ދުބާއީގައި މަސައްކަތް ކުރަމުން އައި ޕަކިސްތާނަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މީހަކު، ބަރަހަނާ ފޮޓޯތަކެއްގެ މައްސަލާގައި އާއިލާ ކައިރިއަށް ނުދާން މީހަކު މަރާލައި އުމުރު ދުވަސް ޖަލުގައި ހޭދަކުރަން ފަށައިފިއެވެ.

އެ މައްސަލައިގައި ޖަލަށް ދިއުމަށް އޭނާ މަރާލާފައިވަނީ، އޭނާއާއި އެކީ އެއް އޮފީހެއްގައި ވަޒީފާ އަދާކުރަމުން އަންނަ، އެއް ގެއެއްގައި ނިދަން އޮންނަ މީހެކެވެ. މި މައްސަލައިގައި ދުބާއީގެ ކޯޓަކުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ވުމުންނެވެ.

އޭނާ ވަނީ ކޯޓުގައި ބުނެފައިވަނީ މީހަކު އޭނާގެ ބަރަހަނާ ފޮޓޯތަކެއް ނަގައި، އޭނާގެ ބޭބެއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފޮޓޯ ލިބުމުން ބޭބެމެން ވަގުތުން ގެއަށް އަންނަން ބުނެފައިވާ ކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. އޭނާ ބުނެފައިވަނީ ބޭބެމެން ރަށަށް ދާން ބުނުމުން އެކަމާއި އޭނާ ދެކޮޅު ހަދާފައިވާ ކަމަށާއި، ރަށަށް ދިއުމަށްވުރެ ޖަލަށް ދިއުން އެވަގުތު މާ ރަނގަޅު ވާނެތީވެ އޭނާ މަރާލީ ކަމަށެވެ.

މިހާދިސާ ހިނގައިގެން މާގިނައިރުތަކެއް ނުވަނީސް ފުލުހުން އެ ހާދިސާ ހިނގި ސަރަހައްދު ކަމަށްބުނާ އެމީހުން މަސައްކަތް ކުރާތަނަށް ދިޔައިރު މުޅިތަނުގައި ލޭހުރި ކަމަށްވަނީ ބެލެވިފައެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސްއަށް އަރުވައިގެން ދަނިކޮށް މަރުވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެތަނުގައި އެވަގުތު މަސައްކަތު މީހުން ބުނެފައިވަނީ އެ ދެމީހުން އަޑުގަދަ ކޮށް މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެމީހުން މާރާމާރީ ހިނގައިފައިވަނީ އެމީހުންގެ ބްރޭކް ގަޑީގައި ކަމަށެވެ. އަދި ޖަލު ހުކުމް މިހާރު ތަންފީޒު ކުރަމުން އަންނަ މީހާ ބުނެފައިވަނީ އޭނާ އާއި މަރުވެގެން ދިޔަ މީހާއާއި އެއްވެސް ކަހަލަ ޒާތީ ހަސަދަވެރިކަމެއް ނެތް ކަމަށާއި ބޭބެމެން ގާތަށް ނުދާން ވެގެން އެންމެ ފަސޭހައިން މީހަކު މަރަން ވިސްނި އިރު ފެނުނީ އޭނަ ކަމުން މަރާލީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު