އިންޑިއާ އަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު އޮސްޓްރޭލިއާގެ ފަތުރުވެރިޔަކު، ބަނގުރާ ބޮއެގެން ހުރެ ބޭއަދަބީ ގޮތަށް އުޅެ، އިންޑިއާގެ އަވަށެއްގެ އަންހެނަކާއި އެކު ބޭއަދަބީ ގޮތަކަށް ބެހެން އުޅުމުގެ ސަބަބުން، އެ އަވަށުގެ ރައްޔިތުން ނިކުމެ އޭނާ ހޮޅިދަނޑިއެއްގައި ބަނދެފައި، "ފިސްފިސް" ކޮށްލައިފިއެވެ.

އޮސްޓްރޭލިއާގެ މެލްބަންގެ 35 އަހަރުގެ ވިލިއަމް ޖޭމްސްގެ ހަށިގަނޑުގައި ބޮޑެތި އަނިޔާތަކެއް ކޮށްފައި ހުރި ކަމުގެ ނިޝާންތަކާއި، ލޭ ފައިބާފައި ހުއްޓާ ފެންނަ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭނާ މަރުން ސަލާމަތްވެފައިވަނީ އިންޗި އަކުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައެވެ.

ކަރްނަޓަކާގެ ބަޑާމީ އިން ބަގަލްކޮޓް ސިޓީއަށް ދާން ވެގެން ޓިކެޓު ނަގައިގެން ވިލިއަމް ބަހުން ދަތުރުކުރަމުން ގޮސް، އެ ދޭތެރެއިން ކުޑަ އަވަށެއް ކަމަށްވާ ކޮނަނަކޮއްޕާ އާއި ހަމައިން ވިލިއަމް ވަނީ ބަހުން ފައިބައިފައެވެ. އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ބަހުން ފޭބުމާއެކު އޭނާ އަންހެނުންނާ ފޮށެން އަވަސްވެގަތް ކަމަށް އެ އަވަށުގެ ފުލުހުން މަޢުލޫމާތު ދިނެވެ. "ބައެއް މީހުން އޭނާ ހުއްޓުވަން އުޅުމުން، އޭނާ އެމީހުންނާ ކުރިމަތިލާން މަސައްކަތް ކުރި. އެ ހިސާބުން އަވަށުގެ މީހުން ނިކުމެ، އޭނާ ކަރަންޓު ހޮޅި ދަނޑިއެއްގައި ބަނދެފައި ހަމަލާދިނީ." އެ މައްސަލަ ބެލުމާއި ހަވާލުވެގެން ހުރި ބަގަލްކޮޓް ފުލުހުންގެ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، ލޮކޭޝް ޖަގަލަސަރ ބުންޏެވެ.

ވިލިއަމް މަރުން ސަލާމަތްވީ އޭނާއަށް ހަމަލާދެމުން ދަނިކޮށް އެ އަވަށުގެ ބައެއް އާއްމުން ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުންނެވެ. ފުލުހުން އައިސް އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ވިލިއަމް އަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވިއަސް، އޭނާއަށް ފުރާނައަށް ނުރައްކާ އޮތް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. އެ މައްސަލައިގެ ތަހުގީގުގައި ކޮނަނަކޮއްޕާ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އަދި އެ މައްސަލަ މިހާރުވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމްދު

    ގެރިޔާ ބެހުނީތަ އެ ދޮން މީހާ؟

    21
    4
    • ނަން ނުކިޔާ

      ގެރިޔާ ބެހެފިއްޔާ ރީއްއްޗައް ވެސް މަރާލާނެ އެ މީހާ

      9
      2
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަދިވެސް ރާ ބޮވޭތޯ، އެހުއްދަކުރެވޭތޯ ބަލާ!!!