ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ 2 ލޯބި ވެރިޔަކު ހޮސްޕިޓަލުގައި ކައިވެނި ކޮށްފިއެވެ.

އާލިއާ އާއި މައިކަލް ބުނީ، އެމީހުން ސެޕްޓެމްބަރ 21 ގައި ދެ ކައިވެނި ހަފްލާ ބާއްވާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ އޮތީ އެމީހުން ހަމަ ކުރިންވެސް ރާވާފައިވާ ގޮތަށް ފައްޅިއެއްގައި ކައިވެނި ކުރުން ކަމަށެވެ. ދެވަނަ ކައިވެނި އެމީހުން ކޮށްފައިވަނީ މައިކަލްގެ ބައްޕަގެ އޮޕަރޭޝަނަށްފަހު ރަނގަޅުވަމުން އައި ދަނޑިވަޅުގައެވެ.

މައިކަލްގެ ބައްޕަ ކުއްލިގޮތަކަށް އޮޕްރޭޝަން ކުރަން ޖެހިފައިވަނީ އެ ދެ ލޯބިވެރިންގެ ކައިވެނީގެ ޕާޓީ ކައިރިވެފައި ވަނިކޮށެވެ. އެހެން ކަމުން އެ ދެ މީހުންވަނީ ކައިވެނި އެހެން ގޮތަކަށް ރާވާލާފައެވެ.

އެގޮތުން އެދެމީހުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށް ކައިވެނި ކުރިއަށްގެންދާނެ ގޮތެއް ވިސްނާފައެވެ. އެއީ މައިކަލްގެ ބައްޕަގެ ހާލަތުން ޑޮކްޓަރުން އޭނާ ބޭރަށް ނުފޮނުވާނެ ކަމަށް ޔަގީން ވާތީއެވެ.

މިދެލޯބިވެރިންގެ އާއިލާއިން ވަނީ އެދެމީހުންނާއި ކައިވެނީގެ ކުރިން ހޮސްޕިޓަލުގައި ދިމާވެފައެވެ. އަދި މައިކަލްގެ ބައްޕަގެ ހާޒިރުގައި ވަނީ ދެ މީހުން ކައިވެނިވެސް ކޮށްފައެވެ. ކައިވެނި ކުރި ވަގުތު މި ދެ މީހުން ލައިގެން ތިބީ އޮޕަރޭޝަން ކުރާ ވަގުތުު ޑޮކްޓަރުންނާއި ނަރުހުން ލައިގެން ތިބޭ ކަހަލަ ހެދުމެވެ. އަދި މި ދެ މީހުން ވަނީ އެކަކު އަނެކަކު އަތުގައި އަނގޮޓީވެސް އަޅުވައިދީފައެވެ.

މިމީހުންގެ މި ކައިވެނީގެ ހަފްލާއަށް މައިކަލްގެ ބައްޕަގެ އޮޕަރޭޝަން ކުރި ނަރުހުންވެސް ވަނީ ބައިވެރިވެފައެވެ. އަދި މީހުން ވަނީ ކޭކްގެ އިތުރުން މާ ބޮޑިއެއްވެސް މި ދެމަފިރިންނަށް ދީފައެވެ.

މިކައިވެނީގެ ފަހުން މައިކަލްއާއި އާލިޔާ ވަނީ ފައްޅިޔަށްގޮސް އެމީހުން ކުރިން ރާވާފައިވާ ގޮތަށް އެމީހުންގެ ކައިވެނި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު