ކައިވެންޏަށް ތައްޔާރުވަމުން އަންނަ ސިޑްނީއަށް ނިސްބަތްތާ ކައިލީ މުލްކަޗީ މީހަކާއި އިންނަން ވެގެން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާ މިއަހަރު މާރިޗް މަސް ތެރޭގައި ކައިވެނިކޮށްފިއެވެ.

އެ މަސައްކަތް އޭނާ ފެށިއިރު، ބަރުދަނުގައި 120 ކިލޯ ހުއްޓެވެ. މިހާރު އޭނާ ވަނީ 50 ކިލޯ ލުއިކޮށްފައެވެ. އޭނާ ބަރުދަން ލުއި ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ގޭގެ ސިޓިންގ ރޫމްގައި އެކްސަސައިޒްކޮށްގެންނާއި، ކެއުންތައް މަދު ކޮށްގެންވެެ.

ކައިލީ ބުނީ، އޭނާ ފަލަކަމުން ކައިވެންޏަށް ލާނެ ހެދުމެއް ހޯދަން، އެކަހަލަ ފިހާރައަކަށް ދިޔަޔަސް، އޭނާ ލާނެ ވަރުގެ ނުލިބޭނެ ކަމަށް އޭނާ އަށް ވިސްނުނު ކަމަށާއި، އަދި މީހުންގެ މަލާމާތް އޭނާއަށް ރައްދުވާނެ ކަމަށްހީ ވި ކަމަށެވެ.

އެވ ވިސްނުމުގައި ހުރެ، އޭނާ ބަރުދަން ލުއި ކުރަން ފެށީ ކައިވެންޏެއް ކުރެވޭނެ ދުވަހަކަށެވެ. އޭނާ ވަނީ އެންމެ ފަހުން ކައިވެނީގެ ހެދުން ވިއްކާ ފިހާރައަކަށް ގޮސް، އެފަދަ ހެދުމެއް އޭނާއަށް ލެވޭނެ ކަމުގެ ޔަގީންކަންވެސް ހޯދާފައެވެ.

"އަހަރެންނަށް އެ ތަނުގައި ހުރި ގިނަ ހެދުންތައް ލެވޭ"

2017 ވަނަ އަހަރު އޭނާ ފެށި އެ މަސައްކަތް 12 މަސް ތެރޭައި ނިންމާލިއިރު، ބީޗުގައި ބޭއްވި ހަފްލާއެއްގައި ލޯބިވެރިޔާއާ އޭނާވަނީ ކައިވެނިވެސް ކޯށްފައެވެ.

އޭނާ ބުނީ، ބަރުދަން ލުއި ކުރުމަށް ޕާސަނަލް ޓްރެއިނާއެއްގެ އެެހީގައި 2016 ވަަނަ އަހަރު މަސައްކަތް ފެށި ނަމަވެސް، އެކަމުން އޭނާއަށް ކުރިއެރުމެއް ނުލިބުނެވެ.

އަދި އެކަމާއި ހަދާނެ ގޮތް ހުސްވެފައި ހުއްޓާ އެންމެ ފަހުން އޭނާ ވިސްނީ ޑޮކްޓަރަށް ދައްކާށެވެ. އަދި އޭނާ ފަލަވާން މެދުވެރިވި ސަބަބު އޭނާ ހޯދިއެވެ. އޭނާ ފަލަވާން މެދުވެރިވީ ޕީސީއޯއެސްގެ ސަބަބުންނެވެ.

އެންމެ ފަހުން އޭނާ ނިއުޓްރިޝަނިސްޓަަކަށް ދައްކާ ހާއްސަ ޑައިޓެއް ފެށިއެވެ. އޭނާ ކައިރީ ނިއުޓްރިޝަނިސްޓް ބުނެފައި ވަނީ، ޑެއިރީ އާއި ގްލޫޓެން ހުއްޓާލުމަށެވެ.

އަދި ތަފާތު މީލް ޕްލޭނެއް ހަދާ ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ޔޫޓިއުބް އިން ވީޑިއޯ ބަލާ، އެކްސައިސް ކުރަން ގޭގައި ފެށިއެވެ.

އަދި ކައިވެންޏަށްޓަކައި ބަރުދަން ލުއި ކުރުމުގެ މަސައްކަތް ކާމިޔާބުކޮށް، އެ ދަތުރު ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު