"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" ފީޗާ ފިލްމުގެ ބައިން އެންމެ މޮޅު އަންހެން ލަވަކިޔުންތެރިއަކަށް ވިޝްކާއަށް، "ވިޝްކާ" ލަވަކިޔާދިން މަރިޔަމް ރިފްގާ ރަޝީދު ހޮވިއްޖެެއެވެ.

ރިފްގާ އަކީ ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާ ވިދަމުން އަންނަ އެކަކެވެ. އޭނާއަށް އެ އެވޯޑް ލިބުނު ފިލްމް ވިޝްކާއަކީ ބައިނަލް އަގްވާމީ އެވޯޑެއްވެސް ލިބިފައިވާ ފިލްމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރިފްގާގެ އިތުރުން މި އެވޯޑަށް ވާދަ ކުރި އެހެން ލަވަކިޔުންތެރިންނަކީ

ހަދީއްޖާ މުހައްމަދު - މާޒީ އާލާވުމުން (މީ ލޮތްބަކީ)

މަރިޔަމް އަޝްފާ - އުދުހިލަމާ (ހައްދު)

މަރިޔަމް އަޝްފާ - ދުޢާ (ހައްދު)

މަރިޔަމް އަޝްފާ - ބީހިލާށޭ (ހައްދު)

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރިފްގާ މިއެވޯޑް އަތުލާފާއި ވަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ނަމަވެސް އަޝްފާ ފިލްމް ހައްދުއަށް ކިޔާދީފައިވާ ތިން ލަވައަކުން އޭނާ ނޮމިނޭޓް ވެފައި ވެއެވެ.

މި އެވޯޑް ރިފްގާ އާއި ހަވާލުކޮށްދެއްވީ މުހައްމަދު އަބްދުލް ޣަނީ އާއި މަޝްހޫރު ނެށުންތެރިޔާ ޖާދުﷲ އެވެ.

އެ އެވޯޑް ނެގުމަށްފަހު ރިފްގާ ބުނީ، އެވޯޑް ލިބޭނެ ކަމެއް އެއްވެސް އުއްމީދެއް ނުކުރާ ކަމަށެވެ. އޭނާ އެވޯޑް ހަފްލާއަށް އައީ ފިލްމް ވިޝްކާއަށް ސަޕޯޓް ކުރުމަށް ކަމަށެވެ.

"އަސްލު ވަރަށް ގިނަ ދުވަސްކޮށްލާފައި ލަަވައެއް ކިޔަން ޖެހުނީމަ ފުދޭވަރަކަށް ޖެހުލުންވެލާފައި ހުރީ. އަސްލު މި ލަވަ ކިޔަން އެއްބަސްވީވެސް އައި ނޯ ހައު އިމްޕޯޓެންޓް ދިސް ފިލްމް އިޒް ފޯ ރަވީ އެންޑް ރިޝްމީ. ދި އިޒަދަ ރީޒަން ވައި އައި ޑިސައިޑެޑް ޓު ސްޓާޓް ސިންގިންގ އާފްޓަރ ލޯންގ ޓައިމް". ރިފްގާ އެވޯޑް ހަފްލާގައި ބުންޏެވެ.

އޭނާއަކީ ކުޑައިރުން ފެށިގެން ލަވަކިޔަމުން އަންނަ ތަރިއެކެވެ.