ޕާކިސްތާނުގެ އަންހެނަކު ކައިވެނި ކުރަަން ހެދުން އެޅިއިރު، ގަހަނާގެ ގޮތުގައި ޓޮމާޓޯ ބޭނުން ކުރި ސަބަބު ހާމަކޮށްފިއެވެ.

އެ ޒުވާން އަންހެން މީހާ ގަހަނާގެ ގޮތުގައި ޓޮމާޓޯ ބޭނުން ކުރުމުން އެތައް ބައެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުވިއެވެ.

އެ ޒުވާނާ ކައިވެނީގެ ރީތި ހެދުމަކާއެކު، ރަން ގަހަނާގެ ބަދަލުގައި ޓޮމާޓާ ބޭނުން ކޮށްފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ އަންހެން މީހާއަކީ ލާހޫރަށް ނިސްބަތްވާ މީހެކެވެ. އެ ވީޑިއޯގައި އަންހެން މީހާ ރަން ކުލައިގެ ހެދުމެއް އަޅައިގެން ހުރިއިރު، އޭނާގެ ކަރުގައި އަޅާފައިވާ ފަށާއި، ކަންފަތު މުދީގެ ގޮތުގައި އާއި އިސްތަށިގަނޑަށްވެސް ބޭނުންކޮށްފައި ހުރީ ޓޮމާޓޯ އެވެ.

އޭނާ މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، ޓޯމާޓޯގެ އަގު ވަރަށް ބޮޑު ކަމަށާއި، އެންމެ ޓޮމާޓޯއެއްގެ އަގުވެސް އެތައް ގުނަ އަކަށް އިތުރުވެފައިވާ ކަމަށެވެ.

"އެހެންވެ އަހަރެން ހިތަށް އެރީ ކައިވެނީގެ ހަފްލާގައި ގަހަނާގެ ގޮތުގައި ރަނުގެ ބަދަލުގައި ޓޮމާޓޯ ބޭނުން ކުރީ". އެ ޒުވާނާ ބުންޏެވެ.

ޕާކިސްތާނުގެ ޓޮމާޓޯ ކިލޯއެއްގެ އަގު ވަނީ 300 ރުޕީސްއަށް އަރާފައެވެ.

މީގެ ކުރިން ފިޔާ އަގުބޮޑުވި ދުވަސްކޮޅު އަންހެނަކު ގަހަނާގެ ގޮތުގައި ފިޔާ ބޭނުންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހަހަހަހަހަ

    އޭޝް

    11
  2. ބޮޑު ހަސްންބެ

    އަހުރެރެންގެ އަނބިކަނބަލުންގެ ގަހަނާއަށް ހަދާނީ އަހިވަށް.