19 އަހަރުގެ މެކްސް ރެޑެންބާގް މީގެ 9 އަހަރު ކުރިން ފުޅިއަކަށް ލާފައި ފޮނުވާލި މެސެޖެއްގެ ޖަވާބު އަނބުރާ ލިބިއްޖެއެވެ.

މެކްސް އަކީ އެމެރިކާގެ މަސުޗޫސެޓްގެ ސުފޮލްކް ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. އޭނާ ފުޅިއަކަށް ލާފައި މޫދަށް އެ މެސެޖު ދޫކޮށްފައިވަނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގައެވެ.

"ހެދި ބޮޑު ވަމުން އައިއިރު ވަރަށް މޮޅު ކަންތައް ކުރާ ވިސްނުން ސިކުންޑިއަށް އާދޭ" މެކްސް ބުނެފައިވެއެވެ.

އޭނާ އެ ފުޅިއަށް ލާފައި ފޮނުވާލި މެސެޖުގައި ބުނެފައިވަނީ، އޭނާ ޝައުގުވެރިވާ ކަހަލަ އެއްޗެހީގެ ވާހަކައެވެ. އެގޮތުން އޭނާ އަކީ ކާރު ދެކެ ލޯބި ވާ މީހެއް ކަމަށާއި ޖަނަވާރު ދެކެ އިންތިހާއަށް ލޯބިވާ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ. އަދި އެ މެސެޖުގެ އެންމެ ފަހުން އޭނާ ވަނީ އެ ފެންނަ މީހަކު އަނބުރާ ޖަވާބެއް ދިނުމަށްވެސް އެދިފައެވެ.

އޭނާ 2010 ވަނަ އަހަރު މި މެސެޖު ފޮނުވާފައިވާ އިރު ޑުބޮއިސް ނަމަކަށް ކިޔާ މީހަކަށް މި މެސެޖު ފެނިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާ އަނބުރާ ފޮނުވާފައިވާ މެސެޖުގައި ބުނެފަވަނީ މެކްސްގެ އެ މެސެޖު 3،700 މޭލަށް ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އެ ފުޅި ފެނުނު ހިސާބު ފެންނަ ގޮތަށް މެޕެއްވެސް އަނބުރާ ފޮނުވާލާފައެވެ.

މި މެސެޖު އަނބުރާ ލިބުމުން މެކްސް ވަނީ އޭނާ މީގެ 9 އަހަރު ކުރިން ފޮނުވާފައިވާ މެސެޖެއްގެ ޖަވާބު ލިބުމުން ވަރަށް އުފާ ވެފައިވާ ކަމަށް އޭނާގެ އިންސްޓަގްރާމްގައި ޖަހާފައެވެ. އަދި އޭނާ އެ ޕޯސްޓް ޝެއާ ކުރި ހިސާބުން 5 ލައްކައަށް ވުރެ މީހުން ވަނީ އެ ޕޯސްޓައް ލައިކް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޛުުުޖު

  ކޮބަ މެސެޖެގެ ޖަވަބު

  8
  5
  • އަޅޭ

   ލިޔުމުގަ އިން ފޮޓޯ ބަލާ ލަބާ😬....ނޫނީ ޓްވިޓަ ރ ޗެކް ކޮއްލަބާ..😕
   👀

   1
   1