އިންޑިއާގެ ނިއުދިއްލީގެ ބޫޓު ހަދާ ފެކްޓަރީއެއްގައި ރޯވެ އެ ފެކްޓްރީގައި މަސައްކަތް ކުރަމުންދިޔަ 20 މީހަކު ސަލާމަތްކުރީ އުމުރުން 58 އަހަރުގެ މީހެކެވެ. އެ ހާދިސާގައި ހަތަރު މީހަކު މަރުވިއެވެ.

ޖިޔޯތް ވަރްމާ ނަމަކަށް ކިޔާ 58 އަހަރުގެ އެ އަންހެން މީހާގެ މަސައްކަތުން 20 މީހަކު އަލިފާނުގެ ހާދިސާއިން ސަލާމަތްވިއިރު، އެ މީހުން ވަނީ ވަރްމާއާށް ޝުކުރު އަދާކޮށްފައެވެ.

ހަތަރު ބުރީގެ އެ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ހެނދުނުގެ ވަގުތެއްގައެވެ. އެ އިމާރާކީ ބޫޓު ހަދާ ފެކްޓްރީއެއް ހިންގަމުން އަންނަ އިމާރާތެކެވެ.

އެ އިމާރާތުގައި ރޯވިކަން ވެރްމާއަށް އެންގީ އަވަަށްޓެރިއެކެވެ. އެ އަވަށްޓެރިޔާ އެގޮތަށް ބުނުމުން ވެރްމާ ބެލިއިރު، ކަމަކު ދާކަށް ނެތެވެ. އެންމެން ސަލާމަތް ކުރުމަށް އެދި ކުޑަދޮރު ކައިރީ ތިބިގެން ރޮނީއެވެ.

ވެރްމާ ވަނީ ވަގުތުން ކުޑަ ހަރުގަނޑެއް ހޯދާ އެ ހަރުގަނޑުގައި ހުރިހާ އެންމެން އެ އިމާރާތުގެ ޓެރެސްއަށް އެރުވޭނެ ގޮތް ހަދާދީފައެވެ.

އެ އިމާރާތުގައި ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު