ކަރަން ޖޯހަރު ޑައިރެކްޓްކޮށް، ބެލުންތެރިންނާއި ހަމައަށް 2012 ވަނަ އަހަރު ގެނެސްދިން ލޯބީގެ ރީތި ފިލްމު 'ސްޓޫޑެންޓް އޮފް ދަ އިޔާރ' ގެ ސީކުއަލް 'ސްޓޫޑެންޓް އޮފް ދަ އިޔާރ 2' ގެ ލީޑް ރޯލުން ފެނިގެންދާނެ އަންހެން ދެ ބަތަލާއިން އާންމު ކޮށްފިއެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ ކަރަން ޖޯހަރު ޑައިރެކްޓްކޮށް، ޕުނީތު މަލޯތުރާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ޓައިގާ ޝޮރަފްކަމަށާއި އަންހެން ލީޑުން ފެނިގެންދާނެ ދެ ބައިވެރިން އަދި ކަށަވަރު ނުވާކަމަށް މީގެ ކުރިން ޚަބަރުތައް ވަނީ ބުނެފައެވެ.

ފިލްމުގެ ޑައިރެކްޓަރު ކަރަން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި ފިލްމުގެ ލީޑް ބަތާލާއިންނަށް ހަމަޖެހިފައިވަނީ ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް އަނަންޔާ ޕާންޑޭއާއި ތާރާ ސުޓަރިއާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ފިލްމަކީ ކުރިން ކަރަން ގެނެސްދިން ފިލްމަށް ލިބުނު ބޮޑު ތަރުހީބަށް ބެލުމަށްފަހު ބެލުންތެރިންގެ އެދުމުގެ މަތިން ގެނެސްދޭ ތިނެސްކަން ލޯބީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ކުރިން ގެނެސްދިން ފިލްމުގައި 'ހައި ސްކޫލް ލަވް' ހިމެނުނު ނަމަވެސް، މިފަހަރު އެއާ ތަފާތު ވާނެ ކަމަށް މި ސީކުއަލްގެ ޑައިރެކްޓަރު ޕުނީތު މަލޯތުރާ ވަނީ ބުނެފައެވެ.

ލީޑް އަންހެން ތަރިން މިއަދު އާންމު ކުރުމާއި ގުޅިގެން މިހާރު މިވަނީ 'ސްޓޫޑެންޓް އޮފް ދަ އިޔާރ 2' ގެ ފައިނަލް ލީޑް ތަރިން ކަށަވަރުވެފައެވެ.

މި ފިލްމުގެ ޝޫޓިންތައް މިހާރު ފަށައިފައިވާއިރު، ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު