ފަހަކަށް އައިސް އަހަރުމެންގެ ލޯ ކުރިމަތިން އެންމެ ގިނައިން ފެނިގެންދާ މަންޒަރަކީ މުޖުތަމައުގައި އެކަކު އަނެކަކަށް ގަނާ ކުރަމުން އަންނަ މަންޒަރެވެ. މިއީ ހިތާމަވެރި މަންޒަރަކެވެ. މި ކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ.

މިއީ ހަށިގަނޑު ހުރި ގޮތަކުން ގަނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ.

އުމުރުން 21 އަހަރުގެ ތަނުޖް ހައްތާރަކީ އޭނާއަށް ލިބިފައިވާ ހަށިގަނޑުގެ ސަބަބުން ގިނަ ފަރާތްތަކެއް ގަނާ ކުރަމުން އަންނަ ކުއްޖެކެވެ. އޭނާ ބުނެފައިވަނީ އޭނާ މާ ފަލަ ވުމުން ގިނަ ފަރާތްތަކެއް ދިމާ ކުރާ ކަމަށެވެ. އަދި އެކި ކަހަލަ ނަންނަމުންވެސް ގޮވާ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ކަމުން އެމީހުންނަށް ގަނާ ކުރުވަ ނުދިނުމުގެ ގޮތުން ހިތުގައި އަޒުމް ކަނޑައަޅަގައިން ހިކެން މަސައްކަތް ކުރި ކަމަށެވެ.

އޭނާ ބުނީ މީހުން އޭނާއަށް ގަނާ ކުރަން ފެށިއިރު ބަރުދަނުގައި 113 ކިލޯ ހުރި ކަމަށެވެ. އަދި މިހާރު 33 ކިލޯ ލުއި ވެއްޖެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ 33 ކިލޯ 18 މަސްތެރޭގައެވެ.

ތަނުޖް ބުނީ، ބަރުދަން ލުއި ކުރުމަށް އޭނާ ހެނދުނު ސައިގެ ގޮތުގައި ބޭނުން ކުރަނީ 500 އެމްއެލްގެ ކިރު ތައްޓަކާއި އެކު 2 ދޮންކެޔޮވަށް ކަމަށެވެ. އަދި އޭގެ އިތުރުން އޯޓްސްވެސް ކައި ހަދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މެންދުރު އޭނާ ކަނީ ޗީޒް ސޭންޑްވިޗް އާއި މޭވާ ކަމަށާއި އަދި ރޭގަނޑުގެ ކެއުމަށް ބޭނުން ކުރަނީ 250 ގްރާމްގެ ކުކުޅުކޮޅަކާއި، ކުޑަ ބޮތްކޮޅެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ކޮންމެ ދުވަހެއްގެ ހެނދުނު ޖިމް ޖައްސާ ކަމަށްވެސް ވަނީ ބުނެފައެވެ.

ތަނަޖު ބުނީ، ގިނަ ފަރާތްތަކުން އޭނާއަށް ގަނާ ކުރުމުން އެމީހުންނަށް އެގޮތަށް ގަނާ ކުރުވަން ފުރުސަތުދޭން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން ހިތުގައި ބާއްވައިގެން ކޮންމެ ދުވަހަކު އެއްވެސް ގޮތަކަށް ފަރުވާ ކުޑަނުވެ ހަށިގަނޑަށް ބަދަލު ގެންނަން ބުރަ މަސައްކަތްކޮށްފައިވާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާގެ ހަށިގަނޑު ހުރިގޮތުން ކުރިން ގަނާ ކުރި މީހުން ޖެހިލުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު