ފިލްމީ ދާއިރާގައި އަރަމުން އަންނަ އެއް ތަރިއަކީ ރިތިކް ރޯޝަންއެވެ. އޭނާގެ ނެށުމުގެ ހުނަރުވެސް ގިނަބަޔަކު އަންތަރީސްކޮށްލާއިރު، އޭނާ ކުޑައިރު ނަށާ ވީޑިއޯއަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އޭނާ ކުޑައިރުވެސް ނަށަން އެހާ މޮޅެވެ. އޭނާ ކުޑައިރު ނަށާ ވީޑިއޯ މީސް މީޑިއާއަށް ދޫކޮށްލީ މަންމަ ޕިންކީ ރޯޝަން އެވެ. އެ ވިޑިއޯ އިން ފެންނަނީ ރިތިކް ކައިވެނީގެ ހަފްލާއެއްގައި ނަށާ މަންޒަރެވެ.

މީގެ 35 އަހަރު ކުރީގެ އެ ވީޑިއޯގައި ރިތިކް ފެންނަނީ، ނޫ ކުލައިގެ ގަމީހަކާއި، ހުދު ޖީންސެއް ލައިގެން ހުންނަ މަންޒަރެެވެ. އަދި އޭނާ ފެންނަނީ އިތުރު އަންހެން ކުއްޖަކާއެކު ނަށާ މަންޒަރެވެ.

އެއީ ރިތިކް އުމުރުން 10 އަހަރުގައެވެ. އެ ވީޑިއޯ ފެށެނީވެސް އަންހެން ކުއްޖަކު ނަށާ ތަނުންނެވެ.

https://www.instagram.com/p/B49grL5Jc-i/?utm_source=ig_embed&utm_campaign=embed_video_watch_again

ރިތިކް އެ ވީޑިއޯ މީސް މީޑިއާއަށް ލުމާއެކު، އޭނާގެ ފޭނުން ވަނީ އޭނާއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އަދި އެއިރުވެސް ރިތިކްގެ ނެށުން އެހާ ފުރިހަމަ ކަމަށް ދިޔައީ އޭނާގެ ފޭނުން ދިޔައީ ބުނަމުންނެވެ.

މިގޮތަށް ވާހަކަދައްކަމުން ދިޔަ މީހުން ވަނީ، ރިތިކްގެ މަންމައަށް ޝުކުރު އަދާކޮށްފައެވެ. އެއީ އެ ވީޑިއޯ އެ މީހުންނާއި ހަމައަށް ގެނެސްދިނީތީއެވެ.