މިއީ މިލިއަން ކުދިންގެ ތެރެއިން އެކަކަށް ކުރިމަތިވާ ބައްޔެކެވެ. ބޭރަށް ދާއިރު އިރުގެ އަލިން މީހާ ރައްކާތެރި ކުރުމަށް ހާއްސަ އެއްޗެއް ބޭނުން ކުރަން ޖެހެއެވެ. އޮލިވާ ކެއި ނަމަކަށް ކިޔާ މި ކުއްޖާއަކީ ޒެރޮޑެރްމާ ޕިގްމެންޓޯސަމް ނަމަކަށް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ހުންނަ ކުއްޖެކެވެ.

އޮލިވާއަށް މި ބަލި ހުރިކަން އެނގުނީ އެންމެ 18 މަހުގައެވެ. އެއީ މޫނުގައި ކަޅު ކުލައިގެ އެއްޗެހިތަކެއް ނަގަން ފެށުމުންނެވެ. މިއީ އިރުގެ ސަބަބުން ހަންގަނޑަށް ދިމާވާ މައްސަލައެއް ނަމަވެސް، ރަނގަޅުވުމަކީ އުނދަގޫ ކަމެކެވެ.

މިހެންވުމުގެ ސަބަބުން އޮލިވާއަށް ހަންގަނޑަށް ޖެހޭ ކެންސަރު ޖެހުން ވަރަށް ބޮޑަށް ގާތްކަމަށްވެސް ވެއެވެ. އެހެންކަމުން އޮލިވާގެ އާއިލާއިން ދަނީ އޭނާ އިރުގެ އަލިން ރައްކާތެރި ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް އޮލިވާ ބޭރަށް ދާނަމަ އިރުގެ ހަކަތައިން ހަންގަނޑު ރައްކާތެރި ކުރުމަށް ބޯ ޕްލާސްޓިކް ވައިސާގެ އިތުރުން އަތަށް އަންގިވެސް ލައްވައެވެ.

އަދި އޭނާ އެޅުމަށް ވަކިން ހާއްސަ ހެދުންތަކެއްވެސް ވަނީ ބޭނުން ކުރަން ފަށާފައެވެ. އޭނާ އިރުގެ އަލިން ރައްކާތެރިކޮށް ބެެލެހެއްޓުމާށް އާއިލާއިން ތިބީ އަތުކުރި އޮޅާލައިގެންނެވެ.