ތުއްތު ކުއްޖަކުގެ މައިންބަފައިންނަށް އެކުއްޖާގެ ބިރުވެރި މަންޒަރެއް ފެނުމުން ބިރުން ފިއްކަނޑައިގެން ދިޔަ ހަބަރަ މުޅި މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އާއްމުގޮތެއްގައި ބައެއް މީހުންނަކީ ބިރުވެރި ފިލްމެއް ބަލައިފިނަމަ ރޭގަނޑު ނިދަން އުނދަގޫ ބައެކެވެ. ބައެއް ފަރާތްތަކުން ބިރުވެރި ފިލްމުތައް ބަލާފައި ނިދަން ވަރަށް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އެކަން ގިނަ ފަހަރު ކާމިޔާބުވާގޮތެއް ނުވެއެވެ.

މިފަހަރު އާއްމުމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ތުއްތު ކުއްޖެއްގެ މައިންބަފައިން އެކުއްޖާ ނިދާ ގަޑީގައި ފާރަލާން ހަރުކޮށްފައިވާ ކެމެރާ ކުރިމަތިން ފެނިގެން ގޮސްފައިވަނީ ކުއްޖާގެ ލޯ ދިއްލިފައި ހުންނަ މަންޒަރެވެ. މި މަންޒަރުފެނިފައި ފުރަތަމަ މި ކުއްޖާގެ މައިންބަފައިން ދިޔައީ ބިރުން ސިއްސައިގެންނެވެ. އެއީ އެމީހުންގެ ދަރިފުޅު އެގޮތަށް އެ ފޮޓޯ އިން ފެނުމުންނެވެ.

އެކުއްޖާގެ މަންމަ މީސްމީޑީއާގައި އެ ފޮޓޯ އާއްމު ކުރަމުން ބުނެފައިވަނީ އެކެމެރާ ހަރުކުރުން އެއީ އޭނައަށް މިހާރު ހީވަނީ އެކެމެރާ ހަރުކުރުމަކީ އެމީހުންނަށް ހެދުނު ގޯހެއް ކަމަށާއި، ކެމެރާއިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ދަރިފުޅު ނިދާފައި އޮންނައިރުވެސް ފެންނަނީ ލޯ ދިއްލިފައި ހުންނަތަން ކަމަށެވެ. އޭނާ ބުނީ ކުއްޖާ ހީވީ ޖިންނި އަވާލާފައި ހުރި ކުއްޖެއް ކަމަށެވެ.

މި ފޮޓޯތައް މީސްމީޑިއާގައި އާއްމުވުމުން މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުއްޖާ ޖިންނި އަވަލާފައި ހުރި ކަމަށެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ އެ ކެމެރާގެ ގޮތުން އެގޮތަށް ފޮޓޯ ހުރީ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށްވެސް އެކަހަލަ ކަމެއް ދިމާވެފައިވާ ކަމަށް ބުނެފައެވެ.

އެކުއްޖާގެ މައިންބަފައިން ވަނީ މިކަން ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވާ ވާހަކަ ތަކަށް ބަލައި، ތުއްތު ކުއްޖާގެ މައިންބަފައިން ބުނެފައިވަނީ އެއީ ރޭގަނޑު އެކެމެރާއިން ފެންނަ ގޮތް ކަމަށެވެ.

ނަމަވެސް އެކަން ފުރަތަމަ މައިންބަފައިންނަށް ނޭނގުނީއެވެ.

ކިޔުންތެރިންގެ ހިޔާލު