"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9"ގެ ގިނަ އެވޯޑްތަކެއް ފިލްމް ވިޝްކާއަށް ލިބިއްޖެއެވެ.

މިރޭ އޮލިމްޕަހުގައި އޮތް ހަފްލާގައި ވިޝްކާއަށް ވަނީ ހަތް އެވޯޑެއް ލިބިފައެވެ. މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމަކީ، ބަތަލާ ރިޝްމީ ރަމީޒު އާއި އޭނާ ފިރިމީހާ އަދި ބަތަލް ރަވީ ފާރޫގުގެ ވަރަށް ބުރަ މަސައްކަތެއް ކަމެވެ. އަދި މިއަދަކީ ރިޝްމީގެ އުފަން ދުވަސް ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ވިޝްކާއަށް ލިބުނު އެވޯޑްތައް

އެންމެ މޮޅު ފިލްމް - ވިޝްކާ

އެންމެ މޮޅު އެކްޓްރެސް - އައިޝަތު ރިޝްމީ ރަމީޒް

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - މަރިޔަމް ރިފްގާ ރަޝީދު

އެންމެ މޮޅު އާޓް ޑައިރެކްޝަން - އަހުމަދު މުހައްމަދު

އެންމެ މޮޅު ކޮސްޓިއުމް - މުހައްމަދު ރިއްފަތު، އާމިނަތު ނޫރާ

އެންމެ މޮޅު ސައުންޑް ޑިޒައިން - މުހައްމަދު އިކްރާމް

އެންމެ މޮޅު ސިނަމޮޓެފްރަފީ - އަހުމަދު ޝާމިން ނިޒާމް

ވިޝްކާއަކީ އެވޯޑް ހައްގު މޮޅު ފިލްމެކެވެ. ވިޝްކާ ފިލްމަކީ ބައިނަލް އަގްވާމީ މައިދާނުގައިވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ކްރައިމް ތްރިލާއެކެވެ.

ވިޝްކާ ފިލްމަކީ ރިޝްމީ އާއިލީ ކުންފުނި ޔާރާ ޕްރޮޑަކްޝަނުން މާޗް 8، 2017 ގައި ނެރުނު ކުރި ފިލްމެކެވެ. އެ ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓް ކުރި ފިލްމެކެވެ.

ފިލްމްގެ ލިޑް ރޯލުންވެސް ފެނިގެން ގޮސްފައި ވަނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.

ވިޝްކާއަކީ، ސާކް ފިލްމް ފެސްޓިވަލްގައި ރިޝްމީ އެންމެ މޮޅު ބަތަލާއަކަށް ހޮވުނު ފިލްމެއްވެސް މެއެވެ. އެ ފިލްމަކީ ރިޝްމީ ޕްރޮޑިއުސްކޮށް، ޓައިޓްލް ރޯލް ކުޅުނު ފިލްމެކެވެ.

އިތުރު އެވޯޑްތަކަށް ބަލާއިރު،

އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސް - ޚަދީޖާ އިބްރާހިމް ދީދީ (ވަކިން ލޯބިން)

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ - އަލީ އާޒިމް (ދޮން އައްޔަ) (ހައްދު)

ސްޕެޝަލް ޖޫރީ އެވޯޑް - އަލީ އާޒިމް (ދޮން އައްޔަ)

އެންމެ މޮޅު ފިރިހެން ތަރިއަކަށް ޔޫސުފް ޝަފީއު (ދެވަންސޫރަ)

އެންމެ މޮޅު ލިރިކްސްއަކަށް ހޮވިފައި ވަނީ، ފިލްމް ބޮސް އިން ހިތްއަވަސް ވާ ގޮތް ވޭ ލަވަ ހަދައިދިން މައުސޫމް ޝާކިރު

އެންމެ މޮޅު އޮރިޖިނަލް ލަވައަކަށް ހޮވިފައި ވަނީ ފިލްމް ބޮސް ހިތްއަވަސް ވާ ގޮތް ވޭ ލަަވަ ކިޔާދިން އަހުމަދު ނަބީލް

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކަށް ބޮސްއަށް، ހިތް އަވަސްވާގޮތް ވިއޭ ލަވަ ކިޔާދިން މުހައްމަދު ނަބީލް

އެންމެ މޮޅު ސައުންޑް ސްކޯ، އިސްމާއީލް އަދީލް (އިލް ނޮއިސް)

އެންމެ މޮޅު އެޑިޓިންގ، ޔޫސުފް ޝަފީއު (ދެވަން ސޫރަ)

އެންމެ މޮޅު ސްކްރީން ޕްލޭ ޔޫސުފް ޝަފީއު (ދެވަން ސޫރަ)

އެންމެ މޮޅު ޑައިރެކްޓަރަކަށް ޔޫސުފް ޝަފީއު (ދެވަން ސޫރަ)

ސްޕެޝަލް ޖޫރީ ސްޕެޝަލް - މަރިޔަމް ޔަލާ ޝިފާއު (ވަކިން ލޯބިން)

ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް މުހައްމަދު ރަޝީދު (ދަރާ ރަޝީދު)

މިރޭ އޮލިމްޕަހުގައި އޮތް އެވޯޑް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން، ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު އާއި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚިޔާލު

    ޥިޝްކާ އަށް ބައިނަްއަޤުވާމީ އެވޯޑު ނުލިބުންނަމަ. ތިޔަ އެވޯޑުތަކެއް ނުދޭނެ

    8
    1
  2. މަރީ

    ޕްލީޒް ޑޫ ދަ ޖޮބް ޕްރޮޕަރލީ. ކޮސްޓިއުމް އެއްމެންގެ ނަން ލިޔެލާ ޕްލީޒް.

    1
    3
  3. ޚިޔާލު

    ސައްތައިން ސައްތަ އިސްލާމް ޤައުމެކޭ ބުނާ ދިވެހިރާއްޖޭގެ ދިވެހިންގެ ހާލަތު.. ހާދަ ދެރައޭ... ހެޔޮވިސްނުން ދެއްވާށި..!

    12
    2