ކުއްތާގެ ބޮޑުކަމުދާ ތަކެތި ބޭނުން ކޮށްގެން ފިލިޕިންސްގައި ގާ ތައްޔާރު ކޮށްފިއެވެ.

މިއީ ފިލިޕިންސްގެ ޕަޔަޓާސް އަވަށުގައި ހުންނަ ސްކޫލެއްގެ ދަރިވަރުން ހަަދާފައިވާ ދިރާސާއެކެވެ. މިގޮތަށް ކުއްތާތަކުގެ ބޮޑުކަމުދާ ތަކެތި ބޭނުން ކޮށްގެން ގާ ތައްޔާރުކޮށްފައިވަނީ އެގައުމުގެ މަގުމަތީގެ ރީތިކަން ހިފެހެއްޓުމަށް ކަމަށް އެދަރިވަރުން ވަނީ ބުނެފައެވެ.

އަދި މިގޮތަށް މިކަން ކުރުމުން ގާ ތައްޔާރުކުރުމަށް މާ ބޮޑު ހަރަދެއްވެސް ނުދާނެ ކަމަށް އެދަރިވަރުން ވަނީ ބުނެފައެވެ.

ކުއްތާގެ ބޮޑުކަމުދާ ތަކެތި ބޭނުން ކޮށްގެން ގާ ތައްޔާރުކުރުން ބޭނުން ކޮށްފައިވަނީ ހިކިފައި ހުންނަ ކުއްތާގެ ބޮޑު ކަމުގެ އިތުރުން ސިމެންތި ކޮޅެކެވެ. މި ދެވައްތަރު ދެންވަނީ ރަނގަޅަށް އެއްކޮށް ވަނީ އާދައިގެ ގާ ސައިޒަށް ހަދާފައެވެ.

މިދިރާސާގައި ބައިވެރިވި ދަރިވަރުން ބުނެފައިވަނީ މިއީ ވަރަށް ކާމިޔާބު ދިރާސާއެއް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ސަރުކާރުގެ ފަރާތުންވެސް މިކަމަށް އެއްްބާރަލުން ލިބޭނެ ކަމަށް އެދަރިވަރުން ވަނީ އުއްމީދު ކޮށްފައެވެ.

"މިކަމަކީ ވަރަށްވެސް ފުރިހަމައަށް ކާމިޔާބާއެކު ކުރެވިފައިވާ ކަމެއް. އަހަރުމެންގެ ގައުމުގެ މަގުތައްވެސް ވަރަށް ރީތިވާނެކަމަށް ބެލެވެނީ. އުއްމީދަކީ ކުރިއަށްއޮތް ދުވަސްތަކުގައި ސަރުކާރުގެ ފަރާތުންވެސް މިކަމަށް އެއްބާރަލުން ލިބޭނެ ކަން" ދިރާސާގައި ބައިވެރިވި ކުއްޖަކު ބުންޏެވެ.

މިދަރިވަރުން ތައްޔާރުކޮށްފައިވާ ގަލުގައި ބަރުދަނުގައި ހުންނަނީ 20 ގްރާމެވެ. އެގޮތުން 10 ގްރާމް ކުއްތާގެ ބޮޑުކަމެވެ. އަދި 10 ގްރާމް ސިމެންތިއެވެ. އެދަރިވަރުން ބުނެފައިވަނީ އެގާ ޕޭވްމެންޓްގެ އިތުރުން ކުދިކުދި ކަންކަމަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ކަހަލަ ވަހެއްވެސް އެކުލެވިގެން ނުވާނެ ކަމަށް އެދަރިވަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ހުރިހާ މަގެއް ގަދަވެގެންވާ ނަޖިހުން ނަޖިސްވީނު

    17
  2. ކިޔާލު

    މޮޅު އެކަމު ހަޑި

    7
    1