ލޯބީގެ ގޮތުން މީހަކާއި ގުޅިގެން ނުވަތަ ކައިވެނި ކޮށްގެން އުޅޭ އިރުގައި އެކަކު އަނެކަކު ދެކެ ހިތްހަމަނުޖެހި، ރުޅި އަންނަ އެތައް ކަމަކާއި ދިމާނެކަން ޔަގީނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ޒުވާބު ކުރުމަކީ ގުޅުން ކުރިއަށް ނުދާ ކަމުގެ ހެއްކެކެވެ. އެހެން ނަމަވެސް، ސައިންސުގެ ނަޒަރަކުން މިކަމަށް ކަޅި ހިންގާލާ އިރުގައި ހާމަވެގެން ދަނީ މުޅިން އެހެން ގޮތަކަށެވެ.

އެމެރިކާގެ ސައިންސްވެރިންތަކެއް ކޮށްފައިވާ ދިރާސާ ތަކުން ދައްކާ ގޮތުގައި ގިނައިން ޒުވާބުކޮށް ހަދާ ލޯބިވެރިންގެ ގުޅުން އެހެން މީހުންގެ ގުޅުމަށް ވުރެން މާ ވަރުގަދައެވެ. މިއީ ގަބޫލުކުރަން ދަތި ކަމަކަށް ވީ ނަމަވެސް ފުންކޮށް ވިސްނައިލައިފި ނަމަ، މިއީ ހަގީގަތެއްކަން އެނގިގެން ދާނެއެވެ.

މިހެން ކަންތައް ވާން ޖެހެނީ ޒުވާބު ކުރާ ގަޑީގައި ނޭނގި ނަމަވެސް އެމީހުންނަށް ވަރަށް ފުންކޮށް މަޝްވަރާ އެއް ކުރެވޭތީއެވެ. ޒުވާބު ނުކުރާ މީހުންނާއި ޙިލާފަށް މިފަދަ މީހުން އެކަކު އަނެކަކާއި ދިމާލަށް އެއްޗހި ކިއުމުން އެމީހުން ހިތްހަމަ ނުޖެހޭ ކަންކަމާއި، ކަންކަމާއި މެދު ދެކޭގޮތް ވަރަށް ރީއްޗައް ހާމަވެގެން ދެއެވެ.

ބައެއް މީހުން މީ ގިނައިން ޒުވާބު ކުރަން ޖެހުމުން ބައިވެރިޔާ މަތިން ފޫހިވާތަން ފެންނަ ނަމަވެސް، އެފަދަ މީހުން ހަޔާތުގައި ކޮންމެވެސް ހިސާބަކުން އެކަމާއި ހިތާމަ ކުރެއެވެ. އަދި އެމީހުންނަށް އެންމެ ބޮޑަށް ލޯބި ވެވިފައިވެސް ހުންނާނީ އެފަދަ މީހެއް ދެކެއެވެ.

ޒުވާބު ކުރުމަކީ ކުރަން ޖެހޭ ގޮތުގައި ކޮށްފި ނަމަ ފައިދާ ހުރި އެއްޗަކަށް ވާއިރު، އެކަކު އަނެކަކާއި ދިމާލަށް ބޭ އަދަބީ ކޮށް މުހާތަބު ކޮށް، ގަޔަށް އަތް ލުމަކީ މިކަމުގައި ހިމެނޭ ކަމެއް ނޫންކަން ހަނދާން ކޮށްދެމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޫދު

    ތީހަމަވަރަށްބޮނޑުތެދެއް....

    10
    4
  2. ހުސޭނުބޭ

    ތިންފަށް ވާ މީހުން ފަށްކަޑައިގެން އިންނަންޖެހެނީވެސް ތިއީ ހަޤީޤަތަކަށް ވާތީ! އަޅެ ޒަޢިމް ކައިރީ އަހާބަލަ!

    4
    1