ދުބާއީގައި އަންހެނަކު އޭނާގެ މަރުވެފައިވާ ތުއްތު ދަރިފުޅު އެއްލާލަން ކުނި ނަގާ ފަރާތްތަކާއި ހަވާލު ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ފިލިޕިނާ ނަމަކަށް ކިޔާ މި އަންހެން މިހާ ވަނީ ވިހެއުމުގެ ކުރިން ނުދަންނަ ދެ މީހަކާއި އެއްކޮށް ޒިނޭވެސް ކޮށްފައެވެ. އަދި ވިހެއުމަށްފަހު ކުނި ނަގާ ފަރާތްތަކާއި ވަނީ އެކުއްޖާ ހަވާލު ކޮށްފައެވެ.

ފުލުހުން ބުނީ، އެމީހުން މިހާރު އެ ތުއްތު ކުއްޖާ ހޯދާފައިވާ ކަމަށާއި އެ ކުއްޖާ ފެނިފައިވަނީ އަލް ބަރަހާ ނަމަކަށް ކިޔާ އަވަށެއްގެ ހުރި ޑަސްބިނަކުން ކަމަށެވެ. އަދި މިހާރު އެ ތުއްތު ކުއްޖާ ކޮތަޅަކަށް ލައިގެން ޑަސްބިނަށް ލާން ދިޔަ މީހާވެސް ވަކި ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 38 އަހަރުގެ ޕާކިސްތާނަށް ނިސްބަތްވާ މީހަކު އެކަމާއި ހަވާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ފިލިޕީނާ އޭނާގެ އަތަށް ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި ތުއްތު ކުއްޖަކު ދީފައިވާ ކަމަށާއި، ދިން އިރުވެސް އެ ތުއްތު ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެ އަންހެންމީހާގެ އިތުރުން ކުއްޖާ އުކާލަން އެހީތެރިވި މީހާވެސް ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ، އަންހެން މީހާއަކީ މީގެ ކުރިން ކައިވެނި ކޮށްފައިވާ މީހެއް ކަމަށާއި އެހެން ނަމަވެސް އޭނާ އަށް ލިބިފައިވާ ދަރިފުޅަކީ އެއީ އެހެން މީހަކާއި އެއްކޮށް ޒިނޭ ކޮށްގެން ލިބިފައިވާ ދަރިއެއް ކަމަށް އޭނާ އެއްބަސް ވެފައިވާ ކަމަށެވެ.

"ދަރިފުޅު ވިހަން 2 އަންހެނަކު އެހީތެރިވި. ދަރިފުޅު ވިހާފައި އިތުރު މީހަކާއި ގުޅިގެން ދަރިފުޅު އެއްލަލީ" އެ އަންހެން ފުލުހަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އަންހެން މީހާއަށް ކައިވެނީގެ ބޭރުން ޒިނޭ ހިންގި ކަމުގެ ދައުވާ އުފުލާފައެވެ. އަދި ބާކީ ތިބި މީހުންނަށް ދަރިފުޅު އެއްލާލަން ހިތްވަރުދީ އެކަމުގައި ބައިވެރިވި މައްސަލާގައި ދައުވާ އުފުލާފައެވެ. އެހެން ނަމަވެސް އެ އަންހެން މީހާވަނީ ކޯޓުގައި އެކަމަށް ދެކޮޅު ހަދާފައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ދަރިފުޅު ވިހައިގެން އިރު ނުވަނީސް ހޭނެތިފައިވާ ކަމަށާއި އޭގެ ފަހުން ވީގޮތެއްް ނޭނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު