ތައިލެންޑްގެ ފެނާރެއް ކައިރީގައި ސެލްފީއެއް ނަގަން ހުއްޓާ ވެއްޓި މީހަކު މަރުވެއްޖެއެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ކޮށް ސަމުއީގައި ހިނގާ ދިޔަ މިހާދިސާގައި މަރުވެފައި ވަނީ ފްރާންސްގެ ފަތުރުވެރިއެކެވެ.

އުމުރުން 33 އަހަރުގެ ފިރިހެން މީހާ މަރުވެފައި ވަނީ، ނަ މުއެންގ 2 ނަމަކަށް ކިޔާ ފެނާރު (ވޯޓަރފޯލް) ކައިރީގައި ސެލްފީ ނަގަން އުޅުމުގެ ތެރޭގައެވެ. އެ ފެނާރު ކައިރީގައި ސްޕެނިޝްއަށް ނިސްބަތްވާ ފަތުރުވެރިއަކުވެސް މަރުވިއެވެ. އެއީ މިދިޔަ ޖުލައި މަސް ތެރޭގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެ ފެނާރަށް ވެއްޓުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ. އެ މަސައްކަތަށް އެތައް އިރެއް ހޭދަވެގެން ދިޔައީ އެ ފެނާރު ލޮނދިކަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހަރު އެ ސަރަހައްދަސް ފަތުރުވެރިން ނުދިއުމަށް ބޯޑު ހަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓްތަައް ބުނެއެވެ.

"އޭނާގެ ރަހުމަތްތެރިއަކު ބުނީ، އޭނާ އުޅުނީ ސެލްފީއެއް ނަގަން ކަމަށް، އެހެން ހުއްޓާ އޭނާ ކުއްލިއަކަށް ކަހާލައިގެން ވެއްޓުނީ ކަަމަށް" ރިޕޯޓްތަކުގައި ވެއެވެ.

ތައިލެންޑަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެކެވެ.

ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެެއެވެ/

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިއްތިބޭ

    ހިތާ މައަކީ ރާއްޖޭގަވެސް މޮޅުގޮތްގޮތަށް ސެލްފީ ނަގާ މީހުން މިހާރު ގިނަވުން. ކަ މެއްވާނީ ބުނެފައެއްނޫންދޯ.

    11