އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ތަނަކަށް އަވަހަށް ދާން ބާރު ސްޕީޑުގައި ކާރު އަދި ސައިކަލު ދުއްވާ ބަޔަކު ތިބީ މަދެއްކޮށެއް ނޫނެވެ. ބައެއް ފަހަރު މި ފަދަ ބާރު ސްޕީޑުގައި ސައިކަލު ދުއްވައިގެން ހިތާމަވެރި ހާދިސާތަށް ހިނގަނީ މަދެއްކޮށެއް ނޫނެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބާރު ސްޕީޑުގައި އާންމުކޮށް ދުއްވާ އެއްޗިހި ދުއްވަނީ ވަކި ވައްތަރެއްގެ ވަކި އިހުސާސްތަކެއް ހުންނަ ބައެއް ކަމަށެވެ.

އެންމެ ބާރަށް އެއްޗެއްހި ދުއްވަނީ އާންމުކޮށް އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި އަންހެން އަދި ފިރިހެން ވަކި ޖިންސަކަށް މި ދިރާސާއިން ބުރަ ނުވެވޭއިރު ދެން އެންމެ ބާރަށް ދުއްވާ އެއްޗިހި ދުއްވާކަމަށް ދިރާސާތަކަށް ފާހަގަކުރެވިފައިވަނީ 25 އަހަރާއި 58 އަހަރާއި ދެމެދުގެ މީހުންނެވެ.

އަނެއްބައި މީހުން ބާރަށް ދުއްވަނީ އެމީހުންގެ އިހުސާސްތައް އެވަގުތު ހުންނަ ގޮތަކުންކަމަށް ބެލެވޭއިރު ނުރަނގަޅު މޫޑެއްގައި އެމީހަކު ހުރެއްޖެނަމަ އެމީހަކު ދުއްވާ ސްޕީޑު އިތުރުވާކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.

މި ދިރާސާތަކަށް ވަނީ 58 އަހަރުން މަތީގެ މީހުންގެ ތެރެއިން އާންމުގޮތެއްގައި ބާރަށް ދުއްވަނީ ފިރިހެނުންކަމަށްވެސް ފާހަގަކުރެވިފައެވެ. އެ މީހުންނަކީ އާންމުގޮތެއްގައި އެމީހަކާއި އެކު ކާރުގައި ނުވަތަ ސައިކަލުގައި ދެން އިންނަ މީހާއަށް އެމީހެއްގެ ދުއްވުމުގެ ހުނަރުވެރިކަމާއި ފަރިތަކަން ދައްކަންވެސް މަސައްކަތްކުރާ ބައެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ކަން މިހެން އޮތް ނަމަވެސް ކޮންމެ މީހަކުވެސް ދުއްވާފައި ދާއިރު ވިސްނާލުން އެންމެ ރަނގަޅީ މަގުމަތީގައި އެކްސިޑެންޓެއް ވެއްޖެނަމަ ތިބާގެ ފުރާނައިގެ އިތުރުން އެހެން ބައެއްގެ ފުރާނައަށްވެސް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަގަމާރުން

    ތިޔާ ރަނގަޅު ވާނެ ދަ ރާއްޖެތެރެއަންސް ކަމުގައިވާ އައްޑޫ އެއްޗިއްސަށް ދެއްކިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. ދަ ރާއްޖެތެރެއަންސް ހޭވް ގޯން ފްރޮމް ވެއަރ ދޭއާރ ޓު ހިއަރ ދޭއާރ ދަ ގަމާރު ބީތާއިން އެގެއިން. އޯސަމް އެން ފްލޯލެސް ދޯ.