އެމެރިކާގައި ފުލުހުން ގެންގުޅުނު ކުއްތާއެއް ކުޑަ ކުއްޖެއްގެ ގައިގަ ދަތް އަޅައިފި އެވެ.

އުމުރުން 14 އަހަރުގެ މިކުއްޖާ ގެ ހަށިގަނޑުގެ ދެތަނެއްގައި ކުއްތާ ދަތް އަޅާފައިވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެ އެވެ. މި ހާދިސާ ހިނގީ ފުލުހުން ކުއްތާ ގެންގުޅެނިކޮށް އެ ކުއްތާ ދޫވުމުން ކަމަށް ވެއެވެ. އެ ކުއްތާ އަކީ ކޮށީގައި ގެނގުޅުނު ކުއްތާ އެއްކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ފަރުވާ ދެމުން ދާއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ. މި ކުޑަ ކުއްޖާ އަށް މި ކުއްތާ ހަމަލާ ދިނީ އޭނާ ދިރިއުޅޭ ގެ ކައިރިން ކުއްތާ ފެނުމުން، ނަގައިގެން ގޮސް ގޭގައި ގެންގުޅެނިކޮށް ކަމަށް ވެއެވެ

އެމެރިކާގެ ފުލުހުން ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެ ކުއްތާ ކުއްޖާ ގައިގައި ދަތް އަޅާފައިވަނީ ކުއްތާ ކަރުގައި އަޅާފައި އޮތް ބޮޅު ނައްޓުވާލަން އުޅުމުންނެވެ. އެ ކުއްތާ ދަތް އަޅާފައިވަނީ އެކުއްޖާ މޫނުމަތީގައި އާއި މޭމަތީގައެވެ.

މިހާރު އެކުއްތާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެފަރާތްތަކުން ވަނީ މި ހާދިސާ އާއި ގުޅިގެން، ކުއްތާ ގެންގުޅުމުގައި މިހާރަށް ވުރެ ފަރުވާތެރިވާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު