"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްއަކަށް ޚަދީޖާ އިބްރާހިމް ދީދީ، ކުޑަ ހައްޖަ (ވަކިން ލޯބިން) ހޮވިއްޖެެއެވެ.

ހައްޖަކީ ކުރިން ފިލްމްތަކުން ފެނިގެން ދިޔަ، ފަހުން ފިލްމީ ދާއިރާއަށް ދުރުވި ތަރިއެކެވެ. އޭނާ ވަނީ "ވެހޭ ވާރޭތެރެއިން" އާއި "އޭނާ" ފަދަ ފިލްމްތައް ކުޅެފައެވެ. އަދި ގިނަ ދުވަސްވަންދެން ދާއިރާއާ ދުރުގައި ހުރުމަށްފަހު އޭނާ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ގައި ޑާކް ރެއިނުން ގެނެސް ދިން ފިލްމް "އެންމެ ފަހު ވިންދާ ޖެހެންދެން" އިންނެވެ.

ހައްޖަގެ އިތުރުން އެ އެވޯޑަށް ނޮމިނޭޓްވި އެހެން ތަރިންގެ ތެރޭގައި

  • ފާތިމަތު އާޒިފާ (ބޮސް)
  • ފައުޒިއްޔާ ހަސަން (ހައްދު)
  • ފާތިމަތު އާޒިފާ (ދެވަންސޫރަ)
  • ނުޒުހަތު ޝުއައިބް (ވަކިން ލޯބިން)

މިރޭގެ އެވޯޑް ހަފްލާއަށް ހައްޖަ ގޮސްފައެއް ނުވެއެވެ. ހައްޖަގެ ޓީމްގެ ފަރާތުން އެ އެވޯޑާއި ހަވާލުވެލެެއްވީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޑައިރެކްޓަރ އަލީ ޝިފާއުއެވެ.