ދުންފަތާއި އެއާއި ގުޅިފައިވާ ގިނަގުނަ ބާވަތްތަކަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަހަރެމެންގެ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ކުރުވާ އެއްޗެއްސެެވެ.

ދުންފަތުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާއްމު ގޮތެއްގައި މީހުން ބޭނުން ކުރަމުން އަންނަނީ ސިނގިރޭޓެވެ. އެތައް ބިލިއަން ބަޔަކު ކޮންމެ ދުވަހަކުވެސް ސިނގިރޭޓަކީ ހަށިގަނޑަށް ގެއްލުން ދޭ އެއްޗެއްކަން އެނގިހުރ،ެ ސިނގިރޭޓު ބޮނީ ކީއްވެގެން ކަމެއް ނުވިސްނެއެވެ.

ކޮންމެއަކަސް އެފަދަ މީހުން ބަލަން ޖެހޭ ކަހަލަ ވީޑިއޯ އެއް ދައްކައިލަފާނަމެވެ. ޗައިނާގެ މީހަކު މަރުވުމުގެ ކުރިން އޭނާ ވަނީ އެ މީހާގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ހޮސްޕިޓަލު ތަކުގައި އެ ގުނަވަންތައް ބޭނުންވާ މީހުންނަށް ހަދިޔާ ކުރަން ނިންމާފައެވެ. އޭނާގެ މަރާއި އެކު އާއިލާގެ މީހުން ކަންތައް ކުރީވެސް އެގޮތަށެވެެ.

ނަމަވެސް، ޑޮކްޓަރުން އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އެހެން މީހުންނަށް ދިނުމުގެ ކުރިން ޓެސްޓު ކުރިއިރު އެމީހުންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އެއީ އޭނާގެ ފުއްޕާމޭ އެއްކޮށް އަނދައި، ކަޅު ކުލައަށް ބަދަލުވެފައި ވާތީއެވެ. އެހެންކަމުން ގުނަވަން އެހެން މީހަކަށް ދެވޭ ގޮތެއްވެސް ނުވިއެވެ.

އުމުރުން އެންމެ 52 އަހަރުގައި އެ ފިރިހެން މީހާ މަރުވެފައި ވަނީ އެތައް އަހަރެއް ވަންދެން ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުންނެވެ. ވީޑިއޯ އިން ފެންނަހެން އޭނާގެ ފުއްޕާމޭ އެވަނީ ދަރުގަނޑެއްހެން އަނދާފައެވެ. ތިމާގެ މުސްތަގުބަލާއި އަމިއްލަ ނަފްސާިއި، އަނބިދަރިންގެ އިތުރުން ގާތް މީހުންނަށް ވިސްނާ ނަމަ، އަވަހަށް މިފަދަ ކަންކަމާއި ދުރުހެލިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރާށެވެ.