މޯލެއްގެ ތެރޭގައި މީހަކު ހިފަހައްޓައިގެން ހުރި އައިސްކޯނެއް ވަގަށް ނެގި މީހެއްގެ ވީޑިއޯއެއް މީސްމީޑިއާގައި އާއްމު ވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯ އަކުން ފެންނަ ގޮތުގައި ފިރިހެނަކު އޭނާގެ ރައްޓެއްސެއްގެ ފޯނަށް ބަލަހައްޓައިގެން ހުއްޓާ ފަހަތުން މީހަކު އައިސް ވަގުވަގަށް އޭނާގެ އަތުގައި އޮތް އައިސް ކޯނު ވަގު ވަގަށް ނަގައިގެން ބޯލައެވެ.

މީގެ އިތުރުން އޭނާ ވަނީ އައިސްކޯނު ކުޑަކޮށް ބޯލާފައި އޭތި އަނބުރާ އޭގެ ވެރިފަރާތުގެ އަތުތެރޭގައި ބެހެއްޓުމަށް މަސައްކަތް ކޮށްފައެވެ. އަދި އޭނާއަށް އައިސްކޯނު ގެއްލިގެން އުޅޭކަން އެނގިގެން ދެފަރާތް ހޯދަން ފެށުމުން އައިސްކޯނު ވަގަށް ނެގި މީހާ ވަނީ އެންމެންގެ ތެރެއަށް ވަދެގެން ދުއްވާގަނެފައެވެ.

މި ވީޑީއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު އަންނަނީ އެ ވީޑީއޯ ޝެއާކުރަމުންނެވެ. އެގޮތުން މަޝްހޫރު ވެބްސައިޓުތަކުގައި ވެސް މިހާރު ވަނީ މިކަމާއި ގުޅޭގޮތުން ހަބަރު ފެތެރިފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ އެދެމީހުން އަމިއްލަޔަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނެފައިވަނީ އެއީ ވަރަށް ކުރިން ދިމާވެފައިވާ ރައްޓެއްސެއް ކަމަށާއި އެ ހިނގާ ދިޔަ ހާދިސާއަކީ އެމީހުން ރާވައިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

އޭނާ ބުނީ، އެތަނުގައި ހުއްޓާ ކުއްލިއަކަށް އޭނާގެ ރައްޓެއްސަކު ފެނުމުން ކުޑަކޮށް ބެހިލަން ވެގެން ދިޔައީ ކަމަށާއި އެތަނުގައި އެވަގުތު ކެމެރާއެއް ހުރި ކަމަށް އެނގިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު