ދަގަނޑު އެއްޗެހި ގެއްލިގެން ހޯދާ މީހަކު، އޭނާގެ ރައްޓެއްސެއްގެ އަނގޮޓީއެއް ގެއްލިގެން ހޯދަން ނޮދާން އަޔަލޭންޑްގެ ސަރަހައްދެއް ބަލަމުން ދަނިކޮށް ހީނުކުރާ ފަދަ، އޭނާގެ ދިރިއުޅުމަށް ބަދަލެއް ގެނެވޭ ވަރުގެ ކަމަކާއި ދިމާވެއްޖެއެވެ.

އޭނާގެ ރަހުމަތްތެރިޔާގެ ގެއްލިފައިވާ އަނގޮޓީ ހޯދަން އޭނާ ނިކުމެފައިވަނީ އޭނާގެ ޗުއްޓީގެ ދުވަސްވަރުއެެވެ. އޭނާއަކީ ކަރަންޓް ވައިރިން މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާއަށް އެތަނުން ފެނިފައިވަނީ ޕައުންޑުން ބަލާނަމަ އެއްލައްކަ ޕައުންޑެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 1.9 މިލިއަން ރުފިޔާ އެވެ.

އޭނާ ބުނެފައިވަނީ އެމީހުން އެ އަނގޮޓީ ގެއްލިގެން ހޯދަން 2 ގަޑި އިރު އެތަން ބަލާފައިވާ ކަމަށެވެ. އަދި ވަކި ހިސާބަކަށް މެޓަލް ޑިޓެކްޓަރ ގެންދިއުމުން އޭގެއިން އަޑު ގޮވަން ފެށުމުން އެތަން ބެލި އިރުފެނިފައިވަނީ މީގެ 500 އަހަރު ކުރީން އުކާލާފައިވާ 84 ކޮއިން ކަމަށެވެ. އެހާ ހިސާބުން އޭނާ އެތަން ކޮނުނެވެ. އޭނާ އެތަނުން ނަގާފައިވާ އެންމެ ގިނަ ދުވަސްވީ ފައިސާއަށް ވާނީ އޭނާ ބުނާގޮތުގައި 1512 އަހަރެވެ. އަދި އޭގެ ފަހުން އޭނާ ވަނީ 1546 އަހަރު ވެފައިވާ ކޮއިނެއްވެސް ނަގާފައެވެ.

"ފުރަތަ އެއް ކޮއިނު ފެނުނީ. އޭރު ދެން ހިތަކަށް ނާރާ މީއެހާ ބޮޑު ކަމަކޭ. އެކަމަކު އެ ކޮއިންގެ ސައިޒަށް ބަލާފައި އިތުރަށް ކޮންނަން ބޭނުންވީ. އެ ކޮންނަން ފެށިގޮތަށް ވަރަށް ގިނައިން ފެންނަން ފެށީ. އަހަރެން ހުރީ ވަރަށް އުފަލުން ލެއްވި ނަސީބަށްޓަކައި" ރޭނާޑް ބުންޏެވެ.

އޭނާ ފަހުން ވަނީ އޭނާ ވިޔަފާރި ރަހުމައްތެރިޔާ މައިކަލް ކައިރީ އެވާހަކަ ބުނެފައެވެ. އަދި މައިކަލް އާއި އެކީ ފަހުން އެތަން އިތުރަށްވެސް ކޮނެފައެވެ. އެގޮތުން އެ ދެމީހުންވެގެން ވަނީ ފަހުން ވެސް އެތަން ކޮނެ ފައިސާ ނަގާފައެވެ.

ރޭނާޑް ބުނީ، އެކަމުގެ ސަބަބުން އޭނާގެ ހަޔާތައް ބޮޑު ބަދަލެއް އައި ކަމަށާއި އެ ފައިސާ އޭނާ ދާއިމަށް ފައިސާ ލިބޭނެ ފަދަ ކަމެއް މިހާރު ފަށައިގެން މުއްސަނދި ދިރިއުޅުމެއްގައި އުޅެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު