އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުން ދިޔަ 'ބިން ލާދިން' އެތް ބޮޑު އޮޕަރޭޝަނަކަށް ފަހު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ މި އެތައް އަލްޤައިދާގެ ކުރީގެ ލީޑަރު، ބިން ލާދިންގެ ނަމުން ނަން ދީފައިވަނީ ހައްދުން ނެއްޓި، ކުށެއްނެތް އާއްމުންނަށް ހަމަލާދީ، އެ އަވަށުން 5 މީހަކު މަރާލާފައިވާތީ އެވެ. އެތް ފެނިފައިވަނީ އެޤައުމުގެ އިރުއުތުރުގައި އޮންނަ އައްސާމް ސްޓޭޓުގެ ޖަންގަލީގެ ތެރެއިންނެވެ. ބިން ލާދިން އެތް ހޯދުމަށް ޖަންގަލީގެ ހާދިސާތަކަށް ތަމްރީންވެފައި ތިބޭ އޮފިސަރުން ވަނީ ޑްރޯން އާއި އޮޅުކޮށްފައިވާ އެތް ވެސް އެތައް ދުވަހެއް ވަންދެން ބޭނުންކޮށްފައެވެ.

ބިން ލާދިން އެތް މިދިޔަ މަހުގެ ތެރޭގައި ހައްދުފަހަނައަޅައިގެން ދިން ހަމަލާތަކުގައި އިންޑިއާގެ ގޯލްޕަރާ ޝަޙަރުން 24 ގަޑިއިރުގެ ތެރޭގައި 3 އަންހެނަކު މަރާލާފައެވެ. ޖަންގަލީގެ އޮފިޝަލުންނާއި، ސިފައިން އެއްވެގެން ކުރިއަށް ދިޔަ މި އޮޕަރޭޝަނުގައި އައްސާމްގެ 'ރޮންގްޖުލީ' ޖަންގަލިން ބިން ލާދިން ހިނގާފައި ދަނިކޮށް ވަނީ ލޮކޭޓް ކުރެވި، އޭނާއަށް ފާރަލާފައެވެ. އޭނާ ހައްޔަރުކުރުމުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ބިން ލާދިން އެތް ހައްޔަރު ކުރުމަށްފަހު، އިންޑިއާގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ އޭތި ބަންދުކޮށްފައި ބަހައްޓާނެ ތަނަކާ މެދު މަޝްވަރާ ކުރަމުންނެވެ. އައްސާމްގެ ޖަންގަލިތައް ބެލެހެއްޓުމާއި ހަވާލުވެހުރި މިނިސްޓަރު، ޕަރިމާލް ވަނީ ބިން ލާދިން އެތް ހައްޔަރުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް 8 މީހުންގެ ކޮމިޓީއެއް މިހާރު ގާއިމްކޮށްފައިވާ ކަން ހާމަކޮށްފައެވެ.

އިންޑިއާގައި އެތުގެ ހަމަލާތަކުގައި ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި އެކަނިވެސް ވަނީ 2300 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. 2011 ގެ ފަހުން އެޤައުމުގައި 700 ވަރަކަށް އެތް މަރާލާފައިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ. މީގެ ތެރެއިން ގިނަ އެތް މަރުވެފައިވަނީ އަވަށްތަކުގެ ރައްޔިތުން ބަޑިން ހަމަލާދީގެން ނުވަތަ ވިހަ ދީގެންނެވެ. ބައެއް އެތްތައް އެހެން ސަރަހައްދުތަކަށް ބަދަލުވުމުގެ ތެރޭގައި ކަރަންޓު ފެންސްތަކުގައި ޖެހިގެންވެސް މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިނި

    މޯދީ ކިޔަންވީ ތިއަށް. ކަޝްމީރުގެ ކުށެއްނެތް އެތަށް މުސްލިމުންނަކަށް އަނިޔާ ކޮށް މަރަނީ

    59
    2
  2. ވަގުތީ

    ތި އަށް އަސްލު ކިޔަން ޖެހޭނީ ގެރި މޯދީ އެއް. އެއައްވުރެން އަނިޔާ ވެރިޔަކު މި އޭޝިއާ ސަރަހައްދަކު ނުވާނެކަން ޔަގީން

    56
    2