮތަ މަސްވެރިންނެއް..އެންމެ ވަރުގަދަ މަސްވެރިން ތިބީވެސް ހުވަދޫ އަތޮޅުގަ..ވާނުވާ އެގިބަލަ...
ދެކުނުގަ ނޫޅޭނެ ދޯ އެހެންވީމަ އޮޑިވެރިންނާ މަސް ވެރިންނެއް..ހައްހައް..ބަލަ އޮޑިވެރިންނާ މަސްވެރިންނަށްވެސް ރިޒްޤް ދެއްވަނީ ހާލިގްވަންތަ ﷲ..އެމީހުންވެސް ކުރި އަރައިގެންދާނެ.މަސަތްކަތްކުރާ ކޮންމެ ބަޔަކަށްވެސް އެކަލާންގެ ކުރިއެރުން ދެއްވާނެ. އެއީ އުތުރު ދެކުނު ވެގެން ލިބޭއެއްޗެއްނޫން...ނަމަވެސް ބުނަން އުތުރުގަ ތިބީ ރާއްޖެދުއް އެންމެ ވަރުގަދަ ފަހުލަވާނުން.. އެއީ އުތީމު 3 ބެއިން ފާހަގަ ކޮށްލެވޭ.. ލާގުޅާ އޮށެއް ވަރު ތަނެއްގަ ކޮން އުތުރެކޭ ދެކުނެކޭ ކިޔާކަށް...މީހުން ހިތުގަ ނަފްރަތު އުފެއްދުންނޫން ދެން ކޮންކަމެއް..ޖާނުން ވަރުގަދަ މިޙުނޯ ދިރާސާޔޯ ހެހެހެ
ތިޔޮއް ދިރާސާއެއްދޯ!ރާއްޖޭގެ ހުރިހާ ހިސާބެއްގަވެސް އުޅޭ ޖާނުން ވަރުގަދަ މީހުން..ތި ދިރާސާޔާ މަ ދެކޮޅު އެއީ މަފިރިސޮރު ނުލާހިކު ޖާނުން ވަރުގަދަ. ޢޭނަ ދެކުނެއްނޫން ޔަގީނުންވެސް...
ޜަގަޅަށްދިރާސާ ކޮށްލުންއެދެން ކުލުދޫފުސީގަ އެންމެގިނައީ.އުތުރުމީހުން ވަރުގަދަވީމް މިހާތަނަށްވެސް ރާއްހެސަލާމަތްކުރުމުގާ އުތުރުމީހުންހެހިއްސާބޮޑީ
އައްޑޫތީގެ ތެރޭގަ ނުހިމެނޭ.. އެތާގަ ތިބޭ ގިނަ މީހުންނަކީ ހިކި އަދި ބަލިކަށިބަޔެއް.
ފުވައްމުލަކުގަވެސް. އަހަރެންނަށް އަދި ފެންނަ މީހުން ވ ކުދި. ޙުވަދޫގައި ތިބޭ.. ވ ފަރުވާކުޑަ ދިރާ ސާއެއް.
ތިބުނީ ހަމަ ރަަަަގަޅައް
ޙަމަ ހުސް ދޮގު
ދިވެހި ބަހުގެ ޤަވާޢިދުތަކަށް ވިސްނައިގެން ލިޔުއްވުން އެދެން.
2 މަސްދުވަސް ވަންދެން ކުރި ދިރާސާގަ ހާދަ ކުރު ލިޔުން ކޮޅެއް؟. އިތުރު ތަފްސީލު ލިޔެލި ނަމަ ވަރަށް ފުރިހަމަ ވީސް
ދެކުނު އަތޮޅު ތަކަކީ ހުވަދޫ ކަނޑުން ދެކުނު އަތޮޅުތައް ހުވަދޫ، ފުވައްމުލައް، އައްޑޫ. ދެކުނު ވާން ނޫޅޭ.. ހެހެހެހެ..
ކާކުތަ އުޅެނީ ދެކުނު ނުވެވިގެން ޕަކާސް ފަޅޮލޭ ބޯކިބަލޭ ކިޔާބިޔަ
ރަނގަޅު ވާހަކައެއް.ފާހަގަ ކުރެވޭ ހަޤީގަތެއް
އަސްލު ތިފަދަ ދިރާސާއަކީ ވ މުހިންމު ދިރާސާތަކެއް؛ ދެކުނު ހަލާރަތު ސިލޯނުން ފެށުނުއިރު އުތުރުގައި މިކްސްކޮށް އެހަލާރަތު ވާކަން ފާހަގަވެއެވެ... ދިވެހިންގެ ތެޜޭ އެންމެ ހިތްވަރުގަދަ ފަހުލަވާނުން ނުކުތީ ބޮޑް ތިލަދުންމަތިންނޭ ބުނެވޭނެއެވެ... އެބޭފުޅުންނަކީ އިސްކޮޅުންވެސް ބޮޑުބަޔެކެވެ...ދިވެހިރާއްޖޭގެ ކުރީ ހަލާރަތުގެ ކާބަފައިން ވ ހިތްވަރުގަދައެވެ...
ޙުސް ދޮގު،،،މޮޔަ ނުވެބަލަ،،ު
ޙުސް ދޮގު،، ގަބޫލެެއް ނުކުރެވޭ،،،
ތީ ނުބައި ދިރާސާއެއް. ދެކުނުގަ ތިބޭނީ އިސްކޮޅުން ކުރު މީހުން މިރާއްޖޭގަ. ރަނގަޅަށް ބަލާބަލަ
Q އަހަރެންގެ ދަރިފުޅު ކުރޫއަކަށް މޯލްޑިވިއަންގައިއުޅުނުއިރު ދިމާވި ވަރަށް ގިނަ ބޭރުމީހުން އެހި ތިއީ އަރަތްބެއްހޭ ލަންކާ މީހެއް ހޭ. ބޮޑުކަމުން
ރާއްޖޭގަ ޖާނުން ވަރުގަދަމީހުން އުޅޭ ހުރިހާ ހިސާބެއްގަވެސް އެއީ މީ މިކްސްޑް ތަނަކަށް ރާއްޖެ ވާތީ ސޯ ތިފަދަ ދިރާސާ އަކުން ނުބުނެވޭނެ ދެކުނުގައޭ ޖާނުންވަރުގަދަ މީހުން އުޅެނީ..ވާނުވާ ދިރާސާ
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ގޮސް ރަނގަޅަށް ދިރާސާ ކުރޭ ތިޔަ ގޮތަށް ގޮނޑީގައި އިނދެގެން ލިޔުނީމަ ރަނގަޅެއް ނުވާނެ އުތުރުން އެންމެ ބިޔަ ވަރުގަދަ މީހުން ތިބިރަށް ތަކުގަ ތެރޭގައި ކުޅު ދުއްފުށި.... ދިއްދޫ ... ފިއްލަދޫ ...ނޮޅިވަރަން ހިމިނޭ މެދުރާއްޖެތެރެއިން ވެސް ކަނދޮޅުދޫގެ ރަށް ވެހިން ނައިފަރު ހިންނަނަވަރު .... އދ. ދިއްދޫ މީސްކޮޅު މަދަސް މީހުން ބޮޑެތީވާނެ ވޮލީ ކުޅުނު ސާމިލް ... އަބްދުﷲ މުހައްމަދު . ގާސިމް އިބްރާހިމު.... ރަނގަޅު ދިރާސާ ކުރައްވާ އަދި މިނޫން ރަށް ތަް ވެސް ހުންނާނެ
ދެކުނު އަތޮޅު ތަކުގަ ގިނައީ ވަގުން މިސާލަކައް ނިމިދިޔަ ސަރުކާރު
ޖާނުން ވަރުގަދައީ ދެކުނު މީހުންނޭ ކިޔާނެ ކަމެއްނެތް. ޖާނުން ވަރުގަދަވެގެން ވީކަމެއް ކޮބާ؟ ތާރީޚް ބަލާލީމަ އެނގޭނެ ޖާނާމާލު ގުރުބާންކޮށްފަ ވަނީ ރާއްޖޭގެ އުތުރު މީހުންކަން... ވަކިން ހާއްސަކޮށް ބޮޑުތިލަދުންމަތި. ހަގީގަތަކީ މިއީ.
މިހާރުވެސް ނިސްބަތުން ޖަލުދަ އެންމެގިނައީ ދެކުނުމީހުން އެއީތޯ ވަރުގަދަމީހުންނަކީ ފަތްބޫން ވައްކަންކުރުން ދެން ކިޔާނެކަމެއްނެތް---
މިކަމަކާ އެއްބަހެއްނޫން، ދިވެހިރާއްޖޭގެ އެންމެ ޖާނުން ބޮޑެތި މީހުން އުޅޭކަމަށް ފެންނަ އެއް ރަށަކީ ހދ. ކުޅުދުއްފުށި، ދެން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުދިކޮށް ތިބޭ މީހުންނާއި ބޮޑެތި މީހުން އުޅޭ، އެކަމަކު ހުވަދޫ ފުވައްމުލަށް މިއީ ރާއްޖޭގެ އެހެން ހިސާބުތަކަށްވުރެ ޖާނުން ކުދި މީހުން އުޅޭ ރަށްތަކެއް.
ދެކުނުގެ މަސްވެރިންވަރަށް ގިނަވާނެ، މަސްވެރިން ތިބެނީ ޖާނުން ވަރުގަދަކޮށްވެސްމެ. އަދި ހަމަ ތ.އަތޮޅުގެ ބައެއްރަށްތަކުގެ މީހުންވެސް ޖާނުންވަރުގަދަ
ހުވަދު އަތޮޅު މީހުން ތިބެނީ ހަށިގަޑު ގައި ބޮޑީ ބިލްޑް މަސް ޖަހާފައި ޗަސް މަސް ޖަހާފައި ތިބޭ މީހުން މަދުވާނެ އެއީ ހަގީގަތް
ޖާނު ކައިރީގައި އަހާލާފައި މަ އެބަ ޖަވާބެއް ދެން!
މާލޭ މަގުތަކުން ސާންޕަލް ނަގައިގެން ދިރާސާ ސައްހައެއް ނުވާނެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ގޮސްފަ ހުރި މީހެއް ވީމަ މި ބުނަނީ، އެންމެ ބިޔަކޮށް އިސްކޮޅާ ރޫފަ ހުންނަނީ ހއ އަދި ހދ ގަ. ކުޅުދުއްފުށި އެއީ ކުރިން ސުރެން މީހުން ބިޔަ ކަމަށް މަޝްހޫރު ރަށެއް. ދެކުނުން ލ އަތޮޅު މީހުން ބިޔަ. އަދި ތިނަދޫ މީހުން އިސްކޮޅުން ދިގު ކަމަށް ވެސް ފާހަގަވޭ. އައްޑޫ ފޯއްމުލަކު މީހުން އެވްރެޖްކޮށް ކުރު.
މަށަކީ ސ.ހިތަދޫ މީހެއް އިސްކޮޅުގަ 6.2 ފޫޓު ހުރޭ. އެކަމަކުވެސް އަހަންނަށްވުރެ ކުޑަކޮށް ތިބޭމީހުންނަކީ ޖާނުން ބަލިކަށިބައެއްގެ ގޮތުގަ ނުދެކެން.
ތިއީ އަނެއްކާ ކިހިނެއް ހަދާފަ އޮތް ނުރަސްމީ ދިރާސާއެއް؟ ތިކަމެއް ފާހަގައެއް ވަކި ނުކުރެވޭ. ތިވީގޮތުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް މުޅިންވެސް ދެކުނުންތާ ކުޅުންތެރިން ނަގަންވީ؟
ދެކުނު މީހުން ޖާނުން ބޮޑުކަމެއް ނޭންގޭ، އެންމެ ޖާނުން ބޮޑީ މާލޭ މީހުން އެމީހުން ދެކުނާއި އުތުރުގެ މީހުންގެ ލާރިކޮޅު ފެލާލަނީ ކިނބިހިންޏެއް މަރާލާހާ ފަސޭހައިން..............
ޖާނުން އެންމެ ވަރުގަދަކޮށް ތިބޭނީ މިއާޓިކަލް ލިޔުނު އަތޮޅުތަކަށް ނިސްބަތްވާ މީހުން.
ދެކުނު ފެށެނީ ހުވަދޫ ކަނޑުން ދެކުނުންނެވެ. ދެކުނު ވާން ނޫޅޭށެވެ..
އަބަދު ސިނގިރޭޓާ ކޮފީއާ ބޮއެގެން އުޅޭ ބަޔަކު ކޮން ޖާނެއްތަ ވަރުގަދަ ވާނީ. ކެއަސް ފައިދާ ހުރި އެއްޗެއް ނުކާނެ ގަރުދިޔައާ ބަތާނޫނީ.
ތިއެއް އިނގޭނީ ސިފައިންގޭގައި ތިބި މީހުންނަށް ބެލީމަ. އެހެން ޤައުމުތަކުގަ ސިފައިންގެއަށް 5، 4 ފޫޓު މީހުންނައް ވަދެވޭއިރު ރާއްޖޭގައި ވަދެވެނީ 5 ފޫޓު 5 އިންޗި ހުރެގެން.
ގައުމައް ދިމާވި ހުރިޙަ ނުރައްކިަލަކުން ޜާއްޖެ ސަލާމަތް ކުރުމައް އެންމެ ބޮޑު ރޯލެ ކުޅުނި އުތުރުމިހުން?
މަގޭބިޓުވެސް ނުލާހިކު ޖާނުން ވަރުގަދަ ވެފަ ބިޔަވެސް ވާނެ..އެއީ ދެކުނު ހަމަ...ދެކުނުގެ މީހުން ވަރަށް ޖާނުން ވަރުގަދަ ވާނެ
އިސްކޮޅެއް ނޫން މުހިންމީ ، ކުރަސް ، ދިގަސް، ހިއްކަސް ، ފަލަޔަސް ، ކުރަނީ އެއްކަމެއް!! ! ނިކަން ދިރާސާއެއް ކޮަށްބަލަ ރާްއްޖޭގެ އެންމެ އަޚްލާޤީ މައްސަލަ އުޅެނީ ކޮންބައެއްގަތޯ، އެންމެ ގިނައިން ހަކުރު ބޯމީހުންނާއި، ނަހަލާލަށް ވިހާމީހުނ އެންމެ ގިނައީ ކޮންތާކުތޯ؟؟؟ ތިޔާ ކިޔާ ދެކުނުގަ ? މިއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް ! މާކަ ބޮޑު ދިރާސާ އެއް ކުރާކަށް ނުވެސް ޖެހޭ !!
ލާމު އަތޮޅު. ދެން ގދ. ތިނަދޫ، އދ. ދިއްދޫ، ހދ. ހަނިމާދޫ އަދި ނޮޅިވަރަން. ރ. އިންނަމާދޫ އަދި ރަސްމާދޫ. ދެން ނުތިބޭނެ.
ޖާނުން ވަރު ގަ ދައީ އެމީހެއްގެ ގިތް ްއެންމެ ވަރުގަ ދަ މީހާ........ ؛)