ދިވެހި އަންހެނުން ކޯޓް ލައިގެން އުޅޭތީ އެކަން ބޮޑު މައްސަލައަކަށް ވެގެން ދިވެހި ފިރިހެނުން އުޅޭ ކަމަށް ބުނެ ބަޔަކު ވަނީ މީސް މީޑިއާގައި ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭންގައި އަންހެނުން ކޯޓްލައިގެން ތިބެ "ސޫޓްސްމީ" ހޭޝްޓެގް ޖަހައިގެން ފޮޓޯތަކެއް އާއްމު ކުރަމުން އެބަގެންދެއެވެ. ނަމަވެސް ފޮޓޯތައް އާއްމު ކުރާ ބައެއް މީހުންނަށް ވެސް ހަޤީޤަތުގައި މިއީ ކިހިނެއް ވެގެން އުޅޭ ކަމެއް ކަން ނޭނގެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ފިލްމް އެވޯޑްގައި އަންހެނަކު ފިރިހެނެއްގެ ގޮތުގައި ހެދުން އަޅައިގެން އެ އެވޯޑް ނައިޓަށް ހާޒިރުވިއެވެ. އޭނާ އާއި އެކު އަންހެނެއްގެ ހެދުމުގައި ވެސް އަންހެނަކު ހުއްޓެވެ. މަންޒަރު ފެނުނު މީހުން ހީކުރީ އެއީ ދެމަފިރިން ކަމަށެވެ. ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެނަކާއި ފިރިހެނަކު ކަމަށެވެ.

ހަޤީޤަތް އެނގުނު ބައެއް މީހުން ފާޑުކިޔުން "ފިރިހެން ހެދުމުގައި" ހުރި އީނާ އަށް އަމާޒުވިއެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ކަމެއް ކަމަށް ވެސް އެއްބަޔަކު ބުންޏެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި މިފަދަ ހެދުމުގައި ޖިންސް އޮޅޭގޮތައް މުޖުތަމަޢުގެ ތެރެއަށް ނިކުތުމުގެ ބޭނުމަކީ "ގޭ ރައިޓްސް" ނުވަތަ "އެލްޖީބީޓީ" ގެ ޙައްޤުތަކަށް ފާޅުގައި ވަކާލާތު ކުރުމުގެ ފެށުމެވެ.

އޭނާ މީސް މީޑިއާގައި އާއްމުކޮށްފައިވާ އެތައް ބައިވަރު ފޮޓޯތަކުން އެނގޭ ގޮތުގައި އޭނާ މުޅިން ވެސް ހުންނަނީ ފިރިހެން ހެދުމުގައެވެ. ޕާޓީއަކަށް ދިޔަސް، މަގުމައްޗަށް ނިކުތަސް، ވަޒީފާ އަށް ދިޔަސް ހުންނަނީ ފިރިހެން ހެދުމެއްގައެވެ.

ރާއްޖޭގައި އަންހެނުން ކޯޓު ލައިގެން އާއްމުތަންތަނުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ކޯޓް ލައިގެން ހުރި އަންހެނަކު ކޯޓު ލައިގެން ހުރީތީ އެކަމަށް ފާޑުކިޔާ ފުރައްސާރަ ކުރުމުގެ އަމަލެއް މީގެ ކުރިން ހިނގިކަމެއް ޔަގީނުން ވެސް އެހެން މީހުންނާއި ހަމައަށް ތިލަވެފައެއް ނުވެއެވެ.

އިސްލާމްދީނުގައި މަނާ ކުރައްވާ ކަންތައްތައް ދިވެހިންގެ ތެރޭގައި އާއްމުވަމުން ދާނަމަ އެކަމާއި ދެކޮޅަށް ވާހަކަ ދައްކާނެއެވެ.

ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، އަންހެނުން ފިރިހެނުންގެ ހެދުން ލުމާއި ފިރިހެނުން އަންހެނުންގެ ހެދުންލުން މަނާކަން އަންގަވާ އިޢްލާންކުރައްވާފައެވެ.

މިގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ: لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ‏
ޙަދީޘުގެމާނަ: "އަންހެނުންގެ ހެދުންއަޅާ ފިރިހެނާއި، އަދި ފިރިހެނުންގެ ހެދުންއަޅާ އަންހެނާއަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

އަދި އެހެން ޙަދީޘެއްގައިވެއެވެ: أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ لَعَنَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ
ޙަދީޘުގެމާނަ: "އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުނަނަށާއި، ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

ވައްތަރުވެގަތުމުގެ ތެރޭގައި، ވާހަކަދެއްކުމާއި، ހަރަކާތާއި، ހިނގުމާއި، ހެދުންއެޅުންފަދަ ކަންކަމުގައި އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަތުން ހިމެނެއެވެ.

ފަރުދުންނާއި އަދި ޖަމާޢަތަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތަކީ، ފިޠުރަތާ ޚިލާފުވެ ޠަބީޢަތުގެ މަގުން އެއްކިބާވުމެވެ. ޠަބީޢަތުގައި ވަނީ އަންހެނުންނާއި ފިރިހެނުންނެވެ. މިއިން ކޮންމެ ޖިންސަކަށް ވަކި ޚާއްޞަ ސިފަތަކަކާއި ޚާއްޞަ ކަންތައްތަކެއް ވެއެވެ. ކަން މިހެން އޮއްވާ ފިރިހެނުން އަންހެންދުޅާވެ، އަންހެނުން ފިރިހެންދުޅާވެއްޖެނަމަ ޠަބީޢީ ނިޒާމު އެގޮތްމިގޮތްވެ އަޚްލާޤީ ހަމަތައް ނެތިހިނގައިދާނެއެވެ.

ދުނިޔެއާއި އާޚިރަތުގައި ﷲ ލަޢްނަތްލައްވާ، އަދި މި ލަޢްނަތަށް މަލާއިކަތުން އާމީންކިއުއްވާފައިވާ މީހުންގެ ތެރޭގައި، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގުނުއްވާފައިވާ އެއްބަޔަކީ، ފިރިހެނެއްގެ ގޮތުގައި ﷲ އޭނާ އުފެއްދެވުމުން އަމިއްލައަށް އަންހެނަކަށްވެ އަންހެންދުޅާވާ މީހުންނާއި، އަންހެނެއްގެ ގޮތުގައި ﷲ އޭނާ އުފެއްދެވުމުން އަމިއްލައަށް ފިރިހެނަކަށްވެ ފިރިހެންދުޅާވާ މީހުންނެވެ.

މިހެންވެ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ފިރިހެނުން ރީނދޫކުލައިގެ ހެދުންލުން މަނާކުރައްވާފައެވެ. ޢަލީގެފާނު ކިބައިން އިމާމް މުސްލިމް އޭނާގެ 'ޞަޙީޙު' ގައި ރިވާކުރައްވާފައިވެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ: نَهَانِيْ رَسُولُ اللَّهِ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ عَنْ التَّخَتُّمِ بِالذَّهَبِ وَعَنْ لِبَاسِ القَسِّيِّ وَعَنْ لِبَاسِ المُعَصْفَرِ
ޙަދީޘުގެމާނަ: "ރަން އަނގޮޓިއެޅުމާއި، ފަށުއި ހެދުން ލުމާއި، ރީނދޫ ހެދުން ލުން، ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަހަރެންނަށް ނަހީކުރައްވާފައެވެ."

އެހެންކަމުން ފެންނަ ކޮންމެ އެއްޗެއް ޝެއާ ކުރުމުގެ ކުރިން އަދި ކޮންމެ ކެމްޕޭނެއްގައި ބައިވެރިވުމުގެ ކުރިން ވެގެން އުޅޭ ގޮތެއް ސާފުކޮށްލުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

81 ކޮމެންޓް

  1. މަރީ

    ފިރިހެނެއްވިއްޔާ ތުނބުޅި ހުންނަންވާނެ.

    79
    31
    • ރީމަ

      ފިރިހެނުންގެ ހުންނަނީ އެހެންއެއްޗެއް. ބައެއް އަންހެނުންގެވެސް ތިންބުޅިހުރޭ. އެކަމަކުއެއީ ހަމައަންހެނެއް.

      40
      7
      • މަރީ

        ދެން މަރީ އަށް ވެސް އެނގެއޭ އެކަން. އެހެން ބުނަން ނުކެރުނީއޭ...

        13
        3
  2. އަބާ

    އިސްލާމީ ގިއުގަޑުގެ ތެރޭ ތިބަާ ހުރުމުން ލިބެނީ ކޮން ގެއްލުމެއްހެއްޔެވެ މުހިއްމީ މީހަކަށް ބަރޯސާނުވެ އުޅުމުގެ ގާބިލިއްޔަތެވެ ޒަމާނީ ތައުލީމާ ހުނަރުވެރިކަމެވެ .ކޯޓުލައިގެން ހުންނަ މީހާ ގެތައުލީމެއް އަހްލާގެއްނެތިފައި މޫނު ބުރުގާ އަޅައިގެން ހުންނަ މީހާއަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ރަންތަރި އަކަށްވެފައި އަމިއްލަ ދުޝްމަން އޯގާތެރިކަމާއެކު މޭގައި ލައްކޮށް ލަން ކެރޭފަދަ އަހްލާގެއްގެ ވެރިއަކަށްވާނަމަ އެތަނުން މޮޅީ ކާކު ހެއްޔެވެ ހަޔާތުގެ ކުރިފަސް ލިބޭނީ ކާކަށް ހެއްޔެވެ ވިސްނާލަާށެވެ

    72
    11
  3. މަންޖެ

    "ރާއްޖޭގައި އަންހެނުން ކޯޓު ލައިގެން އާއްމުތަންތަނުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ" ހަމަ އެއްޗެކޭ ލިޔަންވިމާ ލިޔަނީދޯ؟؟ ތިޔަ ބުނާ ކޯޓްލާއަންހެނުން ތިބެނީ ބޯ ފިރެހެނެއްހެން ކޮށާފައި ފިރެހެން ބޫޓަށް އަރާފަތަ؟؟ އަންހެނުންގެ ކޯޓުގެ ގޮށް އިންނާނީ ވާތް ފަރާތުގައި. ތިޔަބުނާމީހަކު ލާފައި އެހެރަ ކޯޓުގެ ގޮށް އެހުރީ ކަނާއަތް ފަރާތުގައި، އެއީ ފިރެހެން ކޯޓެއް.

    98
    23
    • ައަމާ

      މަންޖޭ ތިހިރީ ހޭބަލިވެފަތަ ލިޔުންތެރިޔާވެސް އެބުނަނީ ހަމަ ތިވާހަކައޭ ލިޔުމުގަ އޮތް އެއްޗެއް ރަނގަޅަށް ކިޔާފަ އެއްޗެއް ލިޔެބަލަ... އޭނާ ވެސް އެބުނަނީ އަންހެނަކު ހަމަ ކޯޓެއްލިޔަކަށް ނުބެހެޔޭ މީގެކުރިޔަކުންވެސް ލާންވާ ގޮތަށް ނުލާތީއޭ ބެހެނީ

      64
      4
    • ހމމ

      އެއީއު އެދައްކާ ވާހަކައަކީ...ކޯޓްތަކުގަވެސް އަންހެނުން ކޯޓްލައިގެން އުޅެނީ ކިތަންމެ ޒަމާނެއް.. އެމީހުން ލަނީ އަންހެން ކޯޓް.... އަންހެނަކު ފިރިހެން ކޯޓެއް ލައިގެން ފިރިހެން ސިފަ ޖެހޭހެން އުޅޭތީނު މިވާހަކަ ދައްކަން ޖެހުނީ...

      97
      2
    • މޮޔަ ވެދާނެ

      މަންޖެ ހަމަތަ.ލިޔެފަ އޮތް އެއްޗެއް ގެޓެއް ނުވިދޯ

      44
      3
  4. Anonymous

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިފަދަ މީހުން ބައިވެރިވާ ހަފްލާ ޝަރަފްވެރިކުރަން މިސަރުކާރުގެން ބޮޑެތިމީހުން ގޮސް އަތްޖަހަން މިތިބީ. . ކާކުގެ ދަރިއެއްބާމީ. މައިންބަފައިންނަށް ކޮންކަހަލަ ތަރުބިއްޔަތެއްބާ މިދެވުނީ. ތައުބާވެ އިސްލާހްވޭ. މަރީ ތިބާއާއި ބައްދަލު ވުމުގެ ކުރިން. . މިސަރުކާރު އައީމަ ކޮން.މެ ފަހަރަކުވެސް ދީނާއި ޚިލާފް އެތައްކަމެއް ފެންމަތިވެ. ޔާﷲއަޅަމެންގެ ތެރެއިން މަގު އޮޅިފައިވާ ފަރާތްތަކަށް ތެދުމަގު ދައްކަވާނދޭވެ. . އާމީން

    83
    9
  5. ކުރޮޅި

    އަހަރެން އިސްލާމްދަސްކުރަމެވެ އަހަރެންގެ އެންމެ ގާތް މީހުން ހައި ހީލްއާ ޖިންސްގައި ތިބެގެން މަލާމާތް ކުރަމުން ދިއައެވެ ނާތަހުޒީބު ބޯދާ މީހަކަށްވާތީއެވެ ބުނަންހެއްޔެވެ އިސްލާމް އަހަރެންގެ ހުރިހާ ކަމެއް ކާމިޔަާބު ކޮށްދެއެވެ އަހަރެން ގެ ކާމިޔާބު ގުޅިފައިވަނީ އިސްލާމް ދިިީނަަާއެވެ އަހަރެން އެފަދަމީހުންނާ ޗެލެންޖް ކުރަމެވެ ބުރުގާ ވަރަށް ސަޅިއެވެ

    60
    8
  6. ސަންފާ25

    ތި އެއްޗެއް ފެނޭގެކައިރީން ދާތަން އަބަދުވެސް .ތިއާ ޖެހިގެން ހުރި އެތިވެސް އުޅޭ ނިކަން ތިހެން އުޅެވޭތޯ ތަންކޮޅެއް އަންހެންކަމުން އަދިމުޅީން ފިޓެއްނުޥޭ.

    36
    5
  7. ސަ2ދ

    ފިރިހެނުންނަށް ހުތުރުކުރަނީތާ ތި އެއްޗެއް އުޅޭ ގެކައިރީ

    38
    6
  8. އަންނި އަދި ކިނބޫ

    ވަރަށް ރަނގަޅު ރިޕޯޓެއް.ސާބަސް ވަގުތު ނޫސް.

    69
    8
  9. އިބްރާ

    މިއީ ލާދީނީ މީހުން ހިންގާ ކެމްޕޭނެއް.

    59
    4
  10. މިކުއްޖާ

    ތިކުއްޖާގެބަހެއްހޯދާލަބަލަ

    28
    4
    • އޭ

      ބުލީކުރަނީދޯ؟

      6
      29
  11. ރުޝްދާން ވަހީދު

    މައްސަލައަކީ ދުވަސްކޮޅަކުން ސްކޫލު ތަކުގައި އަހަރެމެންގެ ދަންނަށް ކިޔަވައިދޭން ލާޒިމް ކުރާނީ ލަވް އިޒް ލަވް، މަމް އިޒް ހީނާ ޑޭޑް އިޒް އީނާ...

    38
    2
  12. ޙުއްތު

    އަނހެނުން ކޯޓުލިޔަސް އަންހެން ހަޒްއެއް ނެތިއްޔާ މަސަލައެއް ނެތް

    23
    5
  13. މުދައްރިސް

    އީނާގެ އިންސްޓަރ ގްރާމް ގައި އީނާއާއި އިނާ އާއި އެކު ފިލްމް އެވޯޑަށް ދިޔަ މައިހާ އާއި އިނާގެ މަންމަ އާއި ބައްޕަ ކަމަށް ބެލެވޭ ދެމީހުން (ޖުމްލަ 4 މީހުން) ތިބި ފޮޓޯއެއްގެ ކެޕްޝަންގައި އީނާ ލިޔެެފައިވަނީ "މައި ޕޭރްންޓްސް އެންޑް މައި ވައިފް).. އެ ފޮޓޯގައިވެސް އީނާ ލައިގެން ހުންނަނީ ފިރިހެން ހެދުމެއް.. މައިހާ ހުންނަނީ އަންހެން ހެދުމުގައި.. އެމީހުން ހިތުން ހަސްބަންޑް އެންޑް ވައިފް.. މައިހާ އަކީ ކުރިން ބުރުގާ އަޅައިގެން އުޅުނު ކުއްޖެއް.. ބުރުގާ ބާލައި އަސްލު ވައިފްއަކަށް ވެފައި އެހުރީ އީނާ ކަހަލަ ފިރިއެއް ލިބުނު ފަހުން..

    68
    5
  14. ކޮރަލް

    ފުރިހަމަ މުސްލިމަކަށް ވާނީ ގުރުއާނާއި ހަދީސް ގަބޫލު ކޮށް އެއަށް އަމަލު ކުރުމުންނެވެ. މަންމަ ނޫނީ ބައްޕަ މުސްލިމަކަށް ވިޔަސް ދީން ދަސް ނުކޮށް އެއަށް އަމަލު ނުކުރާނަމަ ކުރާނެ ފައިދާ އެއްނެތެވެ. މަރުވުމަށް ފަހު އޮތީ ނިމުމެއް ނުވާ ހަޔާތެކެވެ.

    43
    5
  15. ޒާ

    ފިރިހެނަކަށް ވާންވެގެން. ފިރެހެން ބޫޓަކަށް އެރިގެން އެހުރީވެސް

    52
    5
  16. އަޙްމަދު

    މިދެމީހުންނަކީ އެމްޑީއެންގެ މީހުންނަށްވާނީ. އެޖިއްސުން ގުޅުން ހިނގުން ޕްރޮމީޓް ކުރަން ކުރިކަމަކަށް ވާނީ

    47
    5
  17. ނަސީދު

    އަންހެނުން އަޅާ ވައްތަރުގެ ހެދުން ފިރެހެނުން އަޅާ ހެދުންތަކަށް ވުރެން އެތައް ހާސް ގުނައެއް ގިނަވާނެ. އެކަމް އެހެރަ ކޮޅަކުން ކޮޅަކު ލައްވާނުލާ މީހާ އެ ލާން ދިމާކުރީ ފިރެހެން ހެދުން.. އޭނާ ކައިރީ ބުނޭ ދޭތެރެ މެދު ހެދުމެއް އުފައްދާށޭ. ކޯޓު ފަޓުލޫނަކީ އެންމެ ކުރިންސުރެން ހަމަ ފިރިހެން ހެދުމެއް...

    33
    6
  18. ޑެލްބޯއި

    ވަރަށް ރަގަޅު އާޓިކަލްއެއް. މިޒާތުގެ ކަންކަން ހުއްޓުވަންޖެހޭނެ.

    49
    3
  19. ޖާވާ

    ކޮބާތަ އިޔާޒް މިކަމާކީއްވެ އެއްޗެކޭ ނުބުނަނީ.

    26
    1
  20. ބަކުރުބެ

    އެ ސޮރު/އެ މަންޖެ އަކީ ހަރުކަށި ފިކުރު ނުވަތަ މިނިވަން ޙިޔާލުގެ މީހެއްތޯ ބަލާ. ހަރުކަށިނަމަ ޓެރަޜިޒަމްގެ ދަޢުވާ ކޮށް ، މިނިވަން ޙިޔާލުނަމަ ރަޢީސް އޮފީހުން ސްޓޭޓް މިނިސްޓަރ ލެވަލްގެ ވަޒީފާއެއް ހަމަޖެއްސުން މޮޅު އިތުވެގެނވެއެވެ. އޙ

    40
    4
  21. ފާތުން

    އޭނާ އަށް ވެސް އިގޭނެ ދޯ އެެއީ މާތްﷲ ލައުނަށް ލައްވަވާފާ ވާކަމެކެއްކަން.އެގިހުރެ އެފާޑަ އެއުޅެނީ.މާ މޮޅުކަމެ ކަމަ ހީކޮށް.ނަރަކާގަ އޮންނަ ޖެހޭދުވަހު އިހުސާސުވާނެ އެކަމުގެ ވޭން.

    50
    4
  22. ކިޔުންތެރި

    ދިވެހިން މުންޑު ލައްގެން ތިބެން މާރަންގަޅު. މުންޑު ބާލާފަ ފަޓުލޫންލާފަ ގަމީސް އަޑިއައް ޖަހާފަ އެކަމަކު ބޮލުތެރޭގަ ހުރީ ބޭލި މުންޑު. ތަރައްގީ އެއީ މުންޑުބޭލީމަލިބޭއެއްޗެއްނޫން. އަވަހައް މުންޑުލާއެންމެން.

    24
    7
    • ماهرة

      މުންޑު ލާނީ އެކޭ ނުކިޔާނެ. ކިޔާނީ، މުންޑު އަންނާނީ އޭ.

  23. ދި ބެސްޓް

    އަޅުނގަޑަށް ވަރަށް ކަމުދޭ ވަގުތު ނޫހުގައި މި ލިޔެވޭ ގިނަ ޙަބަރު ތަކުގައި ދީނީ ގޮތުން އެކަމާއި މެދު އޮންނަ ގޮތް ބަޔާން ކޮންދޭތީ. ފާހަގަ ކުރެވޭ ޖިނާއީ ކުއްތަކާ ގުޅޭ ހަބަރުތަކާއި، ބޭނުންޖެހިފައިވާ މީހަކަށް އެހީ ހޯދުމަށް ލިޔާ ހަބަރު ތަށް ވެސް މި ދެންނެވި ގޮތަށް ގެނެސް ދީފައި ހުންނަކަން. ޝުކުރިއްޔާ ވަގުތު އޮންލައިން. ތީ ހަމަ މި ރާއްޖޭގެ ނަންބަރު ވަން އޮންލައިން ނިޔުސް.

    59
    7
  24. ހައި

    ނޯ ކޮމެންޓްސް ؟؟؟؟

    15
    1
  25. މަޝްހޫރު އީނާ

    އީނާއަށް މަރުހަބާ! އީނާ މަޝްހޫރުވެއްޖެ، މިޝަން ކާމިޔާބު ވެއްޖެ. ނަސޭހަތަކީ ކަމަނާ ކޯޓެއްނޫން ކުރު ސޯޓަކާ ގަންޖިފަރާހެއްލިޔަސް އަހަރެމެން އޯކޭ. އެއްވެސް މައްސަލައެއްނެތް އިނގޭތޯ. ދެންމާބޮޑުކަމަކަށް ހަދައިގެން އަހަރެމެން ޔޫ އާނުގަބޫލީއޭކިޔާގެން ދޮގު ނެހެދުމަށް އެދެން. ތިޔަހެން ޔޫރަޕް މީހުންގެ ޕްލޭންގެދަށުން މިތާނގަފަސާދަ ނުކުރަން އިލްތިމާސް ކުރަން. ޔޫ އުޅޭނެގޮތަކަށް އުޅޭށެވެ. އެކަމަކު މިމުޖުތަމައުގަ އުޅޭއިރު މޮޅޭތި އާކަންކަން ކުރާއިރު މީސްމީހުން އަލަށް ކަމެއް ފެނުނީމަ އެއްޗެކޭ ބުނެދާނެ، އެއީ އިންސާނީ ތަބީއަތް، ޔޫއަށް މާރަނގަޅަށް އެނގޭނެއެއްނު. ޔޫ ތީ ވަރަށް ސިވިލައިޒްޑް "މީހެއްނު". ފިތުނަނުއުފައްދާ ކަންކަމާ ޑީލްކުރަން ދަސްކޮށްބަ. ދެންހަމަ މާބޮޑުކަމަކަށް ހަދާގެން. ހާދަ ބޯދާޒަމާނުގެ ވިސްނުމެކޭ ޔޫ ތިގެންގުޅެނީ. އަހަރުން އޮފީހުގަވެސް އުޅޭނެ ފިރިހެން ހެދުންލާގެން އުޅޭ މަންޖެއެއް. އެއްވެސް މައްސަލައެއް ނާދެ. ހަމަ ނުލާހިކު ކޫލް. ވީ އޯލް ގޯއަލޯންގް ނައިސްލީ. އޭނަވެސް ނޫޅޭ އެންމެން ބަލަނީއޭ، ވެރީ ޗެލެންޖިންގްއޭ ގޮވަމުންނެއް. ޔޫ ހަމަ އެލެކްސް ބުނެގެން އޭނާގެ އިރުޝާދުގެ ދަށުން އުޅޭހެން ޗައުޅެނީ. ހެޔޮނުވާނެ، އަހަރެމެންގެ ދީނާ ވަތަނާ ނުބެހި ޔޫމެން އުޅޭނެ ގޮތަކަށް އުޅޭނެތާކު އުޅެބަ. ވީ ޑޯންޓް ރިއަލީ ކެއަރއޭ. ސީރިއަސްލީ. ސްޓޮޕްދިސް ހޭށްޓެގް އެންޑް ބީ ހެޕީވިތް ޔޯ ވައިފް އިނގޭ، އޯލްދަބެސްޓް ޓު ޔޫ.

    23
    48
    • މީހާ

      މަޝްހޫރު އީނާ ތައުބާވޭ، ނޭނގިނަމަވެސް ތި ފާފާ ކުރާ މީހުނަށް ހިތްވަރު ތި ދެނީ.

      20
      1
      • ސޭމް ޓީމް

        ސާކޭޒަމް ބްރޯ. ވީ އާ އޮން ދަ ސޭމް ޓީމް.

        3
        2
  26. ޅަބޭ

    އަފުރާޝީމުގެ ފުރާނަ ނޮޅާލާފަ، ވައްހާބީން މިހާރު އުލެނީ މިކުއްޖާގެ ފުރާނަވެސް ނޮޅާލަން ވެގެން.

    12
    102
    • އަލި

      އަފްރާޝިމް މަރާލީ ލާދީނީން

      20
      4
  27. Anonymous

    ލަދު ހަޔާތް ކުޑަ އީ.

    73
    6
  28. ޙަސަން

    ޔާﷲ މިއަޅާމެންގެ މިކުޑަކުޑަ ޤައުމަށް ފެތުރެމުން މިދާ ލާދީނީ ކަންކަމުން މިއަޅާމެން ސަލާމަތް ކުރައްވައި 100% މުސްލިމުންގެ ގޮތުގައި ލައްވަވާންދޭވެ. އަދި ލާދީނީ ނކަންކަމަށް ހިތްވަރުދޭ މީހުންގެ ކިބައިން މިޤައުމުގެ ވެރިކަން ނަންގަވައި ދީނަށް ލޯބިކުރާ ހެޔޮލަފާ ޞާލިޙް ބައެއްގެ މައްޗަށް ވެރިކަން ދެއްވާންދޭވެ.

    79
    4
    • ....

      ކައެ ތިހާ ގަޓެއް ހުރިއްޔާ މޭމަތީ ގަ އިންތަން ކަނޑާލާ ބަލަ ނިކަން ކެރެންޔާާ ???

      19
      13
  29. ެޔނ

    އޯ ޕްލީސް، ބޭނުން އެއްޗެއް ހަމަ ލާނީ!!!

    15
    97
    • ސުހާ

      ދެން ކައޭ ފަޓްލޫންމަތިން ޖަގިޔާ ލައިބަ ބުރިޝިއަރު!

      41
      4
    • ބޮއްލޯ

      ޕެޑް ނުޖަހާ އުޅެބަލަ.. ހެހެހެ..

      27
      4
    • އަލި

      ކަލޭ ޖަންގިޔާ ބޮލުގައި އަޅައިގެން ދުވަންވީނު

      16
      3
  30. މިޒޫ

    ސޭޑް...

    37
    2
  31. ކޮށިކަތިވަޅި

    މީސް މީޑިއާގަ ކެމްޕޭނެއްކޮށްގެން މައްސަލައެއް މައްސަލައެއް ނޫންކަމައް ވަނީތަ މިހެން މިބުނެލީ އަންހެނުން ކޯޓުލުން މައްސަލައެއްކަމައް ދެކެނީކީނުން ރަނގަޅީ އަންހެނުން ސޯޓުވެސް ލީމަ

    5
    15
  32. އިޒްވީނާ

    ކިތަންމެ ވަރަކަށް ފިރިހެންވާން އުޅުނަސް އިނގޭ ތީ ހަމަ އަންހެނެއްކަން. ހިތުން ވަރަށް މޮޅު ކަމެއް ކޮށްގެން މިއުޅެނީ.

    53
    5
  33. ޕަބުޖީ

    މި ފަދަ މީހުންގެ ސަބަބުން ޓެރަރިޒަމަށް މަގު ފަހިވަނީ

    34
    7
  34. ކޮއިމަލާ

    ކިތަންމެ ކޯޓެއް ލިޔަކަސް ހަމަ ހާސް ޕެޑް??‍♀️

    38
    5
  35. ހޫ

    އެއީ ދެން އެވަރުކަމެއްތަ؟ އޭނަ ލާނެ އެއްޗެއް އިނގޭނީ އޭނައަށް އެހެން މީހުނެއް ނޫން އޭނަގެ ލައިފްގަ ކުރިއަށް ދާންވީ ގޮތް ކަނޑައަޅާނީ. އެހެން ބަޔަކަށް އެކަމުން ގެއްލުމެއް ނުވާހާ ކަމެއްގަ ކޮބާތަ މައްސަލަ އަކީ؟

    12
    57
    • އަލް

      މައްސަލައަކީ އިސްލާމީ މިންގަޑުން ބޭރަށް ދިއުން

      24
      6
    • އެއްކައެ އެ ބުނީއޭ

      ޙަބަރު ކިޔާފަ ވަހަކަ ދައްކަން މަޑުކުރަންވީނު. އޭނަ އެ ކުރަނީ ކިހާވަރެއްގެ ކަމެއް ކަން ރިޕޯޓް އަކު ނެތްތަ؟

      10
      2
  36. ާާާޢަލީ

    މަށަށް ދެރައީ ވަގުތުން މިކަން ޕްރޮމޯޓު ކުރަން މިމީހުންގެ ފޮޓޯ ވެސް ޖަހާލާފަ މިހަބަރު ގެނައިމާ އެއީ އެކަހަލަ މީހުނަށް ދެވޭ ހިތްވަރެއް ..އެތައް ޒަމާނެއް ވަންދެން ތިޔަ ފޮޓޯ އެއްމެނަށް ދަށްކަން ފެންނަން...ތިޔަބައިމީހުންގެ ފޮޓޯ ނުޖަހަވެސް ހަބަރުލިޔެވިދާނެ...މިކޮމެންޓް ނުޖެހިުަސް ހެޔޮ ކިޔާލާ..ކަލޭމެން ކުދިން ވެސް ހަމަ ކުރާކިންމެކަމަކާ ސުވާލުވެސް ކުރެވޭނެ..ޝައްކެއްވެސް ނެތް...

    7
    17
  37. އަލިބެއްޔާ

    ކިތަންމެ ވަރަކަށް ފިރިހެން ވާން އުޅުނަސް ޕެޑް ނުޖަހާ ވާނެތަ؟؟؟ ހެހެހެހެހެ

    31
    8
    • XD

      ރަހިމު ނެގީމަ ވާނެ. ހެހެހެހެ

      6
      4
  38. ޙަބީބު

    ޢޭނާގެ ފޮޓޯގެ ތިރީގާއި ލިޔެފަ އެބައޮތް ދެންހުރީ އަންހެނުންނޯ. ޢެއީ މައްސަލަ ޖެހޭހިސާބަކީ. ޢަންހެނަކާ އަންހެނަކަށް އިނދެވޭތަ

    • ހިޔާލެއް

      ފޮޓޯއެއްލާފަ ކޮންމެ އެއްޗެއްޖެހިދާނެ ކޮންމެ މީހަކައްވެސް، ހެދުންވެސް އެޅިދާނެ ބޭނުން ގޮތަކައްވެސް، އެވެސް މައްސަލައެއް ނޫން. އޭނާ އުޅުނީ އޭނާގެ ހާލައިގެން، މިހާރު ބަޔަކު މީނާ މަޝްހޫރުކޮއްލީހަމަ ބަޔަކު ނޫސްތަކުގަ މިވާހަކަ ލިޔެ. މިހެން އުޅޭމީހުން އުޅޭ އަބަދުވެސް ދުވަސްކޮޅަކުން ބަދަލުވާނެ އަނެއްކާ އެހެންގޮތަކައް އުޅޭނެ. އަޅާނުލާ ތިބިނަމަ މާރަނގަޅުވީސް.

      5
      4
  39. ސޯލިހު

    ތި ނޫން އެއްޗެއް ނެތީތަ ލާން؟

    13
    4
  40. ޢަލި

    ހާދަ ހުތުރޭ ދޯ.. އަންހެނުން ނަކީ ވަރަށް ފެމިނިސްޓް ބައެއްނު.. ފިރިހެނަކު ޓޮޕެއް ލާފަ މިނީސްކާރޓް ލާފަ ހުރުން ކަހަލަ ކަމެއް.. ފޮޓޯއެއް ނަގަން ކީއްކުރަން މަށައް ނުކެރޭނެ ކައިރި ވާންވެސް.. ޗީޑި...ނޮޓް ކޫލް

    14
    3
  41. ފައުޒީން

    އޭނާ ލައިގެން ހުރި ކޯޓުއެކަނި މައްސަލައެއްނޫޅޭ.. އެކަމަކު އޭނާގެ މުޅި ކޮންސެޕްޓު ވަރައް ބޮޑައް ގޯސް. އެހެރީ ބޯކޮށާފަ ފިރިހެނެއް ހެން. ހެދުން އަޅާފަ ފިރިހެނެެއްހެން. އަދި ދެމަފިރިން އުޅޭގެން އަތްގުޅުވައިގެން ކަޕަލްއެއްގެ ވައްތަރައް. މިއީ ސީދާ އެއްޖިންސުން ގުޅުން ހިންގާ އަންހެނުންގެ ވައްޓަފާޅި. މިއީ ލާދީނީ އަދި ލާ އިންސާނީ ވައްޓަފާޅިއެއް. މިއީ ފާހިޝްކަމުގައި ހައްދުންނައްޓާފައިވާ ހުޅަނގުގެ ވައްޓަފާޅިއެއް އަދި އިސްލާމްދީނާއި މުޅިން ދެކޮޅު ވައްޓަފާޅިއެއް .

    27
    4
  42. ނައުރާ

    ކިތަންމެ ވަރަކައް ފިރިހެންވާން އުޅުނަސް ކޮއްޅައް ހުރެ ހީސް ނުލެވޭނެ. ގަމީސް ބާލާފަ ފުޓުބޯޅަކުޅޭކައް ނުނިކުމެވޭނެ. ޕެޑު ނުޖަހާ ނުވަތަ މައްސަރުކަންތައް ހުޓުވަން ނޫޅެވޭނެ. ގައިގެ ކަށިތަކައް ބަދަލެއް ނުގެނެވޭނެ.

    27
    2
    • 《》

      ނޫނޭ މިހާރު ސާޖަރީ ހަދައިގެން ތިހުރިހާ ކަމެއްވެސް ކުރެވޭ. ފިރިހެނުންނާ އަންހެނުންނާއި އެބައުޅޭ ކުރިން މީ ކޮންޖިންސެއްގެ މީހެއްކަން ވަކިނުވާހާ. ދުނިޔޭގެ ކަންކޮޅު ތަކުން މީހުނާ އިންނައިރު އެއީ ކޮން ޖިންސެއްގެ މީހެއްކަން ކަށަވަރު ކުރުން މުހިންމު މިޒަމާނުގަައި.

  43. ރަންޑި

    ޖޯކަރެއްތަ ތިއީ????

    8
    7
  44. ހަސަންޑި

    އެމް. ޑީޕީ ކުލަ ހެދުން ނުލާށޯ ދަރީންނޭ

    7
    2
  45. ދިވެހިންން

    ދިވެހިންނައް ކަމުދަނީ ބަންގާޅީ އަންހެނުން ގޮތައް ދޯޕައްޓާ އަދި ޖަރީފައިވާނައް އެރީމަޔޯ. ދިވެހިންގެ ކަންތައްވެސް ފުކެއް ބޮޑު. އަންހެނުންނައް ލެވޭނެ ކޯޓުފަޓުލޫނު. މާރީތިވެސް ވާނެ. މިކަމާހިންހަމަނުޖެހޭމީހުން މުންޑުލައިގެން މަހައްދިއުމުން ފުދޭނެ. ކޮންހާމައްސަލައެއް ޖައްސާކައް.

    10
    33
  46. ޔަރުދު

    ތިހާ ފިރިހެންވާން ބޭނުމިއްޔާ ހަމައެކަނި މުންޑު ލައިގެން ނިކުމެބަ .

    5
    3
  47. ޔަކް

    ޏަޖިސް ކުޅިގަނޑެއް ކުޅޭ ބައެއް

    10
    3
  48. ޝަމް

    ވަގުތުން މިހާ ތަނަށް ލިޔުނު އެންމެ ބޯ ހަމަޖެހޭ ރިޕޯޓް؛؛ޝުކުރިއްޔާާ

    12
    3
  49. ާޜިނީ

    ކޯޓު ފަޓުލޫނު ލީމަ އަންހެނާގެ އައުރަ އަދި އިއްފަތް ތެރިކަން މާރައްކާތެރި. ވިސްނާލީމަ އެނގޭނެ ޒަމާނުއްސުރެ އަންހެނާހެ ހެދުން ކަނޑައަޅާފަ ވަނީ ފިރިހެނުން އެމީހުނަށް ފަސޭހަވާނެހެން ސްކާރޓް ސްޓައިލަށް. މިވަރަށް ބުނީމަ ވިސްނޭނެ. މިތާދެން ޕެޑޭ ކިޔައިގެން ކޮމެންޓް ކޮށްފަ ތިބި މީހުނަށް ބުނެލަން އޮތީ ޕެޑު ރަނގަޅު ޖަގަހައިގަ ހައްޔަރުވަނީވެސް ސޯޓާ ފަޓުލޫނުން. ވިސްނާ ފިކުރު ކުރަމާ.

    6
    11
  50. ސޭޑް

    ބުރުގާ ނާޅާވެސް އެއުޅޭ މީހުނައްވެސް ނިކަން އެއްޗެއް ކިޔާބަލަ.. ރޯ އޮރިޔާމުން ބުރުގާ އަޅައިގެން އުޅޭ މީހުނާ ރޯ އޮރިޔާމުން ނާޅާ ތިބޭ މީހުން ހަމަ އެއްވަރު... މީ އަނެއްކާ އަނެކަކު.. ހުސް މުޑުދާރު މީހުން.. މި މުޅި ދިވެހިރާއްޖެ މިއޮއް ހަލާކުވަނީ.. ☹☹

    11
    1
  51. ނޭނގެނީތަ

    ރިނީ ބުނަން ރަނގަޅު ވާހަކައެއް... އެހެން ވީ އިރު އިސްލާމްދީނުގާ އޮއްނާނީ އަންހެނުން ކޯޓު ފަޓުލޫނު ލާކައްނު ދޯ. އަހަރުމެންގެ މާތް އިސްލާމް ދީނުގާ އެޔޮތީ އަންހެނުންވެސް ފިރިހެނުންވެސް ހެދުން އަޅަން ވީގޮތް.. ކަލޭވެސް ދެން ކޯޓު ލައިގެން ހުރޭ.. އެ މީހެއްގެ ސަލާމަތް ހޯދާނީ އެމީހަކު އަމިއްލަ އައް.. އެކަމް މީހުނައް ނަސޭހަތް ދިނުމަކީ އޮއްނަ ކަމެއް ހަމަ މަގައް އެމީހަކު ނޫނީ ބަޔަކު އަޅުވަން..

    5
    1
  52. މަރީ

    ކޮމެންޓް ސެކްޝަން ގަ ހާދަ މާތް ބައެކޭ ދޯ! މިފަދަ މީހުންނާ ދިމާލައް ލެއްވިހާ ހުތުރު އެއްޗެއް ގޮވުމައް ވުރެ މާ ރަނގަޅުވާނެ ހަމްދަރު ދީ އާ އެކު ނަސޭހަތް ދިނުން. އައި މީން އިސިންޓް އިޓް ވަޓް އަވަރ ރިލިޖަން އިސް އޯލް އަބައުޓް. މާރސީ، ކޮމްޕެޝަން އެއްޑް ފޯރގިވްނަސް؟

    8
    1
  53. ދިވެހިމީހާ

    ރިޕޯޓް ގަ އެބައޮތް ފިރިހެނުން ރީންދޫ ހެދުން ލައިގެން އުޅުން ރސއވ ނަހީކުރެއްވެވި ވާހަކަ. އެކަމަކު މިރާއްޖެގަ މިހާރު ވަރަށްގިނަވާނެ ރީންދޫ ކުލަ ލައިގެން އުޅޭ ފިރިހެނުން އެބައިމީހުންނަށް ނޭންގެނީތަ ނޫނީ ލާދީނީކަމުން އުޅޭ ގޮތަކީތަ.

    • ދފގހފރހދރތއެ3

      ހީނުވޭ އިނގިފަވާހެން ގިނަ މީހުންނަށް ..

  54. ލިލިބެޓް

    ވަރަށް ފުރިހަމަ ލިއުމެއް. ބައެއް މީހުންނަށް ހީވަނީ މީނަ ކޯޓުލާތިއްޔޭ މައްސަލައަކީ، އަސްލު މައްސަލައަކީ ފިރިހެން ވެގެން ކްރޮސް ޑްރެސް ކުރާތީ. މިސާލަކަށް ބަލާ އެލެން ޑިޖެނެރެސް، އެއީވެސް ކޯޓްލާ މީހެއް، އެކަމަކު ލާނީ އަންހެން ވަންތަކަން ހުންނަ ޒާތައް. ކްރޮސް ޑްރެސް ކުރުން އަސްލު މައްސަލައަކީ އިނގޭތޯ. ޥަރަށް ސަލާމް.

    5
    1
  55. ސޭހް

    މޫނު ބުރުގާ އަޅައިގެން ތިބެނީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން އެނގޭތަ؟

    4
    5
    • ޠތ

      ކިރިޔާ ކަމެއް ވާ އިރަށް މޫނު ބުރުގާއާ ނުބެހިބައް ދޯ !!

      3
      3
    • ހިބާ

      ސޭހް ބުނަން ވަރަަށް ރަނގަޅު ވާހަކަ އެއް ..މޫނު ބުރުގާ އެއީ އަންހެން ހެދުމެއް އެ ލާން ޖެހެނީ އަންހެނުންް.. އެ ހެދުން ލާ ފިރިހެނުންނަށް އޮތީ ކޮންް ހުކުމެއް ކަން މި ލިޔުން ކިޔާލީމަ އެގޭނެ! މޫނު ބުރުގާ ހުރިހާ ތަނަކައްް ނުލާބަައް ދޯ

      4
      2
  56. ފާރި

    ސޫޓްސްމީ އޭ ކިޔައިގެން ހޭޝްޓެގް ޖަހައިގެން އުޅުނު ގަމާރުން ފެނިފަ މަހަމަ ހައިރާން ވެއްޖެ.

  57. މަަ

    މަ ބުނީ އެ ސޮރު ކިތަންމެ ވަރެއް ކުރިއަސް ޕެޑް ނުޖަހާ ސަލާމަތް ވާނެ ހެނެއް ހިޔެއް ނުވެ އޭ.
    #ސޭޑް_ޓްރޫތު

    1
    2
  58. ށުކުރިއްޔާ

    ޥަގުތު ތެންކިއު. ޙަމަ ނަރަކައިގަ ކެތް ނުވާނެ. ޙެޔޮވިސުނުން ދެއްވާށި

  59. ޓީވީ

    މީނަތަ ޓީވީއެމްއިން ގެނެސްދޭ ކުޑަކުދިންގެ ޕްރޮގްރާމެއް ހުށަހަޅަނީ؟؟؟؟