"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" އެންމެ މޮޅު ސަޕޯޓިންގ އެކްޓަރަކަށް އަލީ އާޒިމް (ދޮން އައްޔަ) ފިލްމް ހައްދު ހޮވިއްޖެެއެވެ.

ދޮން އައްޔަކީ ނެށުމުގެ ދާއިރާއިން ވިދާލި ތަރިއެކެވެ. އޭނާ ވަނީ ނެށުމުގެ ހުނަރުން ފިލްމީ ދާއިރާގައި ކުރިއަރައި، އެންމެ ފަހުން ފަހުގެ ގިނަ ފިލްމްތަކުން ފެނިގެން ގޮސްފައެވެ.

އަދި ދާދި ފަހަކުން އޭނާ ވަނީ ކައިވެނިވެސްކޮށްފައެވެ.

ދޮން އައްޔަގެ އިތުރުން މޮޅު ސަޕޯޓިން އެކްޓަރ ނޮމިނޭޝަން

  • އިބްރާހިމް ޖިހާދު (ބޮސް)
  • އިބްރާހިމް ޖިހާދު (ދެވަންސޫރަ)
  • އަހުމަދު ސައީދު (ވިޝްކާ)

ފާހަގަކޮށްލަން ޖެހޭ ކަމަކީ ހައްދުގެ އިތުރުން ދެވަންސޫރައިންވެސް ދޮން އައްޔަ ހަމަ އެ އެވޯޑަށް ނޮމިނޭޓްވި ކަމެވެ.

މި އެވޯޑް ދޮން އައްޔައާ ހަވާލުކޮށްދެއްވީ ފިލްމީ ދާއިރާގެ ގިނަ ކަންތައްތަކުން ފެނިގެން ގޮސްފައިވާ އީސާ ޝަރީފް އިތުރުން، ބަތަލާ ރީޝްމީ ރަމީޒުއެވެ.

އައްޔަ ބުނީ، މިއީ އޭނާ އެންމެ ބޭނުންވި އެވޯޑް ކަމަަށާއި، އެކަމަކު މިހާ އަވަހަކަށް ބޭނުން ނުވާ ކަމަށެވެ.

"އައްޔައަށް މިކަމުގައި ހެލްޕް ވާ އެންމެންނަށް ވަަރަށް ސީނިއާ ލެވެލްގެ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު އަދާކޮށްލަން ބޭނުން". އައްޔަ ބުންޏެވެ.

މީގެ އިތުރުން، މި ހަފްލާގައި ދޮން އައްޔައަށް ވަނީ ސްޕެޝަލް ޖޫރީ އެވޯޑްސް ފިލްމް މަލިކާއަށް ލިބިފައެވެ. އޭނާ އާ އެ އެވޯޑް ހަވާލުކޮށްދެއްވީ ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން، ފިލްމީ ތަރި ޒީނަތު އައްބާސެވެ.