ދިވެހި ފިލްމު އިންޑަސްޓްރީގެ ބައެއް ފަންނާނުން، މަދުންނަމަވެސް ކެރިއަރުގެ ވަކި ހިސާބަކަށް ދިޔުމުން އިންޑަސްޓްރީއަށ "ޓާޓާ" ކިޔާލާފައި އޮއްސިގެން ދެއެވެ. ފަހަރުގައި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ހާލަތު ނިޔާ ކުރާގޮތުން މި ދާއިރާއަށް އަލްވަދާއުކިޔަން ޖެހެނީ ކަމުގައިވެސް ވެދާނެއެވެ.

މަޝްހޫރް ޕޮރޮޑިއުސަރު އަދި އެކްޓަރ ނިއުމާ މުހައްމަދު ފަދަ ފިލްމީ ހަޔާތުގައި އެތަކެއް ދުވަހެއް ހޭދަކޮށްފައިވާ ފަންނާނުންގެ ވަކިވެދިޔުން ވެގެންދަނީ އެ ފަދަ ފަރާތްތަކުގެ ފޭނުންނަށް ލިބިގެންދާ ހިތާމަވެރި ޚަބަރަކަށެވެ. އެހެންނަމަވެސް އާންމުންގެ ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ މަޝްހޫރް ފިލްމީ ތަރި ނާޝިދާ މުހައްމަދު ނުވަތަ އާންމު ނަމުންނަމަ ނާއްކޮ ހުރީކީ ފިލްމީ ދާއިރާ ދޫކޮށް ދިޔުމުގެ ފިކުރެއްގައެއް ނޫނެވެ. މާގިނައިން ނުފެނުނު ނަމަވެސް އެ ތަރި އޮއްސި ނުދާނެ ކަމަށް އޭނާ ބުނި ބުނުން ހަމަ ގައިމުވެސް ނާއްކޮގެ ފޭނުންނަށް ވެގެންދާނީ އުފާވެރި ޚަބަރަކަށެވެ.

ބެލުންތެރިންނާއި ހަމައަށް ނާއްކޮ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މި ހިނގާ 2018 ވަނަ އަހަރުގައި އޮލިންފަސް ސްކްރީނަށް ފުރަތަމަ އައި ދިވެހި ފިލްމު 'ދެވަންސޫރަ' އިންނެވެ. އޭގެފަހުން ރޭ ރާންބާ ރެސްޓޯރެޓްގައި އޮތް ހަފްލާއެއްގައި ނާއްކޮއަށް ވަނީ، ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް 'ނިވައިރޯޅި' ގެ ކާސްޓުން ޖާގަ ލިބި އެކަމުގެ ލިޔުން ހަވާލުކުރެވިފައެވެ.

"މިއަހަރު ދެން އިންނާނީ 'ދެވަންސޫރަ'ގެ ޕާޓް 2 ހެން ހީވަނީ ފިލްމަކަށް. އަދި ވަކި ޑޭޓެއް ފައިނަލްއެއް ނޫން. އެކަމަކު މިއަހަރު ތެރޭ ފަށާނެ ވާހަކަ ބުނެފަ އޮތީ" މިއަހަރު ނާއްކޮ އިތުރަށް ފެނިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުންޏެވެ.

"ވަގުތަށް" މައުލޫމާތު ދެމުން ނާއްކޮ ބުނެފައިވަނީ، މިހާރު ގިނައަދަދެއްގެ ފިލްމީ ތަރިންތަކަކާއިއެއްކޮށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ދާއިރާގައި މިހާރު މިއުޅޭ އައު ތަރިން ތަކުގެ ތެރެއިން ޖުމާ އަދި ޖުމަލް އާއި އެއްކޮށް ފިލްމެއްގައި މަސައްކަތް ކޮށްލަން ބޭނުން ކަމަށެވެ. އަދި އޭގެތުރުން، ޑައިރެކްޓަރު މުއާ އާއި އެކުވެސް އަދި މަސައްކަތް ނުކުރެވޭތީ އޭނާއާއި އެއްކޮށްވެސް މަސައްކަތް ކޮށްލަން ބޭނުންވާ ކަމަށް ނާއްކޮ ބުންޏެވެ.

"އަސްލު ލައިފް އިންނަ ގޮތުން ދޭތެރެއަކުން ނުފެނި އެ ދަނީ. ވިހައިގެން އެ ނެގި ބްރޭކަށްފަހު އަނެއްހެން ބޮޑު ބްރޭކެއް ނުނަގަން. އެހެން އުޅެލާފަ ކޮންމެ އަހަރަކުވެސް ފެންނާނެ" ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ނާއްކޮ ބުންޏެވެ.

"ކިޑެއް ހުންނާތީ އަސްލު ބޭނުން ނުވަނީ އެހާ ގިނައިން މިކަމުގަ އުޅެން. ކިޑަށް ޓައިމް ދީފައި ބާކީ އިންނަ ގަޑިތަކުގެ ބޭނުންވަނީ ދާއިރާއާއިގެން ކުރިއަށްދާން" ޒިންމާދާރު މަންމައެއްގެ ވަޒީފާ އަދާކުރާ ނާއްކޮ ބުންޏެވެ.

ކުޑަދަރިފުޅަށް ވަގުތުދޭން އިސްކަންދޭ ނާއްކޮގެ ވާހަކައިން، ދަރިފުޅާއި އާއިލާއަށްފަހު ކެރިއަރަށް ދެވިފައިވާ މަޤާމު ހާމަވެއެވެ. ލިސްޓުގެ ދެވަނައިން ޖާގަ ދެވިފައިވީ ނަމަވެސް މި ދާއިރާ ދޫކޮށް ދިޔުމެއް ނެތްކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ.

"މިދާއިރާއަކީ އަސްލު ވަރަށް ލޯބިވާ ދާއިރާއެއް. ވަރަށް ކުރާ ހިތުން މަސައްކަތް ކުރަނީވެސް. އެހެންވީމަ ދޫކޮށްފަ ދާނަމެކޭ ނުބުނާނަން. މަންމައެއްގެ ރޯލުން ނޫނީ މާމައެއްގެ ރޯލުން ނަމަވެސް ފެންނާނެ" ފޭނުންނަށް އުފާވެރި ޚަބަރެއް ދެމުން ނާއްކޮ ބުންޏެވެ.

މި މަހުގެ ތެރޭގައި 'ނިވައިރޯޅި'ގެ ޝޫޓިން އަށް ރ.އަތޮޅަށް ފުރަން ހަމަޖެހިފައިވާ ނާއްކޮ، އަދިވެސް އެއްފަހަރު މި އަހަރު ތެރޭގައި ބެލުންތެރިންނާއި ހަމައަށް ފެނިގެން ދިޔުމަކީ ހަމަގައިމުވެސް ވަރަށް ގިނަބައެއްގެ އުންމީދަކަށް ވާނެކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަށްދު

    ފިލްމު ކުޅެންނުލިބެނީ އެވާހަކަބުނަން ލަދުގަންނަނީ

    • ?

      ????

    • ނާލީ

      ހަހަހަހަހހަ.... ތިޔަކިޔާ މީހާ ފެންނަނީ ވެސް ހާހަކުން އެއްފަހަރު...

  2. ބަނޑައިދޫ

    ބޮޑާ މީހުންވެސް ފިލްމުކުޅޭ... ކުއްޅަވަށް ފަލު ރަނިން ނަކީ ތިބުނާ ބޮލީވުޑާ ހޮލީ ވުޑާ، ނޮލީ ވުޑާ ޓެލޫގު ފިލުމު ތަކުން އަބަދާއި އަބަދު އަހަރަކު 395 ފިލްފުކުޅޭ ބަނޑައިދޫވުޑްގެ ބާނީ ނާއްކޮ... ޗީޗީ... ލަދުން ބޯހަލާކު

    • ހުރަނޑީ

      ދަ ކުށްޅަވަށް ފުލޭވަރޑް ބަނޑައިދޫ އިން ބޮޑައިދޫނި އިޒް ގުޑް. ލޮލް!

  3. ހުއިވަނި

    ދަމަކުން ބަޑިއެއް ނޫންތަ ޖަހަނީ.

  4. އ

    ފިލްމް ނުކުޅި އިންޝާﷲ ދެންވެސް ތައުބާވެގެން ރީތިކޮށް އުޅެބާ ދާން އޮތީ ކަށްވަޅު އެކަން އެނގޭއިރުވެސް

  5. އާބިދާ

    ތަރި އޮއްސޭނީ އަރައިގެން ނޫންތޯ؟