ފިލްމު "ޕާގަލްޕަންތީ" ގެ ކާސްޓްގައި ހިމެނޭ ޕުލްކިޓް ސަމްރާޓާއި ކްރިތީ ކަރްބަންދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އެކަން ޕުލްކިތު ކަށަވަރުކޮށް ދީފި އެވެ. މި ފިލްމް ރިލީސް ކުރަނީ މިމަހު 22 ވަނަ ދުވަހު އެވެ.

އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެފައިވެއެވެ. އެހެން ނަމަވެސް އެއްބަސް ވެފައިވަނީ ގުޅިގެން އުޅޭކަމަށް ވާހަކަދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ. ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އެ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ އެއީ މިހާރު ރޫމާއެއް ނޫން ކަމަށާއި އަންހެނަކާއި ވަރަށް ގާތް ގުޅުމެއް އޮންނަ ނަމަ އެ މީހަކީ މިހާރު ކްރިތީ ކަމަށެވެ. މިއީ އެދެމީހުންގެ ގުޅުން ޔަގީންވާ އެއް ކަންތަށްކަން ގިނަ މީހުން ގަބޫލު ކުރެއެވެ.

އެދެމީހުންގެ ގުޅުން ގިނަބަޔަކު ވަނީ ކަށާވަރު ކޮށްފައެވެ. ޕުލްކިތު ބުނީ މީހުން އެ ދައްކާ ވާހަކައަކީ ތެދުވާހަކަތަކެއް ކަމަށާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކްރިތީ އާ ކަމަށެވެ.

މި ދެ މީހުންގެ ލޯބީގެ ގުޅުން ސޯޝަލް މީޑިއާ އިން ވަރަށް ބޮޑަށް މި ފަހުން ފާހަގަކުރެވެ އެވެ. އެގޮތުން އިންސްޓަގްރާމްގައި އެކަކު އަނެކަކުގެ ފޮޓޯތަކަށް ކުރާ ކޮމެންޓްތައް ފާހަގަކޮށްލެވެ އެވެ. "ޕާގަލްޕަންތީ"
ގެ ކުރިން ދެ ތަރިން މިދިޔަ އަހަރު "ވީރޭ ކީ ވެޑިން" ކިޔާ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެ ފިލްމަކީ އެދެމީހުންގެ ގުޅުން ފެށުނު ހިސާބުކަމަށް ބެލެވެއެވެ. އަ

ޕުލްކިތް މީގެ ކުރިން ކައިވެންޏެއް ކޮއްފައިވެ އެވެ. ނަމަވެސް މިހާރުވަނީ އެގުޅުން އެއްކޮށް ކެނޑިފައެވެ. އޭނާ ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ކައިވެނި ކޮށްފައިވަނީ ސަލްމާން ޚާން ގެ އާއިލާ މީހެއްކަމަށްވާ ޝްވޭތާ ރޯހިރާއާ އެވެ. އެދެމީހުނަށް އެ ކައިވެނީގައި ދަރިއަކު ލިބިފަ ނުވެ އެވެ.