އަހަރެމެން ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަ ކުރާ އިރުގައި ބައެއް ރައްޓެހިންގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަވާ ކަމެއް އޮވެއެވެ. އެއީ އެމީހުން އެހެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ ކަމެވެ. ރައްޓެހިންގެ ތެރޭގައި މިފަދަ އެތައް ބަޔަކު އުޅުނު ނަމަވެސް، ދާދި ފަހުން ހަދާފައިވާ ދިރާސާ ތަކުން ދައްކާ ގޮތުގައި މީހުންގެ ސަމާލުކަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޑިސެމްބަރު މަހު އުފަންވާ މީހުންނެވެ.

އިނގިރޭސި ވިލާތުގައި ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި އެ ޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ހޯދަން މަސައްކަތް ކުރަނީ ޑިސެމްބަރު އުފަންވެފައިވާ މީހުން ކަމުގައި ވާއިރު، މިހެން ކަންތައް ވާން ޖެހޭ ވަރަށް ރަނގަޅު ސަބަބެއް އެބައޮތެވެ. އެއީ ޑިސެމްބަރު މަހުގައި އެ ކްރިސްމަސް އާއި ބޮކްސިން ޑޭގެ އިތުރުން ނިއު ޔިއާސް އީވް ވެސް އަންނާތީއެވެ.

މިފަދަ ޙާއްސަ ދުވަސްތަކަށް ޑިސެމްބަރު މަހުގައި އިނގިރޭސި ވިލާތުގެ ރައްޔިތުންނާއި ކުރިމަތި ލާއިރު، މި ޙާއްސަ ދުވަސްތަކުގެ ސަބަބުން ގިނަ މީހުން އެ މަހުގައި އުފަންދުވަސް އަންނަ މީހުންގެ މަތިން ހަނދާނެއް ނުހުރެއެވެ. މިކަމުގެ ސަބަބުން ކުޑަ އިރުން ފެށިގެން ޑިސެމްބަރު މަހު އުފަންވާ މީހުން އަބަދުވެސް އެހެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާކަން ވަނީ ހާމަ ވެފައެވެ.

މިއީ އިނގިރޭސި ވިލާތުގެ ރައްޔިތުން ހިމަނައިގެން ކޮށްފައިވާ ދިރާސާ އެއް ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ރާއްޖޭގައިވެސް ގިނަ ފަހަރަށް މީހުންގެ ސަމާލުކަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޑިސެމްބަރު މަހު އުފަންވާ މީހުން ކަމެވެ. ފަހަރުގައި މިއީ މާ ބޮޑަށް އިނގިރޭސި ވިލާތަށް ލޯބި ކުރާތީ ވާ ކަމެއް ކަމުގައި ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލު

    100% ތެދު ވާހަކައެއް

    4
    3
  2. ދިވެހި ކުއްޖާ

    މިސާލަކަށް މަޢުމޫން ދޯ!

  3. އަނެކެމީހާ

    ރާއްޖޭގެ ކޮންއިދާރާ އަކުން ކާކުބާ ތިބުނާ ދިރާސާ ހެދީ. އެޔެއްބަލާލަން ބޭނުން.