އިންޑިއާ އަންހެނަކު އޭނާގެ ފިރިމީހާއަށް ޒަހަރުދީ މަރާލީ ފިރިމީހާ މާގިނައިން ބަނގުރާ ބޯތީ އެކަން ހުއްޓުވުމަށްކަމަށް ބުނެފިއެވެ.

މިހާދިސާ ހިނގީ ދިއްލީގެ މަންދިރް މަރްޖީ އޭރިއާގައި ކަމަށް އިންޑިއަގެ މީޑިއާތަކުން ބުނެއެވެ. 54 އަހަރުގެ އެ މީހާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މުރްތީ ނަމަަކަށް ކިޔާ އެ ފިރިހެން މީހާއަކީ ފައިނޭންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

އޭނާގެ އަނބިމީހާ ރާމާ އާއި އިތުރު މީހަކު ގުޅިގެން ފިރިމީހާއަށް ޒަހަރު ބޯންދިންކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ މިހާރު ކަށަވަރު ވެފައެވެ. ފުލުހުން ވަނީ މިހާރު އެ މީހުން ހައްޔަރުކޮށްފައެެވެ.

އެ އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދެމުން ބުނީ، އޭނާގެ ފިރިމީހާ މާގިނައިން ބަނގުރާ ބޯތީ އޭނާގެ މަތިން ވަރަށް ބޮަޑަށް ފޫހިވާކަމަށެވެ.

އަދި ފިރިމީހާގެ އެ އާދަ ނުހުއްޓުވި އާއިލާ ބޮޑު ދަރަނީގެ ތެރެއަށް ދިޔަކަމަށްވެސް އޭނާ ބުންޏެވެ.

ބަނގުރަލާއި، މަސްތުވާތަކެއްޗަކީ ވަރަށް އަވަހަށް ދެވިހިފާ ބާވަތުގެ ތަކެއްޗެވެ.

އިންޑިއާގައި ބަނގުރާ ބުއިމަކީ ވަރަށް އާއްމު ކަމެކެވެ. އެކަމުގެ ސަބަބުން އިންޑިއާގެ އެތައް އަންހެނުންނެއް ފިރިންގެ އަނިޔާވެރިކަމުގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވެއެވެ. އިންޑިއާގެ އެތައް ފިރިހެނުންނެއް ބަނގުރާ ބޮއެގެން ގެއަށް އައިސް އެމީހުންގެ އަނބިންނަށް ބޮޑެތި އަނިޔާތައް ކޮންމެ ރެޔަކު ވެސް ކުރާކަމަށް ދިރާސާތަކުން ދައްކައެވެ.

ނަމަވެސް އަނިޔާ ލިބޭ ގިނަ އަންހެނުންނަށް އިންސާފު ހޯދުމުގެ ފުރުސަތެއް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުޚްތާން

    އިންޑިއާ އަންހެނަކު އޭނާގެ ފިރިމީހާއަށް ޒަހަރުދީ މަރާލީ ފިރިމީހާ މާގިނައިން ބަނގުރާ ބޯތީ އެކަން ހުއްޓުވުމަށްކަމަށް ބުނެފިއެވެ.