"އަޔަން މޭން" އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މި ޒަމާނުގައި މަދު ވާނެއެވެ. މާވެލްގެ "އަޔަން މޭން" އަކީ މަގުބޫލް ކެރެކްޓާ އެއް ކަމުގައި ވާއިރު، އިންޑިއާ ސިފައިނުން މިވަނީ އަޔަން މޭނުންނަށް ބަދަލުވުމުގެ މިސްރާބަށް ދާން ފަށައިފައެވެ.

އެ ގައުމުގެ އުއްތަރު ޕްރަދޭޝްގައި އޮންނަ ވަރަނަސީ އަށް ނިސްބަތްވާ އާއްމު ރައްޔިތަކު ވަނީ ދާދި ފަހުން އަޔަން މޭން ސޫޓެއް ހަދައި، އެ ގައުމުގެ އަސްކަރިއްޔާ އާއި ހަވާލު ކޮށްފައެވެ. ޝީޔާމް ޗައުރޭސިއާ ނަމަކަށް ކިޔާ އެ މީހަކީ ޓެކްނޮލެޖީގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމުގައި ވާއިރު، އޭނާ ބުނާގޮތުން މިފަދަ ސޫޓެއްގެ ބޭނުން އިންޑިއާ އަސްކަރިއްޔާ އަށް ނުހަނު ބޮޑު ވާނެއެވެ.

"އަހަރެން ގޮވާލަން މި ގައުމުގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރައްވާ މީހުން މި ސޫޓު އިތުރަށް ތަރައްގީކޮށް، ބޭނުން ކުރެވޭނެ ގޮތް މަގުފަހި ކުރުމަށް. މިކަން ކުރަން މިހާރު ޕާކިސްތާނުންވެސް ވަނީ ފަށާފައި. މިއީ ދުޝްމަނުންނާއި ކުރިމަތިލާއިރު ވަރަށް މުހިއްމެ އެއްޗެއް. ސިފައިންގެ ފުރާނަ އަކީ އަގުބޮޑު އެއްޗެއްކަން އެންމެނަށްވެސް އެނގޭ. މިފަދަ ސޫޓަކުން އެމީހުންނަށް ރައްކާތެރިކަން ލިބޭނެ" ޝިޔާމް ބުނެފައި ވެއެވެ.

އަޔަން މޭން ސޫޓު ހެދި އިންޑިއާ މީހާ

މި ސޫޓު އަދި ހަދާފައި ވަނީ ޓިނު ބޭނުން ކޮށްގެން ހަމައެކަނި ބަލާލެވޭ ގޮތަށެވެ. ނަމަވެސް، މި ޕްރޮޖެކްޓަށް ފައިސާ ހަމަޖެހުމާއި އެކު ޝިޔާމް ވަނީ ބޭނުން ކުރެވޭ ގޮތަށް، އަސްލު ބަޑިތަކާއި އެކު މި ސޫޓު ހަދާނޭ ކަމަށް ބުނެފައެވެ. މި ސޫޓު ލައިގެން ހުންނައިރު ފަހަތުން މީހަކު އަންނަކަންވެސް ސެންސަރުތަކުގެ އެހީގައި އެނގޭނެއެވެ. އަދި ރިމޯޓުންވެސް އެ ސޫޓު ކޮންޓްރޯލް ކުރެވޭނެކަން ފާހަގަކޮށްލެވެއެވެ.

މި ސޫޓުގައި ހެލްމެޓެއްވެސް އިންނައިރު، އެ ލައިގެން ހުންނަ މީހާ އަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެން ދާނެއެވެ. ނަމަވެސް މި އުފެއްދި މީހާ މި ސޫޓު ބޭނުން ކުރަން ގޮވާލާފައި ވަނީ ޕާކިސްތާނާއި ގުޅޭ ބޯޑަރު ކައިރީގައެވެ. އިންޑިއާ ސިފައިން ޕާކިސްތާނަށް ދޭތެރެ ތޭރެއިން ހަމަލާތައް ދޭއިރު، އެ ގައުމުގެ މިސްލުމުންގެ ހައްގުތައްވެސް ދަނީ ހުއްޓުމެއް ނެތި ނިޣުޅައިގަންނަމުންނެވެ. މިފަދަ ސޫޓެއް އެމީހުން ޕާކިސްތާނަށް ވުރެން ކުރިން އުފައްދައިފި ނަމަ އޭގެ ގެއްލުން އެންމެ ފުރަތަމަ ލިބޭނީ މުސްލިމުންނަށް ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކުރުބެ

    ތިޔަ ސޫޓު ލައިގެން މީހުންގެ ޅަދަ ރިން ކޮޅު ރޭޕްކޮއްލާނެ، އިންޑިޔާ މީހުންގެ ކަށީގަ ހިފާފަ ހުންނަކަމެއް ގެ ރިބޯދީ????

    29