ފޭސްބުކް އަށް އަޕްލޯޑް ކުރި ފޮޓޯ އަކަށް މިހަކު ލައިކް ދިނުމުން މާބަނޑު ލޯބިވެރިޔާ ކުޑަ ދޮރުން ބޭރަށް ހޫރާލަން މަސައްކަތްކޮށްފިއެވެ.

އިންގްލޭންޑްގެ ޓައުންއެއް ކަމަށްވާ ވިޓްސްޓޭބަލްއަށް ނިސްބަތްވާ އަޝްލޭ ބްރޭޒިއާ އޭނާގެ ލޯބިވެރިޔާ ކުޑަދޮރުން ބޭރަށް އެއްލަން މަސައްކަތް ކުރީ ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ފޭސްބުކް ފޮޓޯއަކަށް "ލައިކް" ދިނުމުން ކަމަށް އެ މައްސަލަ ކުރިއަށްގެންދާ ކޯޓުގައި ބުނެފައި ވެއެވެ.

ބްރޭޒާއަކީ މީގެ ކުރިންވެސް އަނިޔާ ކުރުމާއި އެކި ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ.

އެ އަންހެން މީހާ ކުޑަދޮރުން އެއްލާނުލެވި ސަލާމަތްވީ، އަންހެން މީހާގެވެސް ހުށިޔާރު ކަމުންނެވެ. އެގޮތުން އޭނާ އެއްލާލަން އުޅުމުން، ފާރުގައި ހަރުކޮށްފައި ހުރި ފްރޭމެއްގައި އޭނާ ވަނީ ހިފަހައްޓައިގެން އޮވެފައެވެ.

އަދި ބްރޭޒާ އެ އަންހެން މީހާގެ ކަރުގައި ހިފާ ކަންތައް ކުރި ކަމަށްވެސް އެ މައްސަލާގައި ކެންޓާބަރީ ކްރައުން ކޯޓުގައި މައްސަލާގެ ތަފްސީލު ދެމުން ބުނެފައި ވެއެވެ.

އެ މައްސަލާގައި ކޯޓުގައި އިތުރަށް ބުނެފައި ވަނީ، އޭނާ އެ އަންހެން މީހާގެ މޫނަށް ކުޅުވެސް ޖެހި ކަމަށާއި، އެ އަންހެން މީހާ އެހެން މީހަކާއި ގުޅުން އޮންނަ ކަމަށްވެސް ބްރޭޒާ ތުހުމަތު ކުރާ ކަމަށެވެ. އޭނާ ލޯބިވެރިޔާ ގަޔަށް ކުޅު ޖެހީ، އޭނާ ކައިރިން ސަލާމަތްވެގެން ދާން އުޅުމުންނެވެ.

ބްރޭޒާ އޭނާގެ ލޯބިވެރިޔާއަށް އަނިޔާ ކުރުން ހުއްޓާލީ، އޭނާއަށް ދެވިފައި ހުރި އަނިޔާތައް ފެނުމުންނެވެ.

އެ ހާދިސާގައި އަންހެން މީހާއަށް ބޮޑެތި ގެއްލުންތަކެއްވިއިރު، ހޮސްޕިޓަލްގައި އޭނާއަށް ފަރުވާވެސް ދީފައި ވެއެވެ.

އަދި އަނިޔާ ލިބުނުއިރު، އޭނާ ބަނޑުބޮޑުކަމެއްވެސް ނޭނގޭ ކަމަށް އެ އަންހެން މީހާއާ ހަވާލާދީ ކޯޓުގައި އޮތް އަޑުއެހުމުގައި ބުނެފައި ވެއެވެ.

އެ މައްސަލާގައި ބްރޭޒާގެ މައްޗަށް 3 އަހަރުގެ ޖަލު ހުމުމެއް ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު