"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކަށް ބޮސްއަށް، ހިތް އަވަސްވާގޮތް ވިއޭ ލަވަ ކިޔާދިން،ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތުމަތު ޒޫނާ (ޒޫނާއްތަ)ގެ ދަރިފުޅު އަހުމަދު ނަބީލް މުހައްމަދު ހޮވިއްޖެެއެވެ.
ނަބީލްއަކީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ޝޯވ އިން ގިނަބައެއްގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިއެކެެވެ. އޭނާގެ އަޑުގެ ރީތިކަމުން، ފިލްމް ބޮސްއަށް ލަވަ ކިޔުމުގެ ފުރުސަތު ދިނީ މަޝްހޫރު ޑައިރެކްޓަރ ފާތިމަތު ނަހުލާއެވެ.
ނަބީލް ވަނީ އެ ލަވައަށްފަހުވެސް ގިނަ ލަވަތަކެއް ގެނެސްދީފައެވެ.
ނަބީލްގެ އިތުރުން އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި އެހެން ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި
މުހައްމަދު އަބްދުލް ޣަނީ - އަހަރެންގެ ހިތް ހިމޭންވޭ (ބޮސް)
މުހައްމަދު އާލަމް ލަތީފް - ލޯބިވާއޭ (މީ ލޮތްބަކީ)
ހުސައިން ޝިފާން - ދިން އުފާ (ދެވަން ސޫރަ)
ޝައްމޫން މުހައްމަދު - ދުނިޔެ ދައުރުވާ (ވަކިން ލޯބިން)
އޭނާގެ އެވޯޑް މިރޭ ލަވާލުވެލެއްވީ މަންމަ ޒޫނާއެވެ. އެ އެވޯޑް ހަވާލުކޮށްދެއްވީ ރަވީ ފާރޫގްގެ އިތުރުން، މަރިޔަމް އަޝްފާއެވެ.
ކުދިން މިފެޝްޓިވަލުގަ ގިނައާދޯ
މިއަޅެ ފަހެ ކޮންކަމެއް މިދުވަސްކޮޅު ހާއްސަކޮށް ދެބޯގެރިދުންވަނީތަ