ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތުުމަތު ނަހުލާ އާއި މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު މީސް މީޑިއާގައި ކޯޅެން ފަށައިފިއެވެ.

ނަހުލާ އާއި ނިއުމާ މީސް މީޑިއާގައި ކޯޅެން ފަށާފައި ވަނީ ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓުން ދޭ ބިޒްނަސް އެކްސެލެންސް އެވޯޑް ނަހުލާށް ލިބުމާއި ގުޅިގެން ނިއުމާ މީސް މީޑިއާގައި ޖެހި ސްޓޭޓަސްއަކާއި ގުޅިގެންނެވެ.

ނަހުލާއަށް އެ އެވޯޑް ލިބުމާއި ގުޅިގެން ނިއުމާ ބުނީ، "އެއްވެސް ކުއްޖެއް ބޭނުންވޭތަ މި އެވޯޑަށް ފައިސާ ދީގެން ބައިވެރިވާން". މިހެންނެވެ.

ނިއުމާގެ އެ ސްޓޭޓަސްގައި ސީދާ ނަހުލާގެ ނަން ސީދާ ބޭނުންކޮށްފައި ނުވި ނަމަވެސް، ނިއުމާގެ އެ ސްޓޭޓަސް އިން ދޭހަވަނީ ނަހުލާ އެ އެވޯޑަށް ލާފައި ވަނީ ފައިސާ ދައްކައިގެން ކަމެވެ.

މިގޮތަށް ނިއުމާ ސްޓޭޓަސް ޖަހާފައިވުމުން ނަހުލާ ޖެހި ސްޓޭސްއެއްގައި ބުނީ، އެ އެވޯޑަކީ އޭނާ ގަތް އެއްޗެއްކަން ސާބިތުކޮށްދޭން ބައެއް ތަސައްރަފު ނުފުދޭ ކުދިން އެބަ އުޅޭ ކަމަށެވެ.

"އެވޯޑްގައި އެޕްލައި ކުރެވޭ ކެޓެގަރީއެއް އިނދެދާނެ. ބަޓް އައި ގޮޓް ދިސް އޭޒްއަ ސަޕްރައިޒް". ނަހުލާ ޖެހި ސްޓޭޓަސްގައި ވެއެވެ.

ނަހުލާ ޖެހި އިތުރު ސްޓޭޓަސްއެއްގައި އޭނާ ބުނެފައި ވަނީ، ސުނީތާ އަލީ އަށް ލައިގެން ކަހަލަ ކަމެއް އޭނާއަށް ލައިގެންފައިވާކަމަށެވެ. ނަހުލާ ސުނީތާގެ ނަން އޭނާގެ ސްޓޭޓަސްގައި ބޭނުންކޮށްފައި ވަނީ، ސުނީތާއާ ޕްރިޔަންކާ ޗޯޕްރާއާ ގުޅޭގޮތުން ނިއުމާ ދައްކާފައި ހުރި ވާހަކަތަކެއް ލީކްވެ އެ މައްސަލަ ގޯސްވެފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

"އިންޓަނޭޝަނަލް ގިނަ އެވޯޑްތަކަކީ ޕޭ ކޮށްގެން ބައިވެރިވެވޭ އެއްޗެއް ކަމެއް ނޭގެނީ. އެންޑް އެގޮތުންވެސް ވިން ވުމަކީ އަދި މާ ބޮޑު ފަހުރެއް. އަދި އަމިއްލައަށް އެޕްލައި ކުރުން ނޫން ބައެއް ހާއްސަ އެހެން ކެޓަގަރީސް ހުންނަ ކަމެއް ވެސް ނޭގެ". ނަހުލާ ސްޓޭޓަސްގައި ވެއެވެ.

ނަހުލާ ވަނީ ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓުގެ ފަރާތުން އޭނާއަށް ފޮނުވި ސިޓީވެސް މީސް މީޑިއާއަށް ލާފައެވެ.

ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓު އަދި ބިޒްނަސް އެކްސެލެންސް އެވޯޑްސްގައި އޭނާއަށް ލިބެނީ ފިލްމު އިންޑަސްޓްރީގެ ދާއިރާއިން އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑެވެ.

ނަހުލަ "ވަގުތު"އަށް ބުނީ، އޭނާއަށް އެ ލިބުނު އެވޯޑަަކީ އެހާ މުހިންމު އެވޯޑެއް ކަމަށް ކުރިން އޭނާ ގަބޫލެއްވެސް ނުކުރާ ކަމަށާއި، އެ އެވޯޑްގެ ވާހަކަ މެއިލް ކުރުމުންވެސް އެކަމާއި އެހާވަރަކަށް ނުވެސް އުޅެވޭ ކަމަށެވެ.

"އެކަމަކު އަހަންނަށް މި ލިބެނީ ވަރަށް ޕްރިސްޓީޖަސް އެއްޗެއްކަން، ކިޔާފައި ދިނީ މިކޮޅުން ސަރުކާރުގެ ބައެއް ފަރާތްތަކުގެ ނަމްބަރު ގުޅާލާފައި ވާހަކަ ދައްކާލަން. އަހަންނަށް ވަރަށް ޕްރިސްޓީޖަސް އެއްޗެއްކަން މި ލިބެނީ އަހަންނަށް އިހުސާސްކޮށްދޭން. އަހަރެން ގުޅިން، އެ ބޭފުޅުން ވިދާޅުވި، ތިއީ މި ސަރަހައްދުގެ އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވާ އެއްޗެއްކޭ ވަރަށް، ދިރާސާއިންނޭ ތި އިނީ ހޮވިފައި، އެހެންވީމަ ރަނގަޅު ވާނެއޭ ގޮއްސިއްޔާ". ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، އެއީ އެޕްލައިކޮށްގެން ހޮވާ އެެވޯޑެއް ނޫން ކަމަށާއި، އެއީ އޭނާ "ދެނެހުރި"އެއްޗެެއްވެސް ނޫން ކަމަށެވެ.

https://www.facebook.com/fathimath.nahula.56/videos/vb.1435074085/10215171591789874/?type=2&theater

"އެމީހުންގެ ސިޓީގައި އެ އޮތީނުން އަހަރެން ހޮވުނު ގޮތް، އެ އެވޯޑަށް ހޮވޭ ފަރާތްތަކުން ކަނޑައަޅާފައި ވަނީ ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެރެޑޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލްއަކުން. އެ ޕެނަލްގައި ތިއްބަވާނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަވާރީގެ ތަޖުރިބާ ކާރުން". ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، އޭނާއާ ފިލްމީ ދާއިރާގެ އެެއްވެސް މީހަކާއި ގުޅުން ގޯސް ނޫން ކަމަށެވެ. އަދި ނިއުމާއާވެސް ގުޅުން ގޯސް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަހުލާއަށް އެ އެވޯޑް ލިބުނު ރަސްމިއްޔާތުގައި ލަންކާގެ ކުރީގެ ރައީސް މައިތިރިޕަލަ ސިރިސެނާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނިއުމާ ވަނީ ނަހުލާ ވަރަށް ގިނަ ޕްރޮޖެކްޓު ތަކުގައި މަސައްކަތް ކޮށްފައެެވެ. މީގެ ތެރޭގައި ކަލާޔާނުލާ، ޔޫސްފް ފަދަ ފިލްމްތައް ހިމެނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ފަލްކާ

    ކާންދިން އަތުގައި ދަތްއަޅާއިރު ދެން ސުނީތާއަށް ކޮށްލާނެ ވަރު ވިސްނާ..ފިލްމީ ދާއިރާއަށް އަށް މުސްކުޅި މީހުންކޮޅެއް ޒުވާނުނަށް ވެގެން ބޮލުގައި ކުލަލައި ތިމާ ވަރުބަޔަކު ނެތިގެން އުޅޭ ގޭންގް އެއް އުޅޭނެ. ޙަމަ ބިޑިކާ މީހުން..

    347
    7
  2. މުކާބުލާ ސުކާބުލާ

    ކާކު ތެދުހަދަނީ ކާކު ދޮގުހަދަނީ މިތަނުން ނޭނގެ އެއެއްމިއެއް ނޭނގެ

    88
    39
  3. ސަޢިދު

    ތި ނިއުމާއަކީ ވަރައް ޖޭވާ މަންޖެއެއް. ޢަބަދުވެސް މީހަކަށް މޮޅެއް ލިބިއްޖިޔާ ވަރަށް ޖޭ ވާނެ. މީނާ ހިތުން މީނަގެ މުދާގަނޑެއް ފިލްމް އިންޑަސްޓްރީއަކީ. ތިތިބީ މިހާރު އޮއްސިފަ. ބަޔަކު ތިދާއިރާގަ ނޫޅޭތީ ނިއުމާމެނަށް ފުރުސަތު ލިބެނީ. ޢެހެން ނޫންނަމަ ބަޔަކު ގުނުމުގަވެސް ނުލާނެ ކަނބުލޮމެން. ނަހުލާ ހުރިހާގޮތަކުންވެސް މާ ސަޅި

    335
    10
  4. ސ

    ނަހޫ އަލާ ނުލާ މިފެންނަނީ ހަސަދަ ވެރިކަން

    262
    7
    • މަ

      ނިއުމާ އަށް އަދި ލިޔަން އެނގޭނަމަ ކޮބާ ސަލާމަތެއް. ?

      228
      4
  5. ހުދުހުދު

    ނިއުމާ އަށް ހަޖަމް ނުވީ ތި އެވޯޑު ނަހުލާ އަށް ލިބުނީމަ

    253
    3
    • ޫަުަަކަރުހަކުރު

      ކުރާނިކަމެން ނެންދެން ތީ ފިލްމީ ދުނިޔެ

      48
  6. ޖައުފަރު

    ނަހުލާ ހާދަ ފައްކަލޭ !

    191
    8
  7. އާދަނު

    ތި ނިއުމާ އަކީ އެވެސް ގޮތެއްފޮތެއް ނެތް ވ ހަޔާއިކުޑަ އަންހެނެއް

    247
    5
  8. މީހާ

    ނިއުމާ ކަލޭ ދެންތީ ކާކު؟ މަށަކަށް މާ މޮޅުމީހެއްވެސްނޫން މީނަމީ. ބަޔަކު މީނަނަގާ މާމޮޅުކޮށްގެން އުޅުނީމަ މީނަމިހިރީ ފެންވަރު އޮޅިފަ.

    262
    10
  9. އއސ

    ޖޭވީމަ ވާނެ ތިހެއް. މީހަކަށް މޮޅެއް ލިބިއްޖެނަމަ ބަޑު ސަކަރާތްވާ މީހެއް ނިއުމާތީ. މާރަގު މީހަކަށް ވެގަނެގެން އުޅެނީ..

    77
    2
  10. އަސަރު

    ދެން ސަޅިވާނީ ސްނީތާ އެއްޗެއް ބުނެލީމަ

    53
    2
    • ސުނީތާ

      އަހަރެން ވަކި ބުނާނީ ކީކޭ ތިފެންނަނީ ބައެއް މީހުންގެ ހަގީގަތް ނިއު މާ އޭ އަސްލުުވެސް ޖޭބޮނޑި އެއް ކަން އެނގިއްޖެ އެއްނު

      46
  11. ހެހެ

    ނަހުލާ ތިއީ ޓެޑްރީ ވެސް ފަހަތަށް ޖައްސާލި މޮޅު ކުޅަދާނަ އަންހެން ޑައިރެކްޓަރެއް. ފިލްމު އިންޑަސްޓްރީ އެކަކު އަނެކަކަށް ހަސަދަ ވެގެން ކުރިއަކަށް ނުދާނެދޯ. ނިއުމާ، ކަލެއަށް ތިހިރީ ކަލޭ އޮޅިފައި. ދެން މިއީ ރާއްޖޭގައި އެހާވަރުގެ ބޮޑު އިންޑަސްޓްރީއެއްވެސް ނޫންދޯ.

    203
    8
  12. އަހަރެން

    ނިއުމާ ހުންނަނީ މީހަކަށް އެއްޗެއް ނުލިބިފައިތަ ޖައްސާލަން... މަށަށް ވަރަށް ފާހަގަވޭ މީނައަށްވުރެ ކުރިއަރާދާ ކޮންމެ މީހަކާއި މީނަ އަޅައިގަނެގެން އުޅޭކަން.. ކުރިން ސުނީތާ މިހާރު ނަހުލާ... ކާންދޭ އަތުގަަައި ދަތްއެޅޭއިރުވެސް ނޭނގޭ... އަމިއްލަ މީހާގެ އަގު އަމިއްލައަށް ވައްޓާލަނީ... ފިލްމީ ދާއިރާގެ އެންމެން ސިސް ހައްދައިގެން އުޅުނަަސް ޤަދަރެއް އޮތް މީހެއްވެސް ނޫން... ލަދުހަޔާތުގެ ކަންފުޅެެއްވެސް ގައިގައި އުގުޅިލައިފައި ނެތް...

    173
    6
  13. އަހޫ

    އެންމެ 150 ޑޮލަރު ދައްކަން އެއީ ބޮޑެތި ވިޔަފާރިވެރިންނަށް ކޯއްޗެއް. ނަހުލާ އާއި އެއްވަރަށް ފިލްމު ހެދޭ އަދި ޑައިރެކްޓް ކުރެވޭ މީހަކު މިރާއްޖެއަކު ނޫޅޭ. ޢެހެންވެ ގިނަބަޔަކު ބޭނުންވަނީ ނަހޫގެ އަގުވައްޓާލަން. ނަހޫ ފަހަތަކަށް ނުޖެހޭނެ.

    150
    4
    • ދިވެހިސޮރު

      ޜާއްޖޭގަ ކީއްކުރަން، މުޅި އަެސިޔާގަވެސް ހަމަ ނަހުލާ ވަރެއް ނެތް، އާނފަހެ މިއޮތީވާ ވަރުގަދަ ފިލްމް އިންޑަސްޓްރީއެއް މިތާ..

      41
      1
  14. ސޯ ބޭސިކް

    އަނެއްކާ ވެސް މިއޮތީ ނިއުމާ އައް ހަޖަމް ނުވެފަ. އުހގ!

    136
    3
  15. އަޅުގަނޑު

    ނަހުލާއެއް ނިއުމާއެއް ކިޔާނެކަމެއް ނެތް .ފައިސާ ދީގެން ހޮވާދޭ އެވޯޑެއް ތީ. ސްމާރޓް މީހާ ގަތީ.

    34
    98
  16. އއސ

    ހުރިހާ ސްޓާރުން ލައްވާ ސިސް ކިޔުންވައިގެން އެމީހުން ގުބޯ ހައްދައިގެން އުޅޭ ތާކުންތާކު ނުޖެހޭ މީހެއް. ފުރަތަމަ ހަޖަމް ކުރަށް ދަސްކޮންބަލަ ނިއުމާ..

    143
    4
  17. Anonymous

    މޮޔަވެބަލަ ކަލޭމެން ދެއެތިން!! ޭ

    18
    5
  18. ކަމަނަ މުހައްމަދު

    ނިއުމާ އަކީ ވަޜަށް އަހްލާގުދަށް މީހެއް.

    59
    1
  19. ޒީނަތު

    އޯކޭ މައްސަލައެއްނެތް. ނަހޫ ލާރި ދީގެން އެވޯރޑެއް ގަތީ. ނިއުމާ ލާރި ދީގެން ސީޒަން އާ އެއްކޮށް ކޮޓަރިއެއް ތެރެއިން ބަސްޓްވީ. އެވޯރޑަކަށް ލިބުނީ ހައްދު. އެނަމުގައި ފައްތާހު ފިލްމެއްވެސް ހަދާ އެވޯރޑް ހޯދައިފި. އެހެންވީމަ ނިއުމާ އަދިވެސް ޖާރިޔާއަކަށް އުޅެންވީ.

    68
    1
  20. ނިއުމާ

    ނަހުލާއަށް އެ އެވޯޑް ލިބުނީމާ ނިއުމާ މިއަދު އުފާކުރަން ޖެހޭނެވެ. ނިއުމާ މީހަކަށް ވެސް ހަދާދީފައި ތިހުރީ ހަމަ ނަހުލާމެންގެ ބުރަ މަސައްކަތުންނެވެ. މިރާޢްޖޭގައި ފިލްމީދާއިރާގައި އުޅޭ އަންހެން ބަތަލުންގެ ތެރެއިން އެއްމެ ރަނގަޅީ ސްނީތާއެވެ. އޭނާ މީހުންގެ އުފާތަކަކަށް ހަސަދަ ވެރިއެއް ނުވާނެވެ. އޭނާގެ ބުރަމަސައްކަތުން މީހުންގެ ލޯބިހޯދީއެވެ. އެއީވެސް ރާއްޖެއާޢި ރައްޖޭން ބޭރުންވެސް މެއެވެ.

    67
    4
  21. ވަލީދާ

    ނިއުމާއަށް ގަނެވޭނީ ސީޒަން. އެވެސް ބަސްޓުވެގެން ހައްދުޖަހާ ގޮތަށް. ނަހޫ އަށް އެވޯރޑްވެސް ގަނެވިދާނެ. ނިއުމާވެސް ގަނެވިދާނެ.

    47
  22. ޒީނަތު

    ހަޔާތް ކުޑަަކަން އިންތިހާ. ތިމާ މީހާ މީހަކަށް ހެދީ ނަހުލާއޭ. ހިތުން ދެން މާމޮޅޖ މީހަކަށްވެގެބއ. ޝީލާ އަށްވުރެ ވެސް އެކްޓިންގއަށް ދަށް. ޝީލާއާވެސް ހުންނަނީ ޖައްސާލާފަ. ސިސް ނުކިޔާތީ. އަސްލު ކަލޭ ތި ހީކުރާހެނއ ސަރުކާރުން ކަލެޔަކަށް މަތީ މަޤާމެއް ނުދޭނެ. އަޚްލާޤޭ މިކިޔާ ކަންފުޅެއްވެސަ ނެތީމަ. ދެނ ހަޔާތުގެ ކިލަނބުވެފއިއޮތް އަދި ތި ވަމުންދާ ފަސްބައި ރީތި ކުރެވޭތޯ ބަލާބަލަ.

    42
    1
    • ޝީލާ ނަޖީބް

      ބަލަ މަށާ އެ ނުބައިކޮއް ބަނދެފަ އިން ފަންބޮނޑިއާ ތި ކޮންޕެއާ ކުރަނީ. ހެޔޮނުވާވެ އަޅުގަނޑު މީގެތެރެއަށް ނުވައްދާ. މިހާރުވެސް އެ ނިއުމާ މަށާ ބެހިފާނެތި ބިރުން މިގހުންނަނީ.

      39
      1
  23. އަސްލު

    ނަހުލާ އާއި ޖައްސާލަން ނިއުމާ ތީ ކާކު... ނަހޫ ހިނގި މަގަކުންވެސް ނިއުމާ އަށް ނުހިނގޭނެ... ނިއުމާގެ ބަދު އަޚުލާގީ ޢަމަލު... ނިއުމާގެ މުސްކުޅިކަން... ނިއުމާ އެކި ދުވަސްވަރު އެކި މީހުންނާ ޖައްސާލައިގެން އުޅުނުކަން... މި ކަންކަމަކީ ނިއުމާ ބަލައި ނުގަނެވޭނެ ސަބަބުތައް... ވީމާ ހަމަ އަވަހަށް ނިއުމާ މަހައްދޭ! ދޭ ދޭ ދޭ!

    40
  24. ތެދު

    ނިއުމާ ޑައިޖެސްޓް ކު ރަން ދަސްނުވޭތަ އަދިވެސް.?

    38
  25. ސާރާ

    ނިއުމާ އިޒް އޯލްޑްމާ

    34
  26. ގައުމީލޭ

    ނިއުމާ ކަޑަވީޢުތަ
    ތީ ކަޑަ ގޮލަޔެއް

    36
    2
  27. ޤާދިރު

    ނަހުލާއާ ބެހިގަންނަން މީ ދެންކާކު. ކިބުރުވެރިމީހެއް.

    38
  28. މާއި

    ނިއުމާ އެވޯޑެއް ލިބޭނެ ކަމަށް ހެދި ނިވައިރޯޅި ވައި ވީމަ މިހާރު ފިލްމް ކުޅުން ހުއްޓާލާ ވާހަކަ ބުނެވުނު މޮޔަ ހީވެއްޖެޔޯ. ޢަނެއްކާ ކުޅެން ފަށަން ވީއޯ. ތިމާއަށް ނޭގެތަ މިހާރު މީހުން ބަލާހިތް ނުވާވަރަށް މުސްކުޅިވެއްޖެ ކަމެއް.

    39
    1
  29. ޙަދީ

    ﷲިލްމް ކުޅުން ހުއްޓާލީއޭ ކޮޔާފަ އެބަ ފަށާ އަނެއްކާ އަންނަ ޖެނުއަރީގަ. ޞުނާނަމޯ އެއީ ކުރިން އެއްބަސް ވެފަ އޮތް އެއްޗެކޭ. ޅޮލް.
    ޚޮންމެސް ބަތަލާބައި ނުކުޅޭތި. ކަމަކު ނުދޭ

    20
  30. ބޮޑު ހަސްންބެ

    ނިއުމާއަކީ ވަރަށް ޖޭވާ މަންޖެއް. އެހެން މީހަކު ކުރިއަރާ ދަންޏާ ނިއުމާ އާއި ޒީނަތު ތިކަލަ ވާހަކަ ދައްކާނެ. ކުރާނީވެސްކީތް ތަންދޮރު ނުދަންނަ ކައިވެނިކޮއްގެން އުޅެންނޭންގޭ ދެމީހުން ނިއުމާ އާއި ޒީނަތަކީ. ނިއުމާ އާ ހެދި އޭނަގެ ފުރަތަމަ ފިރިމީހާ އަމިއްލައަށް މަރުވީވެސް. އެކަމުގަ ވެސް ސިންޕަތީ ހޯދަންވެގެން އޭނަ އަނިޔާ ކުރީއޭ ކީ. އެގޮތުން ސުނީތާ ކުރިއަރާ ދާތީވެ ޖެލެސްވެގެން އުޅުނު ގޮތް އެން،މެނައް އެނގޭ.

    26
    1
  31. އަސްލު

    މި ނިއުމާ މީ ވަރަށް ހަޔާތްކުޑަ އަންހެނެއް. މީނައަށް ހުންނަނީ މީނަ ވަރެއްނެތި ވަރަށް ފެނިފަ. ބޮޑާ ކިބުރުވެރި އަންހެނެއް. މީހާ މުސްކުޅިވެ ހަންޓޮޓޯވީމަވެސް އަދިވެސް ޅަ ކުދިން އުޅޭހެން އުޅެން ބޭނުންވަނީ. މީނަ ޖައްސާލަން މީހެއް މީހެއްވެސް ނޯވެ. ސޯޝަލް މީޑިއާގައިވެސް އަބަދުވެސް ކޮންމެވެސް މީހަކާ ޖައްސާލާފަ ހުންނަނީ. އެއްވެސްކަހަލަ އަދަބެއް އަޚްލާގެއް ނިއުމާގެ ކިބަޔަކު ނެތް.

    25
  32. ހައިރާން

    އަސްލު މަށަށް މީގެން ސާފުވީ އެންމެ ކަމެއް. ނިއުމާ އަކީ މީހުންނަށް ކިތަންމެ ރީއްޗަށް ހީލާފައި އުޅުނަސް ވަރަށް ހިތް ނުބައި މީހެއްކަން. މާތްﷲ ނިއުމާއަށް ހެޔޮ ވިސްނުން ދެއްވަވާށި! އާމީން.

    42
  33. ހައިރާން

    ކުރިމަތި ލައިގެން ހޮވުނު ނަމަވެސް، ފައިސާ ދީގެން ހޮވުނު ނަމަވެސް، ނަހުލާ އަށް ލިބުނީ ހައްޤު އެވޯޑެއް. މީހެއްގެ ލަގޮނޑިއަށް ކިތަންމެ ބާރެއް ކުރިޔަކަސް. ނަހޫ އަށް ލިބިފައި އޮތް ސިޓީ ކިޔާލުމުންވެސް އިނގޭ އެއީ ފައިސާދީގެން ބައިވެރިވެފައި ނޫންކަން. ނިއުމާމެން ކަހަލަ ކުދިންނަށް ނުވިސްނިގެން ކާންދޭ އަތުގައި ދަތް އެޅިޔަސް މަށަށް ހީވަނީ ލިޔަންކިޔަން އެނގޭ މީހަކު އެ ސިޓީ ކިޔާލިޔަސް އެނގޭނެ ކަންނޭނގެ ހޮވުނު ގޮތް. ދެން ވެދާނެ ނިއުމާއަށް އެކަހަލަ އެވޯޑެއް ނުލިބޭނެތީ ފައިސާ ދީގެން ބައިވެރިވާން ވިސްނަނީ ކަމަށް..!!!!

    27
  34. ކޮށިކަތިވަޅި

    ދިވެހި އަންހެނުންނަކީ ހާދަހާ ހަސަދަވެރި ބައެކޭ ދޯ ލިބޭހާ އެއޗެއް ނިއުމާކަމަކުން ނުލިބި ހިނގައިދާނެތާ ދެން އެކަމާ ކޮން ހަސަދައެއް އަނެއްކޮޅުން ނިއުމާމެން ނުވާނެތާ ނަހުލާމެން ފައިދޮވުނު ފެންފުދުހާވަރުވެސް ނިއުމާވެސް އެކަން ގަބޫލު ކޮށްބަލަ (ނިއު ޖޭނުވެބަލަ)

  35. ބޮޑު ހަސްންބެ

    ގޯ ރު ހެލް ނިއުމާ

    9
    3
  36. މީން

    މީގައި މީނީއެންމެ މީހެއްގެ ކޮމެންޓެއް...

    2
    2
  37. އިރުޝާދު

    ބަލަ ނިއުނާ ނޫޅެތަ ތި އިންޑަސްޓްރީ އިން ފެޔަށް ޖެހޭކަށް. 90 ގެ އަހަރުތަކުގައި އަދި 2000 ގެ ކުރީ ކޮޅު ކުޅެފަ ހުރި ފިލްމްތައް ކުޑަކޮށް ރަނގަޅު. މިހާރު ހުވާ މިބުނީ ހާދަ ފޫއްސޭ މީނަ އުޅޭ ފިލްމްބަލަން. އަނެއްކާ މީނަ ނޫޅޭ ފިލްމެއްވެސް ނެތް. ކޮންގޮތަކަށް ބަލާފަތަ މީނަ އަށް ފިލްމުތަކުން ފުރުސަތު މި ދެނީ. މިހާރު ހުންނަ ވައްތަރެއް . ކިތަންމެ ޒުވާންވާން އުޅުނަސް ދެން ނުވާނެ.

    12
  38. ސްޓިކް ހައުސް ޒަކިއްޓޭ

    ދެ ފިލްމު ކުޅެވޭއިރަށް މި މީހުން މިއުޅޭގޮތެއްދޯ

  39. ކުޑޭ

    ނަހުލާ އަދި ނިއުމާ އަކީވެސް އަހަރެން ދުވަހަކުވެސް ވާހަކަވެސް ދެއްކި ބައެއްނޫން. އެކަމުވެސް މި ޤައުގައި އުޅެ، ކޮންމެވެސް ވަރަކަށް ކަންކަން ވާގޮތް ބަލާލުމުން ދެމީހުންވެސް ވަރަށް ތަފާތު. ނަހުލާ ފެންނަނީ މީހުންނާ ގުޅޭ، ހިންގުންތެރި ވަރަށް ހިވާގި އަދި ޒިންމާދާރު މީހެއްގެ ގޮތުގައި. އަދި އާއިލާއާއިއެކު ވަރަށް ލޯބިން ހަމަޖެހިގެން އުޅޭ ދިވެހިވަންތަ މީހެއްގެ ގޮތުގައި. އެކަމަކު ނިއުމާ މިހުރިހާ ކަމަކާވެސް ވަރަށް ތަފާތު. އެކަންކަމުގެ ދިމާ އިދިކޮޅަށް. ވަކިން ހާއްސަކޮށް ނިއުމާގެ ކޮންމެ އިންޓަވިއުއެއްގަވެސް ފާހަގަކުރެވޭނެ އަބަދުވެސް ތިމާގެ މޮޅުވާހަކަ ނުވަތަ ތިމާގެ ހިތްވަރު ގަދަކަމުގެ ވާހަކަ، ނުވަތަ ތިމާއަށް ވުރެ ރަގަޅު އެއްވެސް ކަމެއް ހައްގު މީހަކު ނެތްވާހަކަ ތަކުރާރުކޮށް ދައްކާނެ. ސުނީތާއަށް ކުރިވަރު މިތާ ނުލިޔުނަސް އެގޭނެ.

  40. މަށޭމީ

    ނިއުމާ އަކީ މަށްހޫރު ތަރިއެއް ނަމަވެސް ވަރައް ފޮނި އަންހެނެއް.ނަހޫ އަކީ އެންމެން ނާ ވަރަށް ގުޅިގެން މައްކަތް ކުރާ އަންހެނެއް.

    3
    1
  41. ލިއުނާ

    ނިއުމާ އަކަށް ނުވާނެ ހަޖަމެއް އެއްވެސް ކަމެއް...

    3
    1
  42. ޙުކުމް

    މީހުންގެ މަސްކެއުމުގެ ކުރިން ކަމުގެ ދެކޮޅު ވެސް ބަލަންޖެހޭ. ފިލްމުކުޅޭ މީހާގެ އަޚުލާޤު މިންކުރާއިރު، ފިލްމުކުޅުވާ މީހުން އެކުރަނީ ހަމަ ޤައުމީ ޚިދުމަތާ އަޅުކަންތައްތޯ؟

    3
    1
  43. ބާބޫ

    ނިއުމާޔަށްވެސް އެވޯޑެއް ދޭން މިހާރު އެބަ ވިސްނަމޭ އެއީ ވަރަށްވެސް ތަފާތު އެވޯޑެއް މިބުނާ އެވޯޑް ލިބޭނީވެސް ވަރަށް ލަދުޙަޔާތްކުޑަ މީހުންނަށް ނިޢުމާއަކީ އެފެންވަރުގެ މީހެއްކަމަށް އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން ނިޢުމާގެ ނުހުންނާނެ ލަދުޙަޔާތުގެ ކުނޑިފުޅެއްވެސް އަޅުގަނޑަށް މިކަން އެނގި ޔަޤީންވާތީ މިހެން މިބުނަނީ

  44. ދުރުމި

    ތިޔަ އެވޯޑުތަކެއް ލިބިގެން ކުރާނެ އުފަލެއް މިއަދު ކުރޭ އަދި ނުލިބިގެން ކުރާ ހިތާމައެއް މިއަދު ކުރޭ.. ތިޔައީ ކުޅިވަރެއް ކަމުގައި އަދި މަޖަލެއްކަމުގައި މެނުވީ ނުވެއެވެ.. ކޮންމެވެސް އެހެންކަމެއް ނުލިބިގެން އުޅެބަލަ.. ނިއުމާ ވެސް ހެޔޮ ނިއުމަތަކަށް އެދިގެން އުޅޭ...