ދުންފަތުުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން ކޮންމެ މީހަކީވެސް އެކަން ހުއްޓާލަން ބޭނުންވާ މީހެކެވެ. އެހެންނަމަވެސް އެކަން ނުކުރެވެނީ އެހާ ހިތްވަރެއް ނެތީމައެވެ. ނުވަތަ އެކަމުން ދުރުވާނެ ގޮތް ނޭނގޭތީއެވެ. މިއޮތީ ދުނފްތުގެ އިސްތިއުމާލު ކުރުަން ހުއްޓާލަން ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންކަމެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބަލާފައި ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި އެދުވަހުން ފެށިގެން އެކަން ނުކުރުމަށް ހިތުގައި ވަރުގަދައަށް އަޒުމް ކަނޑައަޅާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ގިނަމީހުން އެކަން ހުއްޓާލަނީ މަޑުމަޑުން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި މިގޮތަށް ތާރީޚެއް ކަނޑައެޅުމަށްފަހު އެދުވަހަކުން ފެށިގެން ހުއްޓާލާ އުސޫލުންނެވެ.

އަދި އެއަށްފަހު، އެކަމަށް މަގުފަހިކުރާ އާލަތްތައް ނައްތާލާށެވެ. މިގޮތުން އަޅިކެނޑި، ނުކަޑައި އޮތް ސިގިރޭޓް ފޮށި، ލައިޓަރު އަދި އަލިފާން ފޮށި ފަދަ ތަކެތި އުކާލެވިދާނެއެވެ. އަދި އެއަށްފަހު، ގިނައިން ފެން ބުއިމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ފެނާއި އެކު އޮރެންޖް ފޮއްޗެއް ނުވަތަ ލިބޯ ފަޅިއެއް ފެން ބޯ އިރު ބޭނުންކުރެވިދާނެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންނަމަ ހަރަކާތްތެރިވެ އުޅޭށެވެ. މިކަމުން ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ. އުސްއިމާރާތެއް ފަދަ ތަނަކަށް އިރު ލިފްޓްގެ ބަދަލުގައި ސިޑި އިޚްތިޔާރު ކުރާށެވެ. ފެތުން އަދި ހިގާލުން ފަދަ ކަންކަމަކީ ވެސް ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންނަމަ ޕޮޒިޓިވް ކޮށް ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި ގުޅިގެން ކުރީކޮޅު ބޮލުގައި ރިހުން ކަރުތެރެ ފާރުވުން، އަދި އެހެނިހެން ބައެއް އުދަގޫތަކާއި ކުރިމަތިވެއެވެ. ނަމަވެސް މިކަންކަމަކީ ދެހަފްތާއެއް ހާ ދުވަހުގެ ތެރޭގައި މުޅިން ފިލައިގޮސް ރަގަޅުވާނެ ކަންކަމެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންނަމަ އެންމެެ މުހިންމު އެއް ކަމަކީ އުޒުރު ނުދެއްކުމެވެ. ތަނަކަށް ދާންވެފައި އޮތުން ނުވަތަ ޕާޓީއެއް ފަދަ ތަނަކަށް ގޭގެ އެންމެން ދާއިރު އެތަނަށް ނުގޮސް ގޭގައި ހުރެ އެހެން މީހުންނަށް ސިއްރުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ނިޔަތްގަނެ އެފަދަ ތަންތަނަށް ދިއުމަށް އުޒުރު ނުދައްކާށެވެ. އެހެނީ މިގޮތަށް ސިއްރުން އެކަން ފަށައިފިނަމަ އަލުން އިއާދަ ވާގޮތް ވެއެވެ.

އެންމެ ފަހުކަމެއްގެ ގޮތުގައި ސިގިރޭޓްއާއި ނުލައި ހޭދަވާ އެންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެއް ކަމުގައި ދެކޭށެވެ. އެހެން ކަމުން އެއްދުވަހު ނުބޮއި ހުރެފިނަމަ މާދަމާއަކީ މިއަދު ފަދައިން ސިގިރޭޓާއި ނުލައި ހޭދަކުރާނެ ދުވަހެއް ކަމަށް އަޒުމް ކަނޑައަޅައި އެގޮތަށް މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު