މިހާރަކަށް އައިސް ބައެއް މީހުން ފޭސްބުކްގެ ޕްރޮފައިލް ފޮޓޯ އަވަސް އަވަހަށް ބަދަލުކުރަމުންދާކަން ދަނީ ފާހަގަކުރެވެމުންނެވެ. އެއްބައިމީހުން މިކަމަށް ފާޑުކިޔަމުން ގެންދާއިރު އަނެއްބައި މީހުން ދަނީ ހޭ ވައްޓާލައިފައި ފޮޓޯތަކަށް ލައިކް ކުރަމުންނެވެ. ނޫންނަމަ ކޮމެންޓް ސެކްޝަނުގަައި ކޮމެންޓް ކުރަމުން ވަގުތު ބޭކާރު ކުރަމުން ގެންދެއެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދެއިރު ދެދަޅައަށް ޕީޕީ ބަދަލު ކުރާ މީހުން މިކަން ކުރަމުން ގެންދަނީ ދެ ނިޔަތުގެ މައްޗަށެވެ. އެއީ ފޮޓޯތަކަށް ލައިކް ހޯދުމަށް ނޫނީ މީހުން ކޮމެންޓް ކުރޭތޯ ބެލުމަށެވެ.

ދިރާސާތަކުން މިހެން ދެއްކި ކަމުގައި ވީނަމަވެސް އާއްމު ގޮތެއްގައި މީހުން ޕީޕީ ބަދަލުކޮށް އުޅެނީ އެމީހަކު އެގަޑީގައި މޫޑު ހުންނަ ގޮތަކަށެވެ. މިސާލަަކަށް އުފާ ކަމެއް ދިމާވެއްޖެ ނަމަ އެވަގުތު ކޮޅުގައި ފޮޓޯއެއް އަޕް ކޮށްލާނެއެވެ. ހިތާމަ ވެރި ކަމެއް ނުވަތަ ގާތް މީހެއް ނިޔާވެއްޖެނަމަ ޕީޕީ ކަޅުު ކުރުމަކީވެސް މިހާރަކަށް އައިސް ވަރަށް އާންމުކަމެކެވެ. ނޫންނަމަ ކޮންމެސް ހިތާމަވެރި ކޯޓެއް ލިޔެފައި އިންނަ ފޮޓޯއެއްވެސް ބައެއް މީހުން ލާ އުޅެއެވެ.

އާއްމުކޮށް ގިނަ މީހުން ޕޮޓޯއެއް ފޭސްބުކްއަށް ލާފައި ބަލާނީ ޕޮޓޯއަށް މީހުން ކޮށްފައިވާ ރިއެކްޓް ތަކަށެވެ. ފޮޓޯ ލުމަށްފަހު ގިނަ މީހުންގެ އަތުން ފޯނު ދޫނުވާނެއެވެ. އަބަދު ތިބޭނީ ފޯނު އަތަށް ލައިގެންނެވެ. މީހަކު ކޮމެންޓް ކުރޭތޯއެވެ. ނޫންނަމަ ރިއެކްޓް ކުރޭތޯއެވެ. އަދި ވަރަށް ފޯރީގައި މީހުން ކުރާ ކޮމެންޓްތަކަށް ނިކަން ތުއިކޮށް ރިޕްލައި ކުރަން ތިބޭނެއެވެ.

ތިމާގެ އަމިއްލަ ފޮޓޯ މީޑިޔާއަށް އެޅުމަކީ ދީނީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކެއެވެ. އެއީ ގިނަ މީހުން ފޮޓޯ ލަނީ އެހެން މީހުންނަށް ތިމާގެ ރީތިކަން ދެއްކުމުގެ ނިޔަތުގައި ކަމުގައި ވާތީއެވެ. މިކަމުގެ ސަބަބުން ދެއްކުންތެރިކަމަށް މަގުފަހިވާކަމަށް ބައެއް އިލްމުވެރިން އަންނަނީ ބުނަމުންނެވެ.

"ކޮންމެ އަމަލެއްވެސް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށް" ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިނބޫ

    ވަރަށް ފޫހިވާ ކަމެއް. ދެއްކެންވެގެން އުޅޭ ބައެއް އެއީ.

  2. މާކްޒުކަބާޜޣް

    ޢެފްބީ ÷ީ÷ީ ބަދަލުކުރަން ލިމިޓްއެއް އޮވޭތޯ؟ ޢަމިއްލަ އެކައުންޓުން އެކަން މިނެޓަކު 2 ފަހަރުވެސް ކުރެވިދާނެ. ޢުނދަގޫވެ ފޫހިވާ މީހުންނަށް އަންފޮލޯ ނުނީ ބޮލްކުރަން ދަސްކުރޭ..

  3. ފަލަކު

    ވަގުތު ނަގާލާކަށް ގޮނޑު ހާވާނެކަމެއްނެތް ، ތީ ހަމަ ގޮނޑުހޭވުން ،

  4. މަލް. އަލް.

    ކަލޭމެން ނަށް ކޮން ކަމެއްތަ އަހަރެމެން އިރު އިރު ކޮޅާ އެފްބީގެ ޕީޕީ ބަދަލުކިރިޔަސް އިންގޭތަ އަހަރެން އެފްބީގެ ޕީޕީ އަވަސް އަވަހަށް ބަދަލު ކުރަނީ ގިނައިން ލައިކް ހޯދަން ދެން ކަލެއައް ކިއް މަ އެފްބީގައި ގިނައިން ފޯޓޮ ލިއްޔާ!

  5. Anonymous

    ޙަރާމްކަމެއް ކިތަންމެ ހެޔޮ ނިޔަތުގައި ކުރި ނަމަވެސް ޙަރާމްވާނެ

  6. ޒުބް

    ޏުބެހޭ ހަމަ އެންމެ ކަމެއްވެސް ނެތްދޯ!