އޮސްޓްރޭލިއާގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ބަނޑުބޮޑު އަންހެނަކު، ރޯވެފައިވާ އަލިފާން ގަނޑު ނިއްވުމަށް ފަހަތަކަށް ނުޖެހުނެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސްގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 200 ވަރަކަށް ގެ ވަނީ މިހާރު ނެތިގެން ގޮސްފައެވެ. އަދި ސައުތްއީސްޓް ކުއިންސްލޭންޑް އިން ވަނީ މުޅިއެކު 14 ގެއެއް އަނދައި ވީރާނާ ވެގެން ގޮސްފައެވެ. ކުއިންސްލޭންޑްގެ މޭޔާ ޓޯނީ ވެލިންޓަން ބުނީ، މިހަފްތާގައި ދެވަނަ ފަހަރަށް މިހާރު ރައްޔިތުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ސައުތް ވޭލްސްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް 1000 ވަރަކަށް އަލިފާން ނިއްވާ މީހުން އަންނަނީ ހަރަކާތްތެރިވަމުނެވެ. މި އަލިފާންގަނޑު ނިއްވާލުމުގައި 23 އަހަރުގެ އަންހެނަކުވެސް ހަރަކާތްތެރި ވެއެވެ. އޭނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ސެލްފީއެއް ޕޯސްޓްކޮށް އަލިފާންގަނޑު ނިއްވާލުމަށް ފަހަތަކަށް ނުޖެހޭނަ ކަމަށް ބުނެފައެވެ. ގިނަ ފަރާތްތަކަށް އޭނާ ބަނޑުބޮޑުކަން އެނގިފައިވަނީ އޭނާގެ ޕޯސްޓުގައި އެގޮތަށް ޖަހާފައި އޮތުމުންނެވެ.

ރޮބިންސަން ވިލިއަމްސް ބަނޑުބޮޑުތާ މިހާރު 13 ހަފްތާ ވެއްޖެއެވެ. އެހެން ނަމަވެސް އޭނާ ބުނެފައިވަނީ އަލިފާން ނިއްވައި މީހުން ސަލާމަތް ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި މީހުން ދައްކާ ވަހަކައަކަށްވެސް އޭނާ ފަހަތައް ނުޖެހޭނެ ކަމަށެވެ.

ރޮބިންސަން ބުނީ، އޭނާގެ ގައުމު ދެކެ ލޯބިވާ ކަމަށާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި ބަނޑުބޮޑު ވިކަމުގައި ވިއަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިއްޖެ ނަމަ އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ. ރޮބިންސަން އަލިފާން ނިއްވުމުގެ ހަރަކާތްތެރި ވަމުން އަންނަތާ މިހާރު 11 އަހަރުވަނީ ވެފައެވެ. އަދި އޭނާ ބުނީ އޭނާ އަކީ އެ ވަޒީފާގައި އުޅެމުން ބަނޑުބޮޑުވި ފުރަތަމަ އަންހެން މީހާ ނުން ކަމަށެވެ.