މޭގަން މާކެލް އާއި ފިރިކަލުން ޕްރިންސް ހެރީ އަދި ދަރިފުޅު އާޗާ މިއަހަރުގެ ކްރިމަސް ޗުއްޓީގައި އެއްވެސް ވަގުތެއް ޝާހީ އާއިލާ އާއި އެކު ހޭދަނުކުރާނެ ކަމަށާއި އެބޭފުޅުންގެ ޗުއްޓީ މިފަހަރު އޮތީ މޭގަންގެ މަންމަ ޑޯރިއާ އާއި އެކުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މޭގަން އާއި ހެރީގެ ތަރުޖަމާން ވަނީ މިކަން ކަށަވަރު ވެސް ކޮށްދީފައެވެ.

ޝާހީ އާއިލާ އިން ކޮންމެ އަހަރަކު ވެސް ވަރަށް ކުލަގަދަކޮށް ކްރިމަސް ފާހަގަ ކުރެއެވެ. އެހެންކަމުން އެ އިހްތިފާލްތަކުގައި މޭގަން އާއި ހެރީ ބައިވެރި ނުވާން ނިންމުމުން ބައެއް މީހުން ގެންދަނީ އަނެއްކާވެސް މޭގަން އާއި ޝާހީ އާއިލާގެ ގުޅުމާއި ބެހޭ ގޮތުން ސުވާލު ކުރަމުންނެވެ.

"ސީއެންއެން" ބުނާ ގޮތުގައި މޭގަން އާއި ހެރީ އަދި ދަރިކަލުން އާޗީ ޗުއްޓީ ހޭދަކުރަނީ މޭގަންގެ މަންމަ ޑޯރިއާ އާއި އެކު ލަންޑަންގެ އުތުރުގައި އޮންނަ އެކަހެރި ސަރަހައްދެއް ކަމަށްވާ ނޯފޯކް ގައެވެ.

މޭގަން އާއި އޭނާގެ ބައްޕަ އާއި މެދު އޮންނަ ގުޅުން ގޯސްނަމަވެސް މޭގަން އާއި އޭނާގެ މަންމަގެ ގުޅުން ވަރަށް ރަނގަޅެވެ. މޭގަންގެ އުމުރުން އެންމެ ނުވަ އަހަރުގައި މޭގަންގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅިއްޖެއެވެ. އޭގެ ފަހުން މޭގަން ދިރިއުޅެމުން އައީ މަންމަ ކައިރީގައެވެ. އަދި ވަރަށް ޒުވާން ދުވަސްވަރު މަންމަ އާއި ވެސް ވަކިވެ، އޭނާ އަމިއްލައަށް ދިރިއުޅެން ފަށައިފިއެވެ.