އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ އަނެއްކާވެސް މި ވަނީ އޭނާގެ ފިލްމީ ހަޔާތުގެ ހިތްދަތި ވާހަކައެއް ދައްކާފައެވެ. މިފަަހަރު އޭނާ ދައްކާފައި މި ވަނީ ފިލްމީ ދާއިރާގައި އޮންނަ ތަފާތު ކުރުންތަކާއި ގުޅޭ ވާހަކައެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމް ބޭވޮޗް އިންވެސް ފެނިގެން ދިޔަ ޕްރިޔަންކާ ބުނީ، އޭނާގެ ހަންގަނޑު އަލިނުވުމުން މިދިޔަ އަހަރު އޭނާއަށް ފިލްމެއް ގެއްލުނު ކަމަށެވެ.

ޕްރިޔަންކާ ބުނީ، އޭނާ ފިލްމަށް ނުކުމެ ހުއްޓާ އޭނާގެ އެޖެންޓެއް ގުޅާފައި، ސްޓޫޑިއޯ އިން އޭނާ ކަމުނުދާ ވާހަކަ ބުނި ކަމަށެވެ. ޕްރިޔަންކާ ވަނީ އޭނާ ކަމުނުދަނީ ކިހިނެއްކަން އޮޅުން ފިލުވުމަށް އެޖެންޓް ކައިރީ އަހާފައެވެ.

"އެ މީހުން ބުނީ، އަހަރެންގެ ހަންގަނޑު ކަޅުވީމައޭ". ޕްރިޔަންކާ މެގަޒިންއަކަށް ކިޔާދިނެވެ.

ޕްރިޔަންކާއަށް އެ ފިލްމް ގެއްލުނު ނަމަވެސް، ކުއެންޓިކޯގައި އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން އެތައް ބަޔަކު ތިބީ އޭނާ ފިލްމްތަކަށް ގެންްނަން ތައްޔާރަށެވެ.

ޕްރިޔަންކާ މީގެ ކުރިންވެސް ވަނީ އޭނާ އިނގިރޭސިވިލާތުގައި ކިޔަވަން ހުރިއިރު ކުރިމަތިވި ދަތި ދުވަސްތަކާއި ގުޅޭ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ކަޅުވުމުން ގަނާ ކުރާ ވާހަކަ އޭނާ ވަނީ ހިއްސާކޮށްފައެވެ.

ނަމަވެސް ޕްރިޔަންކާގެ ރީތިކަމަށް ތައުރީފް އޮހިގެން ދިޔައީ އޭނާ މިސް ވޯލްޑް ލިބުނު ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެންއިޓް

    ހަންގަނޑުގެ ކުލަ އަލިނުވުމުން ފިލްމެއް ކުޅެން ފުރުސަތު ގެއްލުނު ނަމަވެސް ޕްރިޔަންކާ ދޫނުކޮށް ހިތްވަރު ކުރުމުން މިހާރު އިންޓަރނޭޝަނަލް ސްޓާރެއް ދޯ. މަމެންނަށް ވަރަށް ކަމުދާ އަންހެން އެކްޓްރެސް އެކޭ ޕްރިޔާންކާ އަކީ އަދި ޖަހާލާ މަޖާ ހިނިގަނޑު އެއީ މަމެން އެންމެ އަޅައިގަންނަ ކަމަކީ ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ އޮބްޖެކްޝަން ފޯރ ޔޫ. ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ އޮބްޖެކްޝަން ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

  2. ޖިނާ

    ހަންގަނޑުގެ ކުލަ ޑާރކް ކުދިން މާ ރީތި !

  3. ވަޓްޑޫޔޫ

    ހަންގަނޑުގެ ކުލަ އަލިނުވުމުން ފިލްމެއް ކުޅެން ފުރުސަތު ގެއްލުނު ކަމަށް ޕްރިޔަންކޭ ބުނި ނަމަވެސް އެކަމާއި ދެރަ ވާން ނުޖެހޭނެއޭ ލައިފް ގައި ދިމާވާނެއޭ އަޕްސް އެން ޑައުންސް ދެޓްސް ހައު އިޓް އިޒް. އޯއް އޯއް އެއް ފުރުސަތު ގެއްލިއްޖެނަމަ ދެވަނަ ފުރުސަތަކަށް އެޕްރޯޗް ކުރީމަ ނިމުނީއޭ. އޯއް ޔޫ އާރ ސޯ އިންޑިސައިސިވް އޯއް އޯއް އޯއް ވަޓް ޑޫ ޔޫ މީން އޯއް ވަޓް ޑޫ ޔޫ މީން. ގޮނާ މޭކް އަޕް ޔުއަރ މައިންޑް އެން ކީޕް މޫވިންގް ފޯރވާރޑް ވޮނާ ވިޝް ޔޫ ބެސްޓް އިން ނެކްސްޓް އެޕްރޯޗް. އޯއް އޯއް އޯއް ވަޓް ޑޫ ޔޫ މީން އޯއް އޯއް ވަޓް ޑޫ ޔޫ މީން ޔޫއާރ ނޮޓް ރަނިންގް އައުޓް އޮފް ޓައިމް. އޯއް އޯއް އޯއް ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ބޭބީ ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން ހޭއް ހޭއް ހޭއް ވަޓް ޑޫ ޔޫ މީން. ޑާންްސް ޑާންްސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...